ރާއްޖޭގެ އިންޒާރު ދުނިޔެއަށް؛ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދެބައިކުޅަ އެއްބަޔަށް މަދުކުރަން ބާކީ އޮތީ 86 މަސް ދުވަސް

ކޮޕް27 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮޕް27 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގުރީގައި ހިފެހެއްޓުމަށް ބާކީ އޮތީ 86 މަސް ދުވަސް ކަމަށް ވިދާޅުވެ, ނައިބު ރައީސް ފައިސަލް ނަސީމު ދުނިޔެއަށް އިންޒާރެއް ދެއްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ކޮޕް27 ގައި ރާއްޖޭގެ ފަރާތުން ދެއްވި ގައުމީ ބަޔާނުގަ އެވެ.

2009, ވަނަ އަހަރު ކޯޕަންހޭގަންގައި އޮތް ކޮޕް21 ސަމިޓުން ފެށިގެން އެކި ފޯރަމްތަކާއި ބައްދަލުވުންތަކުގައި މަޝްވަރާ ކުރުމަށްފަހު، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގުރީ ސެލްސިއަސްއަށް ވުރެ މަތި ނުވެ ހިފެހެއްޓުމަށް އެއްބަސްވީ 2016، ވަނަ އަހަރު އެކުލަވާލި ޕެރިސް އެގުރީމަންޓުގަ އެވެ. 1.5 ޑިގުރީ ސެލްސިއަސްގެ މިންގަނޑަކީ އިންޑަސްޓުރިއަލް ރިވޮލިއުޝަންގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ދުނިޔެ އެއްބަސްވެފައިވާ މިންވަރެވެ.

ޕެރިސް އެގުރީމަންޓުގައި އެއްބަސްވެފައި ވަނީ 2030 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދު ކުރުމަށެވެ.

މިސްރުގެ ޝަރްމުއްޝައިހު ކޮންވެންޝަނަލް ސެންޓަރުގައި ކުރިއަށްދާ ކޮޕް27 ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާ މުހާތަބުކުރައްވައި ނައިބު ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެންގެ އެއްބާރުލުމާ އެކު ނޫނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ނޭދެވޭ ކަންކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ ނޭދެވޭ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެމަނިކުފާނު ވަނީ ފާއިތުވި މަސްތަކުގައި ދުނިޔެއަށް ކުރިމަތިވި ތިމާވެށީގެ ހާދިސާތަކަށް އަލިއަޅުއްވާލައި ދުނިޔެއަށް އެކަންކަމުގެ މަތީން ހަނދާން އާކޮށް ދެއްވާފަ އެވެ.

އެންވައިރޮމެންޓު މިނިސްޓަރު ޝައުނާ އާއި ނައިބު ރައީސް ފައިސަލް ނަސީމް މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އެންވައިރޮމެންޓު މިނިސްޓަރު ޝައުނާ އާއި ނައިބު ރައީސް ފައިސަލް ނަސީމް މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެންވައިރޮމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ އާއި ނައިބު ރައީސް ފައިސަލް ނަސީމް، މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް27 ސަމިޓުގައި ރާއްޖެ ތަމްސީލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ނައިބު ރައީސް ވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި ޔޫރަޕަށް ކުރިމަތިވި ހަނަފަސްކަމާއި އެފްރިކާގެ ބައްރުގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ކާބޯތަކެތި ލިބުމުގެ ދަތިކަމުގެ ވާހަކަ ދައްކަވާފަ އެވެ.

އޭގެއިތުރުން އެމަނިކުފާނު ވަނީ ދިވެހީންގެ ކާނާ އާއި އާމްދަނީ ލިބޭ ވަސީލަތްތަކާ އެންމެ ބޮޑަށް ގުޅިފައިވަނީ ކަނޑު ކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހީންގެ އާންމު ދިރިއުޅުމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މަސްވެރިކަމަށް ދިވެހި މަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށްވުރެ އަހަރެއް ދިގުވަމުންދާ ކަމަށާއި އަވަސް އަވަހަށް މޫސުން ބަދަލުވެ ރަށްރަށަށް އުދަ އެރުމާއި، ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން މީހުންގެ ގެދޮރާއި ދިރިއުޅުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅިފައިވާ އެންމެ މުހިއްމު އެއް އަސާސް ކަމަށްވާ ފަރުތައް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮޕް-27 އާ މެދު ރާއްޖެއިން އުއްމީދުކުރާ ކަންކަން ފާހަގަކުރައްވަމުން ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކަށް ޖުމްލަ ގޮތެއްގައި ހައްލުތައް ހޯދުމުގެ އިތުރުން އެ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ހަރަދުކުރަން ކަނޑައަޅާ ޓާގެޓު، އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރަށް ހެދުމުގެ އަމާޒަށް ވާސިލުވުން ކަމަށެވެ.

މޫސުމީ ބަދަލުތަކާ އެކު ދުނިޔެ ވަރަށް ބޮޑަށް ބަދަލުވަމުންދާ ކަމަށާއި ބަދަލުވަމުންދާ ދުނިޔެއަކީ އެއްމެންނަށް ވެސް ހަމަޖެހިގެން، ހަމަހަމަކަމާ އެކު ފާގަތި ދިރިއުޅުމެއް އުޅެވޭނެ ތަނެއްކަން ކަށަވަރު ކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox