ގައުމީ ބިލިއާޑް މުބާރާތް: ސިންގަލްސް ޗެމްޕިއަނަކީ ސާހިލް

Nov 7, 2022, 6:57 AM
ފިރިހެން އެއް ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ސާހިލް.

ފިރިހެން އެއް ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ސާހިލް.

މިހާރު ކުރިއަށްދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ސާހިލް ހަމީދު ހޯދައިފި އެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިހާރު ކުރިޔަށްދާ މުބާރާތުގެ އެއް ވަނަ ޑިވިޝަން، ސިންގަލްސް ބައިގެ ފައިނަލުގައި ރޭ ހަސަން ޝާޒް މުހައްމަދުއާ ބައްދަލުކޮށް ސާހިލް މޮޅުވީ 11-06 އިންނެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި އިސްމާއިލް ޝިޔާމް ކާމިޔާބު ހޯދީ ފައިނަލުގައި ހަސަން ރާޖޭޝް މޫސާގެ މައްޗަށް 9-4 އިން ކުރިހޯދައިގެންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް ވެސް ރޭ ކުޅެވުނެވެ. އަންހެން ޑިވިޝަން ގެ ފައިނަލުގައި ބައްދަލުކުރީ އާއިޝަތު އަލީ އާއި އާމިނަތު ހަލީމް އެވެ. އެ މެޗު 7-3 ފްރޭމުން ކާމިޔާބުކޮށް އަންހެން ޑިވިޝަނުގެ ތަށި ހާސިލްކުރީ އާއިޝަތު އަލީ އެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި ދެން އޮތީ ޑަބަލްސް އިވެންޓް އެވެ. ޑަބަލްސް އިވެންޓްގައި 35 ޕެއާ ފެނިގެންދާއިރު، މިކްސް ޑަބަލްސް ބައިގައި 10 ޕެއާ ވާދަކުރާނެ އެވެ.

މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ފިރިހެން ފުރަތަމަ ޑިވިޝަނުން 32 ކުޅުންތެރިން ވާދަކުރި އެވެ. ފިރިހެން ދެ ވަނަ ޑިވިޝަނުގައި 51 ކުޅުންތެރިން ވާދަކުރިއިރު، އަންހެން ޑިވިޝަނުގައި ފެނުނީ ހަ ކުޅުންތެރިންގެ މެޗުތަކެކެވެ.

މުބާރާތުގެ ޓީމު އިވެންޓްގައި ފެނިގެންދާނީ ފަސް ކްލަބެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox