މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަން ކުރި މަޖެދުރު ރަހްމާން. އޭނާ ވަނީ މީގެ ކުރިން ކޮންސިއުމާ ބޭންކިންއާއި، ޓުރޭޑް ފައިނޭންސް، ޓްރެޝަރީ، އޮޑިޓު، ފިންޓެކް، އެޗްއާރު އަދި ސްޓުރެޓެޖިކް ބިޒްނަސް ޓުރާންސްފޮމޭޝަން ދާއިރާގައި މަސައްކަތް ކުރައްވާފައި. -- ފޮޓޯ: އިސްލާމިކް ބޭންކް

އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަން ކުރި މަޖެދުރު ރަހްމާން. އޭނާ ވަނީ މީގެ ކުރިން ކޮންސިއުމާ ބޭންކިންއާއި، ޓުރޭޑް ފައިނޭންސް، ޓްރެޝަރީ، އޮޑިޓު، ފިންޓެކް، އެޗްއާރު އަދި ސްޓުރެޓެޖިކް ބިޒްނަސް ޓުރާންސްފޮމޭޝަން ދާއިރާގައި މަސައްކަތް ކުރައްވާފައި. -- ފޮޓޯ: އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން އެ ބޭންކުގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކާޒީ އަބޫ މުހައްމަދު މަޖެދުރު ރަހްމާން އެވެ.

އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު އައްޔަން މިކުރީ 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށެވެ. އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވީ ނަޖްމުލް ހަސަން އެވެ.

އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަން ކުރެވުނު މަޖެދުރު ރަހްމާން އަކީ މީގެ ކުރިން ބަންގުލަދޭޝްއާއި، މެދުއިރުމައްޗާއި، އެފްރިކާ އަދި އޮސްޓޭރިލިއާގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން އޭނާ ވަނީ ޑާކާ ސްޓޮކް އެކްސްޗޭންޖު ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމާއި، ބަންގުލަދޭޝްގެ ޕްރިމިއާ ބޭންކު ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގެ އިތުރުން ބޭންކް އަލް-ފަލާހުގެ ކަންޓުރީ ހެޑްގެ މަގާމާއި، އޭބީ ބޭންކު ލިމިޓެޑުގެ ޗީފް ރިސްކު އޮފިސާ އެންޑު އެޑިޝަނަލް މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ.

މީގެ އިތުރުން ވެސް ތަފާތު އެކި ބޭންކު ތަކުގެ މުހިއްމު މަގާމުތައް އޭނާ ފުރުއްވާފައި ވެއެވެ. މިވަގުތު އޭނާ ހުންނެވީ އޭކޭ ޚާން އެންޑު ކޮންޕެނީ ލިމިޓެޑުގެ ގުރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ މަގާމުގަ އެވެ.

މަޖެދުރު ރަހްމާން އަކީ ތަޖުރިބާކާރު ކެޕިޓަލް މާކެޓް ޕްރޮފެޝަނަލްއެއްގެ އިތުރުން ސީޒަންޑް ބޭންކަރެކެވެ.

އޭގެއިތުރުން މިއަދު ބޭއްވުނު އިސްލާމިކް ބޭންކުގެ ބޯޑު ބައްދަލުވުމުގައި އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ވެސް ބޭފުޅަކު ވަނީ އައްޔަން ކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ރީޓެއިލް ބޭންކިން އާއި ޕްރޮޑަކްޓު މެނޭޖުމަންޓުގެ ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ މުފައްޛަލް އިދްރީސް ޚުމްރީ އެވެ.

މެނޭޖްމަންޓު ސްޓަޑީސްގެ ދާއިރާއިން މާސްޓާސް އަދި ކޮމާސްގެ ދާއިރާއިން އިން ބެޗްލާސް ހާސިލު ކުރައްވާފައިވާ މުފައްޛަލް ވަނީ މީގެ ކުރިން ސައުދީ ނެޝަނަލް ބެންކުގެ ހެޑް އޮފް ރީޓެއިލް އެސެޓްސްގެ މަގާމާއި ޔޫއޭއީގެ ނެޝަނަލް ބޭންކު ރަސް އަލް-ޚައިމަހް ގެ ޑިރެކްޓާ އޮފް ރީޓެއިލް ބޭންކިންގެ މަގާމު ފުރުއްވާފަ އެވެ.

އިސްލާމިކް ބޭންކުގެ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައި ވަނީ އެ ބޭންކުގެ އާޓިކަލް އޮފް އެސޯސިއޭޝަންގައިވާ އުސޫލުތަކުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox