ފަތުރުވެރިން އައުން، ޕްރީ ޕެންޑެމިކުގެ އަދަދުތަކާ ހަމަ ކުރަނީ

Oct 28, 2022, 9:57 AM
ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުން ހިދުމަތް ހޯދަނީ: މިއަހަރުގެ ބާކީ ދެ މަސް ދުވަހުގެ ތެރޭގައި ކުރީގެ އަދަދުތަކާ އެއްވަރަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުން ހިދުމަތް ހޯދަނީ: މިއަހަރުގެ ބާކީ ދެ މަސް ދުވަހުގެ ތެރޭގައި ކުރީގެ އަދަދުތަކާ އެއްވަރަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮރޯނާ ވައިރަސް ބަލިމަޑުކަމާއެކު ހުއްޓުން އެރި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަށްޖެހިލައި، ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އައި އަދަދުތަކާ މިއަހަރު ހަމަ ކުރާނެ ކަމަށް ބެލެވިއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ހިސާބުތަަކަށް ބަލާއިރު އޮކްޓޯބަރު 26، ގެ ނިޔަލަށް ރާއްޖެއަށް 1,317,573 ވަނީ އައިސްފަ އެވެ. ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައީ ޖުމްލަ 1,371,103 ފަތުރުވެރިންނެވެ.

އެހެންކަމުން ފަތުރުވެރިން އައި މިންވަރު މިއަހަރު، ކުރިއަރާ ބަލާއިރު މަދީ އެންމެ ތިން ޕަސެންޓެވެ. އެހެންކަމުން، މިއަހަރުގެ ބާކީ އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޓުއަރިސްޓު އަރައިވަލް، ބަލިމަޑުކަމުގެ ކުރީގެ އަދަދުތަކާ އަރާ ހަމަވާނެ ކަމަށް ބެލެވެ އެވެ.

ބަލިމަޑުކަމުގެ އެންމެ ނާޒުކު ދުވަސްވަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން 2020 ވަނަ އަހަރު މި ގައުމަށް އައިސްފައި ވަނީ އެންމެ 419,396 ފަތުރުވެރިންނެވެ. އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 69 ޕަސެންޓުގެ ވެއްޓުމެވެ.

ބޯޑަރުތައް އަލުން ހުޅުވައި، އެހެން ގައުމުތަކުގެ ވެސް ހާލަތު ރަނގަޅުވަމުންދިޔައިރު، 2021 ވަނަ އަހަރު ރާއްޖެ އައީ 988,013 ފަތުރުވެރިންނެވެ. އެއީ ބަލިމަޑުކަމުގެ ކުރިން އައި އަދަދުތަކާ ބަލާއިރު 27 ޕަސެންޓުގެ ދަށްވުމެވެ. އެކަމަކު އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 135 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ރާއްޖެ އައި އިންޑިއާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން އައީ ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox