ގައުމީ ބިލިއާޑް މުބާރާތް: ފޯރިގަދަ މެޗުތަކަކާ އެކު ޑަބަލްސް އިވެންޓު ފަށައިފި

Nov 8, 2022, 8:15 AM
ގައުމީ ބިލިއާޑް މުބާރާތް: ފޯރިގަދަ މެޗުތަކަކާ އެކު ޑަބަލްސް އިވެންޓު ފަށައިފި

މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ މެޗުތައް ފަށައިފި އެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އިންޑޯ ހޯލުގައި ކުރިއަށްދާ މުބާރާތުގެ ޑަބަލްސް އިވެންޓުގައި 35 ޕެއާ އެއް ވާދަކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 34 ފިރިހެން ޕެއާ އާއި އަންހެން އެއް ޕެއާއެކެވެ . މުބާރާތުގައި ވާދަކުރާ ހަމައެކަނި އަންހެން ޕެއާ އަކީ އާމިނަތު އަޒްރާ އާއި އާމިނަތު ފާތީގެ ޕެއާ އެވެ.

ގައުމީ މުބާރާތުގެ މި އަހަރުގެ ސިންގަލްސް ޗެމްޕިއަން ސާހިލް ހަމީދުގެ ޕާޓްނަރަކީ ޝިފާއު އަބްދުﷲ އެވެ. ފުރަތަމަ މެޗުގައި އަހުމަދު ނަފީލް އާއި އަބްދުލް ހަމީދު އަލީ އަތުން މޮޅުވިއިރު، ދެ ވަނަ މެޗުގައި އަހުސަން ހާޝިމް އާއި މޫސާ ސާމިއު އަތުން ބަލިވެ، ވަނީ ލޫޒާސް ބްރެކެޓަށް ގޮއްސަ އެވެ. ލޫޒާސް ބްރެކެޓުގައި ސާހިލް އާއި ޝިފާއު ވާދަކުރާނީ އަހުމަދު ނިހާދު އާއި އިބްރާހިމް ރިޔާޒުގެ ޕެއާއާ ދެކޮޅަށެވެ.

ގައުމީ ޓީމްގެ ހަސަން ޝާޒު އާއި އަހުމަދު އިޔާދުގެ ޕެއާ ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައި ވިނާސް ބްރެކެޓުގައި ކުރިއަށް ޖެހިލާފަ އެވެ. ފުރަތަމަ މެޗުގައި އަޒްރާ އާއި ފާތީ އަތުން ފަސޭހައިން މޮޅުވިއިރު، ދެވަނަ މެޗުގައި މުހައްމަދު ޝަރީފް އާއި މުހައްމަދު ނަސީމްގެ ޕެއާ ބަލިކޮށް ވަނީ ވިނާސް ބްރެކެޓްގެ ގަދަ އަށަކުން ޖާގަ ޔަގީންކޮށްފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޕެއާ ކަމަށްވާ ހުސައިން ފަޔާޒު އާއި އަލީ ޝާވިން މި ފަހަރު ޖެހުނީ ޕެއާ ބަދަލުކުރާށެވެ. ސަބަބަކީ ދެ ކުޅުންތެރިންނަކީ ވެސް މިހާރު ފުރަތަމަ ޑިވިޝަންގައި ކުޅޭ ދެ ކުޅުންތެރިންނަށް ވުމެވެ. މުބާރާތުގައި ބައިވެރިވާ ޕެއާގައި ހިމެނޭނީ ފުރަތަމަ ޑިވިޝަންގެ އެއް ކުޅުންތެރިއަކަށެވެ.

ފަޔާޒު މިފަހަރު ކުޅޭނީ ޝަޒީން އަބްދުއްސަމަދު އާއިއެކުގަ އެވެ. މި ދެ ކުޅުންތެރިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 7-4 އިން ނިހާދު އާއި ރިޔާޒުގެ ޕެއާ ބަލިކޮށްފަ އެވެ. އޭގެ ފަހުން ޖިނާހު އަހުމަދު ނަޖީބު އާއި އިބްރާހިމް ދައުސްގެ މައްޗަށްވެސް 7-3 އިން ކުރި ހޯދި އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ފަހު އަލީ ފާޔާޒު އާއި މުހައްމަދު ފަރީމްގެ ވަރުގަދަ ޕެއާ ބަލިކޮށް ގަދަ އަށަކުން ޖާގަ ހޯދީ ސަމާހް ރަޝީދު އަދި އަލީ މިމްހާދުގެ ޕެއާ އެވެ. ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅޭތީ ފަޔާޒު އާއި ފަރީމް އަށް އަދި ފުރުސަތެއް ނުގެއްލެ އެވެ.

ޑަބަލްސް އިވެންޓުގެ މެޗުތައް މިއަދުވެސް ކުރިއަށްދާނެ އެވެ. ކުރިއަށް އޮތް ތިން ދުވަހު ޑަބަލްސް އިވެންޓުގެ މެޗުތައް ކުޅުމަށްފަހު ދެން ފަށާނީ މިކްސް ޑަބަލްސް އިވެންޓެވެ. މިކްސް ޑަބަލްސްގައި ވާދަކުރަނީ 10 ޕެއާ އެކެވެ.

އެންމެ ފަހުން ކުރިއަށްދާނީ އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ ޓީމް އިވެންޓެވެ. ޓީމް އިވެންޓުގައި ފަސް ކުލަބަކުން ވާދަ ކުރެ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް، ކަސްޓަމްސް ރެކްރިއޭޝަން ކުލަބް، އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox