ބޮޑެތި ބަލިތައް ގިނަވާ މައްސަލަ ސީރިއަސް، ދިރާސާ ބާރަށް ކުރިއަށް އެބަދޭ: މިނިސްޓަރު

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ބޮޑެތި ބަލިތައް ގިނަވުމުގެ މައްސަލަަ ރާއްޖޭގައި ސީރިއަސްކަަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ބޮޑެތި ބަލިތައް ގިނަވުމުގެ މައްސަލަަ ރާއްޖޭގައި ސީރިއަސްކަަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކެންސަރާއި ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ބޮޑެތި ބަލިތައް ރާއްޖޭގައި ގިނަވެފައި ވަނީ ސީރިއަސް މިންވަރަކަށް ކަމަށާއި އޭގެ ސަބަބުތައް ދެނެގަންނަން ކުރާ ދިރާސާ ބާރަށް ކުރިއަށް އެބަދާ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑެތި ބަލިތައް ގިނަވާ ސަބަބު ބަލަން ދިރާސާކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީގައި ކަަމަށެވެ. އެ ދިރާސާއަށް ބޭނުންވާ މައުލޫމާތު ޑަބްލިއުއެޗްއޯގެ މާހިރުން މިހާރު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ދިރާސާތައް ބާރަށް ކުރިއަށް އެބަދޭ، ޑަބްލިއުއެޗްއޯގެ އެހީގެ ދަށުން އަޅުގަނޑުމެން މިކަންތައް ކުރިއަށް މިގެންދަނީ. ޑަބްލިއުއެޗްއޯ ޓީމެއް އައިސް ހަމަ ތިޔަ ވިދާޅުވި ގޮތަށް، މިކަންތައް ހިނގާ ގޮތް ބަލަމުން އެބަ ގެންދޭ. މިތަނުން މައުލޫމާތުތަކާއި އެއްޗިހި ހިފައިގެން ގޮސް އެބޭފުޅުންވީ," މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް މައުލޫމާތު އެއްކުރުމަށް ޓަކައި ޑަބްލިއުއެޗްއޯގެ މާހިރުން އަދިވެސް ރާއްޖެއަށް ޒިޔާރަތްކޮށްފާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސީމު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޮޑެތި ބަލިތައް މާބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކަކުން އެކަމަކު ނުދައްކަ އެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު އަދި ސީރިއަސް މައްސަލައެއް ކަަމަށާއި އެކަމުގެ ހަގީގަތް ބައްލަަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސްޓެޓިސްޓިކްސްއަށް ބަލާއިރު މާބޮޑު ތަފާތުތަކެއް ނައިކަމުގައި ވީ ނަމަވެސް [މިއީ] އަޅުގަނޑުމެން ކޮންސާން ވާން ޖެހޭ ކަމެެއް ކަމަށް އަޅުގަނޑު އެބަ ދެކެން،" ނަސީމު ވިދާޅުވި އެވެ.

ބޮޑެތި ބަލިތަައް އިތުރުވާ ސަބަބުތައް ބަލަން ރާއްޖޭގައި ކުރާ ދިރާސާއާ ބެހޭ ގޮތުން މެމްބަރު ޔާސިރު ކުރެއްވި ސުވާލުގައި އެ އެއްސެވީ އެ ދިރާސާގެ ކަންތައް މިހާރު ގޮސްފައި ވަނީ ކިހާހިސާބަކަަށްތޯ އާއި ހޯދުނު ހޯދުމަކީ ކޮބައިތޯ އެވެ. އެހެން ނަަމަވެސް އެ ދިރާސާ ނިމޭނެ ތާރީހަކާ ބެހޭ ގޮތުން މިނިސްޓަރު މިއަދު އެއްޗެއް ވިދާޅެއް ނުވެ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox