ގައުމީ ބިލިއާޑް މުބާރާތް: ފުރަތަމަ ޑިވިޝަން ފެށީ ފޯރިގަދަކޮށް

Nov 4, 2022, 11:03 AM
ގައުމީ ބިލިއާޑް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

ގައުމީ ބިލިއާޑް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

ލިޓަސް ނެޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022، (ގައުމީ ބިލިއާޑް މުބާރާތު)ގެ ކުޅުން އިއްޔެ ފެށިއިރު، ދެ ވަނަ ޑިވިޝަނާއި އަންހެން އަދި ފިރިހެން ފުރަތަމަ ޑިވިޝަނުގެ ފޯރިގަދަ މެޗުތަކެއް ކުރިއަށް ގޮސްފި އެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް ޖުމްލަ ހަ އިވެންޓަކުން މެޗުތައް ކުރިއަށްދާނެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޓީމު އިވެންޓްގެ އިތުރުން ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނާއި އަންހެން ޑިވިޝަން އަދި ޑަބަލްސް އިވެންޓްގެ އިތުރުން މިކްސް ޑަބަލްސް އިވެންޓް އެވެ.

މުބާރާތުގެ މެޗުތައް އިއްޔެ ފަށާފައިވަނީ ދެ ވަނަ ޑިވިޝަނުގެ މެޗުތަކުންނެވެ. އެ ގޮތުން ދެ ވަނަ ޑިވިޝަނުގެ 73 މެޗެއް ވަނީ ކުޅެވިފަ އެވެ. އޭގެ އިތުރުން ފިރިހެން ފުރަތަމަ ޑިވިޝަނާއި އަންހެން ޑިވިޝަނުގެ މެޗުތަކެއް ވެސް ވަނީ ކުޅެވިފަ އެވެ.

ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅެވުނު ފިރިހެން ފުރަތަމަ ޑިވިޝަނުގެ މެޗުގައި ގައުމީ ރޭންކިން އެއް ވަނަ މުހައްމަދު ޝަރީފް އަތުން ރޭންކިން ފަސް ވަނައިގައި އޮތް މުހައްމަދު ސުވެއިދު ވަނީ މޮޅުވެފަ އެވެ. އެއީ 4-9 ފްރޭމުންނެވެ. އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ޗެމްޕިއަން، އަދި ރޭންކިން ދެ ވަނައިގައި އޮތް، ހުސެން ފަޔާޒް މޮޅަކާ އެކު ފެށީ ރޭންކިން ހަތަރު ވަނައިގައި އޮތް އިސްމާއިލް ޖީހާން އަތުން 9-1 އިން ކާމިޔާބު ކޮށްގެންނެވެ. އަދި ރޭންކިންގެ ތިން ވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވަނީ 9-0 އިން ގިޔާސް އަފްރާހު ބަލިކޮށްފަ އެވެ.

މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ފިރިހެން ފުރަތަމަ ޑިވިޝަނުން 32 ކުޅުންތެރިން ވާދަކުރެ އެވެ. ފިރިހެން ދެ ވަނަ ޑިވިޝަނުގައި 51 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި ތިބީ ހަ ކުޅުންތެރިންނެވެ. ޑަބަލްސް އިވެންޓްގައި 35 ޕެއާ ފެނިގެންދާއިރު، މިކްސް ޑަބަލްސް ބައިގައި 10 ޕެއާ ވާދަކުރާނެ އެވެ.

ޓީމު އިވެންޓްގައި ފެނިގެންދާނީ ފަސް ކްލަބެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox