އޮކްޓޯބަރުމަހު ފަތުރުވެރިކަމަށް ކާމިޔާބީއެއް؛ ރިކޯޑު މުގުރާލައިފި

ރާއްޖެ އައި ފަތުރުވެރިންތަކެއް؛ އޮކްޓޯބަރު މަހު ރިކޯޑު އަދަދަކަށް ފަތުރުވެރިން އައި

ރާއްޖެ އައި ފަތުރުވެރިންތަކެއް؛ އޮކްޓޯބަރު މަހު ރިކޯޑު އަދަދަކަށް ފަތުރުވެރިން އައި

ނިމިދިޔަ އޮކްޓޯބަރު މަހު ފަތުރުވެރިން އައި އަދަދު ކޮވިޑުގެ ކުރިން ފަތުރުވެރިން އައި އަދަދަށްވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، މި އަހަރުގެ އޮކްޓޯބަރު މަހު ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހު 153،600 އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އެ އަދަދަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފަތުރުވެރިން އައި އަދަދަށްވުރެ އަށް ޕަސަންޓު އިތުރު އަދަދެއް ކަމަށެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ ޒިޔާރަތް ކުރީ 141،928 ފަތުރުވެރިންނެވެ.

ކޮވިޑް-19 އެންމެ ނާޒުކު ދުވަސްވަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖެ އައިސްފައި ވަނީ 419,396 ފަތުރުވެރިންނެވެ. އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 69 ޕަސެންޓުގެ ވެއްޓުމެވެ.

ބޯޑަރުތައް އަލުން ހުޅުވައި، އެހެން ގައުމުތަކުގެ ވެސް ހާލަތު ރަނގަޅުވަމުންދިޔައިރު، 2021 ވަނަ އަހަރު ރާއްޖެ އައީ 988,013 ފަތުރުވެރިންނެވެ. އެއީ ބަލިމަޑުކަމުގެ ކުރިން އައި އަދަދުތަކާ ބަލާއިރު 27 ޕަސެންޓުގެ ދަށްވުމެވެ. އެކަމަކު އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 135 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދެއްގެ ގޮތުގައި ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" ނުވަތަ ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ. އޭގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން މިދިޔަ އޮގަސްޓު މަހާ ހަމައަށް އައިއިރު، އޮކްޓޯބަރު މަހުގެ ނިޔަލަށް މިވަނީ 1.3 މިލިއަން ފަތުރުވެރިން އައިސްފަ އެވެ.

މި އަހަރުގެ ޓާގެޓުގެ ގޮތުގައި އޮތް 1.6 މިލިއަން ފަތުރުވެރިންނާ ގާތަށް ރާއްޖެ ދާއިރު، އެ ޓާގެޓު ހާސިލު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރަނީ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox