އޮސްޓްރޭލިއާގެ އެންމެ ބޮޑު ހެލްތު އިންޝުއަރާގެ ޑޭޓާ ވަގަށް ނަގައި އާއްމުކޮށްފި

މެޑިބޭންކުން ރައްކާކޮށްފައި ހުރި ގިނަ ބަޔެއްގެ ޒާތީ މައުލޫމާތު ވަގަށް ނެގީ މިދިޔަ މަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

މެޑިބޭންކުން ރައްކާކޮށްފައި ހުރި ގިނަ ބަޔެއްގެ ޒާތީ މައުލޫމާތު ވަގަށް ނެގީ މިދިޔަ މަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

އޮސްޓްރޭލިއާގެ އެންމެ ބޮޑު ހެލްތު އިންޝުއަރާ މެޑިބޭންކުން ރައްކާކޮށްފައި ހުރި ގިނަ ބަޔެއްގެ ޒާތީ މައުލޫމާތު ވަގށް ނެގުމަށް ފަހު އޮންލައިންކޮށް ޕޯސްޓުކޮށްފި އެވެ.

އާއްމުކުރި ބައެއް ޑޭޓާގައި ހިމެނެނީ މީހުން ހަދާފައިވާ ސިއްހީ ޕްރޮޖީތަކާއި ނަމާއި އެޑްރެސްތަކާއި އުފަން ތާރީހު އަދި އައިޑީ ނަންބަރުތަކެވެ.

ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ އެމަނިކުފާނަކީ ވެސް މެޑިބޭންކްގެ ކަސްޓަމަރެއް ކަމަށާއި އެމަނިކުފާނުގެ ޒާތީ މައުލޫމާތު އާއްމުވުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

Advertisement

"މިއީ ހުރިހާ ރައްޔިތުންނަށް ވެސް އުނދަގޫ ވަގުތެއް،" އަލްބަނީޒް ވިދާޅުވި އެވެ.

މެޑިބޭންކްގެ 9.7 މިލިއަން ކަސްޓަމަރުން ޒާތީ މައުލޫމާތު ވަގަށް ނެގީ އޮކްޓޯބަރު މަހު އެވެ. އެ މައުލޫމާތުތައް އާއްމު ނުކުރާނީ ފައިސާ ދިނުމުން ކަމަށް، ވައްކަން ކުރި ފަރާތުން ބުންޏެވެ.

އެހެން ނަމަވެސް، މެޑިބޭންކުން ފައިސާ ދޭން ދެކޮޅު ހެދުމުން ބުދަ ދުވަހު އާއްމު ކުރީ ޑޭޓާގެ ކުޑަ މިންވަރެކެވެ. ފުލުހުން ބުނީ ވައްކަން ކުރި ފަރާތުން އެކި މީހުންނަށް އަމާޒުކޮށް ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

"އޮންލައިންކޮށް، ފޯނުން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެއްވެސް ފަރާތަކުން މުއާމަލާތްކޮށް، ފައިސާ ނުދޭ ނަމަ ޒާތީ މައުލޫމާތު އާއްމު ކުރަން ބިރު ދައްކާ ނަމަ އަވަހަށް ލަސްނުކޮށް ފުލުހަށް ރިޕޯޓުކުރޭ،" ފުލުހުން އެދުނެވެ.

މެޑިބޭންކުން މައާފަށް އެދި ބުނީ އާއްމުކުރި ޑޭޓާއާ ގުޅުން ހުރި ކަސްޓަމަރުންނަށް އެކަން ރަސްމީކޮށް އަންގާނެ ކަމަށެވެ. ޑޭޓާ އާއްމުކުރީ ރަޝިއާގެ ރޭންސަމްވެއާ ގްރޫޕް ރީވިލްއާ ގުޅުން ހުރި ބްލޮގެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox