ބަދަލުތަކަކާ އެކު އެމްބީއޭ ޗެމްޕިއަންޝިޕް ފެށިިއިރު، ފުރަތަމަ މޮޅު ޓީރެކްސް އާއި ރެޑްވިންގްސް އަށް

މުބާރާތުގައި ރޭ ޓީރެކްސް އާއި ރެޕްޓާސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުބާރާތުގައި ރޭ ޓީރެކްސް އާއި ރެޕްޓާސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޓީމްތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށް އުއްމީދީ ބަދަލުތަކަކާ އެކު 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ފެށި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 12 ޓީމު އަދި އަންހެން ޑިވިޝަންގައި ހަ ޓީމަކުން ވާދަކުރެ އެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި ހުރިހާ ޓީމެއް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ. އަންހެން ޓީމްތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ.

ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުން އެންމެ އެއް ވަނަ ހޯދާ ހަތަރު ޓީމާއި ދެ ވަނަ އަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމް ކޮލިފައިވާނީ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފައިނަލް ބުރަށެވެ. ގްރޫޕް ސްޓޭޖުގެ ދެ ވަނަ އަށް ދާ ޓީމްތަކުގެ ތެރެއިން ބާކީ ހުރި ޓީމުތަކާއި ތިން ވަނަ އަށް ދިޔަ ޓީމްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމް ކޮލިފައިވާނީ މި ފަހަރު އަލަށް ތައާރަފްކުރި ޝީލްޑް ބުރަށެވެ.

Advertisement

ޝީލްޑް ބުރުގައި ފަސް ޓީމް ވާދަކުރާއިރު، ފަހު ޖާގަ ލިބޭނީ ބާކީ އޮތް ތިން ޓީމްގެ މެޗުގައި ޕްލޭ އޮފް މެޗުތަކެއް ކުޅެ ކުރި ހޯދާ ޓީމަކަށެވެ.

މިފަހަރުގެ މުބާރާތުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ކުޅިވަރުގެ ބައްޕަ ކަމަށްވާ މަރުހޫމް ޒާހިރު ނަސީރު މެމޯރިއަލް ޗެމްޕިއަންޝިޕްގެ ނަމުގައި މި މުބާރާތް ކުރިއަށް ގެންދިޔުމެވެ.

އެމްބީއޭ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ވާދަކުރީ ޗެމްޕިއަން ޓީރެކްސް ބީސީ އާއި ރެޕްޓާސް ބީސީ އެވެ. މި މެޗު 95-51ގެ ސްކޯ އަކުން ކާމިޔާބުކުރީ ޓީރެކްސް އެވެ. މެޗުގެ ފުރަތަމަ ތިން ކުއާޓާގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ޓީރެކްސް އިން ބޮޑު ލީޑެއް ނެގިއިރު، ފަހު ކުއާޓާގައި ރެޕްޓާސް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓީރެކްސް އިސްމާއިލް ވިލްދާން ޔޫސުފް އެޓީމަށް 15 ޕޮއިންޓް ހޯދައިދިންއިރު، މުހައްމަދު ޚުވައިލިދު އަލީ 22 ޕޮއިންޓް ހޯދައިދިނެވެ. ދެ ކުޅުންތެރިންގެ ތެރެއިން ޝޫޓިން އެފިސިއެންސީ އަށް ބަލާއިރު ކުރި ލިބެނީ ވިލްދާން އަށެވެ.

ރެޕްޓާސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ޕޮއިންޓް އެއްކޮށްދިން މަފާޒު މުހައްމަދު އާއި 14 ޕޮއިންޓް ހޯދައިދިން ކެޕްޓަން މުހައްމަދު އިވާން ޒާހިރު އެވެ. އަހުމަދު ރާއިދު ސަލީމް ވެސް އެ ޓީމަށް 13 ޕޮއިންޓް ހޯދައިދިނެވެ.

މުބާރާތުގެ ދެ ވަނަ މެޗުގައި ރެޑްވިންގްސް އިން ވަނީ 50 ޕޮއިންޓުގެ ތަފާތަކުން ޓަލޮންސް ބީސީ ބަލިކޮށްފަ އެވެ. މިދިޔަ ގައުމީ މުބާރާތުގެ ފައިނަލުގައި ވާދަކުރި ރެޑްވިންގްސް އިން އެމްބީއޭ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގެ ކަމިޔާބުކުރީ 90-40 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރެޑްވިންގްސްގެ މުހައްމަދު ޒީދާން ނައީމް އެވެ. އެ ޓީމަށް މެޗުގައި އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 17 ޕޮއިންޓް ހޯދައިދިން މުހައްމަދު ރިޝްވާން އެވެ. ކެޕްޓަން މުހައްމަދު އަޝްމަލް އަހުމަދު 16 ޕޮއިންޓް ހޯދައިދިންއިރު، ބެންޗުން އަރައި ލިބުނު ވަގުތުކޮޅުގަިއ ޝިރުފާން އަހުމަދުވެސް 10 ޕޮއިންޓް ހޯދައިދިނެވެ.

ޓަލޮޮންސް ބީސީ އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 11 ޕޮއިންޓް ހޯދައިދިން އަލީ ޖައިޝަމް އާއި 10 ޕޮއިންޓް ހޯދައިދިން އަލާން އިރުފާން އެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ކިންގްސް ބީސީ އާއި ސްޕާޓަންސް ވާދަކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ވާދަކުރާނީ ދަ ބައުސް އާއި ސްޓިންގާސް ބީސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox