ފައްޔާޒުގެ ރައްދު ނަޝީދަށް: ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ނަމަ 2011 ގައި އިން ވަކިކުރަން އެއްބަސްވީ ކީއްވެ؟

މިއަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްގައި ފައްޔާޒު، ރައީސް ސޯލިހު އަދި ރައީސް ނަޝީދާ މަޝްވަރާ ކުރައްވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިއަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްގައި ފައްޔާޒު، ރައީސް ސޯލިހު އަދި ރައީސް ނަޝީދާ މަޝްވަރާ ކުރައްވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސް އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެތަނަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރައްދު ދެއްވައިފި އެވެ.

ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ކުރިއަށްދާ ރާއްދެ-މޮރިޝަސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން ދިވެހި ސަރުކާރުން ވަނީ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއިން ކުރަމުންދާ މަސައްކަތްތަކުގައި އެގައުމާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކޮށްފަ އެވެ. އެއާއެކު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު ބައެއް ފަރާތްތަކުން ދަނީ މި ނިންމުމާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބުނަމުންނެވެ.

ސަރުކާރުން އެކަން އެގޮތަށް ނުހިނގާނެ ކަމުގެ ޔަގީންކަން ދީފައިވާއިރު މިއަދު އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ އެއީ ރާއްޖޭގެ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި އެ ތަނަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނަށް ރައްދު ދެއްވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު ވަނީ ނަޝީދު ވެރިކަމުގައި ހުންނެވިއިރު ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިލެއްވިނަމަ މޮރިޝަސްއާ އެކު އިން ވަކިކުރަން އެއްބަސްވީ ކީއްވެތޯ އައްސަވާފަ އެވެ.

މޮރިޝަސްއާ ގުޅިގެން އިނގިރޭސި ސަރުކާރާ މަޝްވަރާއެއް ކުރަން އެމަނިކުފާނުގެ ސަރުކާރުން 2011 ވަނަ އަހަރު އެއްބަސްވި ކަމަށް މީގެކުރިން ނަޝީދު ހާމަކުރައްވާފައިވެ އެވެ.

ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވައްސާ އެކު ކަމަށާއި ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް އެތަކެއް ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބެހުރި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އާދަމް ޝަރީފުއަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވެފައިވަނީ 2017 ވަނަ އައިސީޖޭ ގައި މޮރީޝަސް އަށް ފޯޅަވަހި ދިނުމަށް ނިންމި އިރު އެކަމާއި ދެކޮޅަށް އާދަމް ޝަރީފު ޑިފެންސް މިނިސްޓަރުކަން ކުރެއްވި ސަރުކާރުން ދައުވާ ނުކުރީ ކީއްވެކަމާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި, މި މައްސަލައިގައި އޭރު އާދަމް ޝަރީފު ކުރެއްވީ ކޮން މަސައްކަތެއްތޯވެސް ފައްޔާޒު ވަނީ އައްސަވާފަ އެވެ.

މީގެ އިތުރުން ސަރުކާރުން ޗާގޮސް ގެ ސިޔާދަތީ ބާރު ހޯދުމުގެ މައްސަލައިގައި މޮރިޝަސް އަށް ތާއިދުކުރުމަށް ނިންމީ އިންޑިއާގެ ނުފޫޒުން ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށްވެސް ފައްޔާޒު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން 1992 ވަނަ އަހަރު މުނައްވަރުގެ ބަންޑާރަނައިބު ކަމުގައި ރާއްޖެއާއި ފޯޅަވަހީގެ ބައުންޑަރީ ކަނޑަ އެޅުމަށް ވާހަކަދެކެވުނީ ކީއްވެތޯ ފައްޔާޒު ވަނީ ސުވާލު އުފައްދާފަ އެވެ.

މައްސަލައިގެ ފަސްފަހަތް

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެނެސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ އެތަން ހަވާލުކުރުމަށެވެ. އެ ނިންމުމާ ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއިދުކުރި އެވެ. ނަމަވެސް ރާއްޖޭން އޭރު އެ ގަރާރަށް ތާއިދެއް ނުކުރެ އެވެ.

އދ ގެ އާންމު މަޖިލީހުގައި އޮތް އެ ގަރާރުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމާފައި އޮތަސް، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުރިން ގަރާރަށް ތާއިދު ނުކުރީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުންނެވެ.

އެ ނިންމުން ބަދަލުކޮށް، މޮރިޝަސްއާ އެއްކޮށް ވޯޓުލާން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ފާހަގަ ކުރެއްވައިފަ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އދ. އާންމު މަޖިލީހުގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށާއި ހާރިޖީ ސިޔާސަތު ކަނޑައެޅުމާއ، ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށެވެ.

ޗާގޯސްގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖޭން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު، ގައުމުތަކުގެ ސިޔާސަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ، އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނާތީ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox