އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގު ފަށައިފި

Oct 16, 2022, 10:32 AM
އެމްއެސް މޭޓްސް އާއި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އެމްއެސް މޭޓްސް އާއި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް އިން އިއްޔެ ފެށި 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ފުރަތަމަ މެޗުތަކުން މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އެޑްވެންޗާސް ފުޓްބޯލް އެކެޑަމީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އާއި ސަތާރަ އަހަރު ވަންދެން ރާއްޖޭގެ ގޯލު ބެލެހެއްޓި ހުނަރުވެރި ކީޕަރު އިމްރާން މުހައްމަދު އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އެމްއެސް މޭޓްސް އިން ވަނީ 3-2 އިން ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. ހަވީރު ކުޅުނު ދެ ވަނަ މެޗުގައި މާޒިޔާ އިން 6-0 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކުރި އެވެ.

14 އަހަރުން ދަށުގެ ޔޫތު ލީގު ފެށުމުގެ ގޮތުން ދަގަނޑޭ (ވ) އާއި އިމްރާން ކިކޮފް ކުރަނީ.

މުބާރާތުގައި ދެ މެޗެއް ރޭ ވެސް ކުޅެވުނެވެ. އެ ގޮތުން ރޭ އެޑްވެންޗާސް ފުޓްބޯލް އެކެޑަމީން ވަނީ 3-0 އިން ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީ ބަލިކޮށްފަ އެވެ. އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ސަސް މޮޅުވީ 11-0 އިންނެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޔޫތު ލީގުގައި ޖުމްލަ އެކު ނުވަ ޓީމެއް ބައިވެރިވެފަ އެވެ. އެއީ އެމްއެސް މޭޓްސް، މާޒިޔާ، ސަސް، އެޑްވެންޗާސް ފުޓްބޯލް އެކެޑަމީ، ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އެކެޑަމީ އަދި ބީޖީ އެކެޑަމީ އެވެ.

މިއީ އެފްއޭއެމުން މި އަހަރު ބާއްވާ ޔޫތު ފުޓްބޯޅައިގެ ތިން ވަނަ މުބާރާތެވެ. އެ ގޮތުން 19 އަހަރުން ދަށުގެ ޔޫތު މުބާރާތުގެ ޗެމްޕިއަަނަކީ އީގަލްސް އެވެ. އަދި 16 އަހަރުން ދަށުގެ ޔޫތު މުބާރާތް ކާމިޔާބުކުރީ ވެލެންސިއާ އިންނެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox