ހައްޖާޖީންނަށް ޕެނަޑޯލް ވިއްކި މައްސަލައެއް، މިނިސްޓަރު ވިދާޅުވީ އެކަމުގެ ޝަކުވާ ނުލިބޭ ކަމަށް

1443 ވަނަ އަހަރުގެ ހައްޖާޖީންތަކެއް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

1443 ވަނަ އަހަރުގެ ހައްޖާޖީންތަކެއް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފާއިތުވީ 1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖާޖީންނަށް ޕެނަޑޯލް ވިއްކާފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅިގެން އެއްވެސް ހައްޖާޖީއަކު ޝަކުވާކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައްޖުވެރިންނަށް ޕެނަޑޯލާއި ކޮފީ ވިއްކާފައިވޭތޯ ލިޔުމުން ސުވާލުކުރައްވާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ. އަދި އެކަމާ ގުޅިގެން ޝަކުވާ ލިބުނުތޯއާއި ޝަކުވާ ހައްލުކުރުމަށް މަސައްކަތް ކުރެއްވިތޯ ސުވާލުކުރައްވާފައިވެ އެވެ.

"ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1443 ވަނަ އަހަރުގެ ހައްޖުގައި ހައްޖުވެރިންނަށް ޕެނެޑޯލް ގުޅަ ވިއްކާފައިވާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިނުވެ އެވެ،" މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވި އެވެ.

އެހެންނަމަވެސް މެންބަރު އެކަމާ ގުޅިގެން ސުވާލުކުރުމުން މައުލޫމާތު ސާފުކުރުމުން، ޕެނެޑޯލް ބޭނުންވި ހައްޖާޖީންނަށް ވިއްކާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެންބަރު އިބްރާހިމް ރަޝީދުގެ ސުވާލުގައިވާ ގޮތުން ހައްޖާޖީންނަށް ޕެނަޑޯލް ގުޅައެއް ވިއްކާފައިވަނީ 2 ސައުދީ ރިޔާލަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގުޅައަކަށް 8.23 ރުފިޔާ އެވެ.

ކޮފީ ވިއްކި މައްސަލައާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެކަން ކޮށްފައިވަނީ އުސޫލުގެ ތެރެއިން ކަމަށެވެ.

"މުޅި ހައްޖު ދަތުރުގައި ހައްޖާޖީންނަށް ދެވޭ ތިން އިރުގެ ކެއުމާއި ހަވީރު ސައިގެ އިތުރުން އެހެނިހެން ވަގުތުތަކުގައި އިތުރު ހިދުމަތެއްގެ ގޮތުގައި ހޮޓަލުގެ ލޮބީގައި ކޮފީ ޝޮޕެއް ހުޅުވައި ކޮފީ ގަންނަން ބޭނުންވި ފަރާތްކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ވަނީ ކޮފީ ޝޮޕްގައި ކޮފީ ވިއްކާފަ އެވެ." މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރަކީ މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އަދި މިދިޔަ އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ހައްޖުވެރިން ގޮސްފައި ނުވެ އެވެ.

މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox