އެމްބީއޭ ޗެމްޕިއަންޝިޕްގެ ކަޕް ފައިނަލުގައި ޓީރެކްސް އާއި ކިންގްސްގެ ކުރިމަތިލުމެއް

Feb 26, 2025, 5:00 AM
އެމްބީއޭ ޗެމްޕިއަންޝިޕްގައި ކިންގްސް އާއި ޓީރެކްސް ބައްދަލުކުރި މެޗެެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

އެމްބީއޭ ޗެމްޕިއަންޝިޕްގައި ކިންގްސް އާއި ޓީރެކްސް ބައްދަލުކުރި މެޗެެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ މެންސް ޑިވިޝަން، ކަޕް ފައިނަލުގައި، ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ކިންގްސް ބާސްކެޓްބޯލް ކްލަބުން ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ދެ ޓީމުން ފައިނަލުގެ ޖާގަ ހޯދާފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ. އެ ގޮތުން، ސެމީ ފައިނަލުގައި އިއްޔެ ޓީރެކްސް އިން ވަނީ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް އަތުން 76-70 އިން މޮޅުވެފަ އެވެ. އަދި، ކިންގްސް އިން ވަނީ ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އަތުން 76-50 އިން މޮޅުވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ޓީރެކްސް އާއި ރެޑްވިންގްސް އޮތީ 19-19 އިން އެއްވަރުވެފަ އެވެ. ދެ ވަނަ ކުއާޓަރު ނިމުނުއިރު، ޓީރެކްސް އިން އެއް ޕޮއިންޓުގެ ލީޑެއް ނަގައި، ތިން ވަނަ ކުއާޓަރުގައި އެ ލީޑުފުޅާކުރި އެވެ. ފަހު ކުއާޓަރަށް ބަލާއިރު، ރެޑްވިންގްސްގެ ސްކޯ ރަނގަޅު ނަމަވެސް، ޓީރެކްސް ކައިރިން ނަތީޖާ އަނބުރާލެވޭ ގޮތެއްނުވެ، މެޗުން ބަލިވީ އެވެ.

Advertisement

މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ރެޑްވިންގްސް އަށް މުހައްމަދު ޒީދާން ނައީމް އާއި ޓީރެކްސް އަށް އައިކް އަހުމަދު މައުރޫފް އެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގައި، ފުރަތަމަ ކުއާޓަރުގައި ރެޕްޓާސް އިން ވަނީ، ލީޑެއް ނަގައިފަ އެވެ. އެއީ، 11-18 އިންނެވެ. އެކަމަކު، ދެ ވަނަ ކުއާޓަރުން ފަށައިގެން ކިންގްސް އިން މެޗުގެ ކޮންޓްރޯލް ނަގައި، ޑޮމިނޭޓް ކުރަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން، އެ ރަނގަޅު ކުޅުން ފަހު ތިން ކުއާޓަރުގައި ދަމަހައްޓައި މެޗުން މޮޅުވީ އެވެ.

މި މެޗުގައި ކިންގްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، މުހައްމަދު ޖިދާދު އިބްރާހިމް އެވެ. އަދި، ރެޕްޓާސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަހުމަދު ރާއިދު ސަލީމް އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ކަޕް ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox