އުދައިގެ އިންޒާރު ދޭ ނިޒާމެއް ދިވެއްސަކު ފަރުމާކޮށް ޓެސްޓްކުރަނީ

ޑރ. އަހުމަދު ނަޝްވާން އަބްދުލް މަތީން: އުދައިގެ އިންޒާރު ދޭ ނިޒާމެއް ތައްޔާރުކޮށް ޓެސްޓްތައް ދަނީ ކުރަމުން -- ފޮޓޯ: ސޯޝަލް މީޑިއާ

ޑރ. އަހުމަދު ނަޝްވާން އަބްދުލް މަތީން: އުދައިގެ އިންޒާރު ދޭ ނިޒާމެއް ތައްޔާރުކޮށް ޓެސްޓްތައް ދަނީ ކުރަމުން -- ފޮޓޯ: ސޯޝަލް މީޑިއާ

އުދައިގެ އިންޒާރު ދޭ ނިޒާމެއް ދިވެހި މާހިރަކު ފަރުމާކޮށް ޓެސްޓުކުރަން ފަށައިފި އެވެ.

އެފަދަ ނިޒާމެއް ޓެސްޓުކުރަމުން އަންނަ ކަމަށް، ކޯސްޓަލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. އަހުމަދު ނަޝްވާން އަބްދުލް މަތީން ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހު އދ. ދިގުރަށަށް އެރި ބާރުގަދަ އުދައަށްފަހު އެވެ.

ކަނޑާއި ޖައްވު މޮނިޓަކުރާ އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) ގެ ޑޭޓާ އާއި ރާއްޖޭގެ ކަނޑާއި ރާޅުތަކުގެ މައުލޫމާތު ބޭނުން ކޮށްގެން ޑރ. ނަޝްވާން ހެދި ދިރާސާއިން އެނގުނު ގޮތުގައި، ދިގުރަށަށް އުދަ އެރުމުގެ ތިން ދުވަސް ކުރިން އެކަން ދެނެގަތުމުގެ ފުރުސަތު އޮތެވެ.

"[އެމެރިކާގެ އެންއޯއޭއޭގެ ޑޭޓާ] އިން ދައްކާނެ ރާއްޖޭގެ ވެސް ރާޅުތައް ކުރިއަށް އޮތް 14 ދުވަހު ހުންނާނީ ކިހިނެއްތޯ، ދެން އެޔަށް ބަލާފަ، މިސާލަކަށް ދިގުރަށް ކައިރީ ޑޭޓާ ޕޮއިންޓަކުން ލިބޭ ޑޭޓާއިން މި ބަލަނީ ކިހާވަރެއްގެ ރާޅެއްތޯ، ދެން އެ ރާޅުތައް ދިމާވަނީ ދިޔަވަރުގެ ކިހާ ހިސާބަކަށްތޯ، އެ މައުލޫމާތުތަކަށް ބަލާފަ މި ބަލަނީ އުދަ އެރުމުގެ ޖާގަ އޮތްތޯ،" އުދައިގެ އިންޒާރުދޭ ނިޒާމާ ގުޅޭ ގޮތުން ޑރ. ނަޝްވާން "އަދަދު" އަށް ވިދާޅުވި އެވެ.

ޑރ. ނަޝްވާން ބެއްލެވެި ގްރާފްސް: އޭނާ ވިދާޅުވީ އުދަ އެރުމުގެ ތިން ދުވަސް ކުރިން އެކަން އެނގުމުގެ ފުރުސަތު އޮތް ކަމަށް -- ފޮޓޯ: ޓުވިޓާ
ޑރ. ނަޝްވާން ބެއްލެވެި ގްރާފްސް: އޭނާ ވިދާޅުވީ އުދަ އެރުމުގެ ތިން ދުވަސް ކުރިން އެކަން އެނގުމުގެ ފުރުސަތު އޮތް ކަމަށް -- ފޮޓޯ: ޓުވިޓާ

ޑރ. ނަޝްވާން ބެއްލެވެި ގްރާފްސް: އޭނާ ވިދާޅުވީ އުދަ އެރުމުގެ ތިން ދުވަސް ކުރިން އެކަން އެނގުމުގެ ފުރުސަތު އޮތް ކަމަށް -- ފޮޓޯ: ޓުވިޓާ

އެފަދަ ނިޒާމެއް ގާއިމު ކުރެވިއްޖެ ނަމަ، ވަކި މުއްދަތެއް ކުރިން އުދަ އަރާނެކަން ދެނެގަނެވި ތައްޔާރުވާން ފުރުސަތު ލިބޭނެ ކަމަށް ޑރ. ނަޝްވާން ވިދާޅުވި އެވެ.

"[އެއިރުން] މިސާލަކަށް ދަންވަރު ދޭއް ޖަހާއިރު އުދަ އަރާފާނެ ކަމަށް ތައްޔާރުވާން އެނގޭނެ،" ތިމާވެއްޓާ ގުޅޭ ދިރާސާތަކެއް ކުރައްވާފައިވާ ޑރ. ނަޝްވާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ހާދިސާތައް އިތުރުވެ، ލިބޭ ގެއްލުން ބޮޑުވުމުގެ ފުުރުސަތު އެބަ އޮތްކަން ފާހަގަ ކުރައްވަމުން ޑރ. ނަޝްވާން ވިދާޅުވީ ގުދުރަތީ ހާދިސާތަކަށް ދުރާލާ ތައްޔާރުވުން މުހިންމު ކަމަށެވެ.

އުދައިގެ އިންޒާރު ދޭ ނިޒާމާ ގުޅޭ ގޮތުން އެންވާރަމެންޓް މިނިސްޓްރީއާ ވަނީ މަޝްވަރާކޮށްފަ އެވެ. ގްރީން ކްލައިމެޓް ފަންޑުގެ ދަށުން މި ނިޒާމު ގާއިމުކުރަން ފައިސާ ލިބޭތޯ މަސައްކަތް ކުރައްވާއިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި މޫސުމާބެހޭ ގައުމީ އިދާރާއާ ގުޅިގެން މި ނިޒާމު ގާއިމުކުރަން ފަންޑު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ޑރ. ނަޝްވާން ވިދާޅުވި އެވެ.

ދިގުރަށަށް އެރި އުދަ

އދ. ދިގުރަށަށް އެރި ބާރުގަދަ އުދައާ ގުޅޭ ގޮތުން ޑރ. ނަޝްވާން ވިދާޅުވީ އާންމުކޮށް އުދަ އަރަނީ ތޫފާންތަކުން އުފައްދާ ބާރުގަދަ އުސް ރާޅުތަކާއި، ބޮޑު ދިޔައާ ދިމާވުން ކަމަށެވެ. އަދި އާންމުކޮށް ހުޅަނގު މޫސުމުގައި އުދަ އަރަނީ ހުޅަނގު ބިތުގައި ހުންނަ ރަށްރަށަށް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, މިފަހަރު ދިގުރަށަށް އެރި އުދައަކީ އާދަޔާ ހިލާފު އުދައެއް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ދިގުރަށަށް އުދަ އަރާފައިވަނީ ރަށުގެ އިރު އިތުރުންނެވެ. އެހެން ވެދާނެ ސަބަބަކީ ޑރ. ނަޝްވާން ވިދާޅުވި ގޮތުގައި އިންޑިއާ ސަރަހައްދުން އުފެއްދި ބާރުގަދަ ބިޔަ ރާޅުތަކެވެ. ރާއްޖޭގެ އެންމެ ބޮޑު ދިޔަ އާއި އެ ސާޖްއާ ދިމާވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox