ތ. ގުރައިދޫގައި މަރާލި ޝާހުއާލަމަށް ހަމަލާ ދިން ވަޅީގައި ބަބުލްމިއަހްގެ ޑީއެންއޭ

ގަތުލުގެ ތުހުމަތުވާ ބަބުލް މިއަހް މިއަދުގެ އަޑުއެހުމުގެ ތެރެއިން: އޭނާ ވަނީ ހެކިވެރިއެއް ހެކިބަސްދެމުން ދޮގު ހެދި ކަމަށް ބުނެފައި

ގަތުލުގެ ތުހުމަތުވާ ބަބުލް މިއަހް މިއަދުގެ އަޑުއެހުމުގެ ތެރެއިން: އޭނާ ވަނީ ހެކިވެރިއެއް ހެކިބަސްދެމުން ދޮގު ހެދި ކަމަށް ބުނެފައި

ތ. ގުރައިދޫ ކަންޑަރު ސަރަހައްދުގައި އަނިޔާވެރި ގޮތަކަށް މަރާލި ބަންގްލަދޭޝްގެ ޝާހް އަލަމަށް ހަމަލާ ދިން ވަޅިން އޭނާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ބަބުލް މިއަހްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި އޮފިސަރު މިއަދު ޝަރީއަތުގައި ބުނެފި އެވެ.

ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން މެއި 20، 2020 ގައި ޝާހުއާލަމް އަނިޔާވެރިގޮތަކަށް މަރާލި މައްސަލާގައި ބަބުލް މިއަހްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ހާއްސަ ގާނޫނުގެ ދަށުން އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ފޮރެންސިކް ޑީއެންއޭ އެނެލިސިސްޓް ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަސް ޝަރީއަތަށް ދިނުމަށް މިއަދު ހާޒިރުކޮށްފައިވެ އެވެ.

ފުލުހުންގެ ފޮރެންސިކް ޑީއެންއޭ އެނަލިސިސްޓްއެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 15 އަހަރުވެފައިވާ އެ ހެކިވެރިޔާ ބުނި ގޮތުގައި މި މައްސަލާގައި ޑީއެންއޭ ލެބޯރެޓަރީއަށް 80 އަށް ވުރެ ގިނަ މާއްދީ ހެކި ގެނައި އިރު، އެއިން ގާތްގަނޑަކަށް 50 އެއްހާ މާއްދީ ހެކިން ޑީއެންއޭއަށް ސާމްޕަލް ނަގާފައިވެ އެވެ.

ގުރައިދޫގައި ދަނޑުވެރިކަން ކުރުމުގައި އުޅެމުން އައި އުމުރުން 35-40 އަހަރުގެ އެ މީހާގެ ބުރަކައްޓަށާއި، އަރިކައްޓަށާއި، ކަރުގެ ކަނާއަތް ފަރާތަށް ވަޅިން ފުން ޒަހަމްތަކެއްދީގެން އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ސައިޓު ކުރިމަތިންނެވެ.

ހެކިވެރިޔާ ބުނީ އެ ސަރަހައްދުން ފެނުނު ވަޅިން ވެސް ޑީއެންއޭއަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ގޮތުން ވަޅީގެ މުއްގަނޑުން ސާމްޕަލްއެއް އަދި ވަޅީގެ ތިލައިން ސާމްޕަލްއެއް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ގޮތަށް ޑީއެންއޭ ނެގި ސަބަބަކީ، އަނިޔާ ދިން ކަމަށް ތުހުމަތުވާ މީހާގެ ޑީއެންއޭ އާންމުކޮށް ވަޅީގެ މުއްގަނޑުން ފެންނާނެތީ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ޑީއެންއޭ އާންމުކޮށް ފެންނާނީ ވަޅީގެ ތިލައިން ކަމަށް ބެލެވޭތީ، އެ ގޮތަށް އަބަދުވެސް އަމަލުކުރާތީ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ވަޅީގެ ތިލައިން ނެގި ސާމްޕަލުން ފެނިފައިވަނީ ޝާހްއާލަމްގެ ޑީއެންއޭ، މުއްގަނޑުން ނެގި ސާމްޕަލުން ދެ މީހެއްގެ ޑީއެންއޭ ފެނޭ، މޭޖާ ކޮމްޕޯނަންޓަކީ ޝާހްއާލަމްގެ ޑީއެންއޭ، މައިނާ ކޮމްޕޯނަންޓަކީ ބަބުލް މިއަހްގެ ޑީއެންއޭ - ހެކިވެރިޔާ

ޑީއެންއޭ ސާމްޕަލްގެ ޓެސްޓަށް ބާރު ދިނުމުގެ ގޮތުން އިތުރު ޓެސްޓެއް ވެސް އާންމުކޮށް ހިންގަ އެވެ. އެއީ "ރެންޑަމް މެޗު ޕްރޮބަބިލިޓީ" ޓެސްޓް އެވެ. އޭގެ ބޭނުމަކީ، އެ ސާމްޕަލުން އެހެން މީހެއްގެ ޑީއެންއޭ ދިމާވާ ނިސްބަތް ވެސް ކުޑަކަން ބުނެދިނުމެވެ.

އެ ޓެސްޓް ދައްކާ ގޮތުން ވެސް ސާމްޕަލްތަކުން ފެނިފައިވާ ބަބުލް މިއަހްއާއި ޝާހްއާލަމްގެ ޑީއެންއޭއާ ދިމާވާ ޑީއެންއޭއެއް ފެނުމަކީ ނާދިރު ކަމެއް ކަމަށް ވެސް ހަބީރެއް ނުވަތަ އެކްސްޕާޓެއްގެ ގޮތުގައި ހުށަހަޅާފައިވާ ހެކިވެރިޔާ ބުންޏެވެ.

މޯބައިލް ފޮރިންސިކް ރިޕޯޓާއި، ބްލަޑް އެނަލެސިސް ރިޕޯޓްތަކާއެކު ޝަފައީ ހަ ހެކިވެރިން ދައުލަތުން މައްސަލަ ސާބިތުކުރަން ހުށަހެޅި އެވެ.

މިއަދު ޑީއެންއޭ ރިޕޯޓްތައްޔާރުކުރި އޮފިސަރުގެ ހެކިބަސް ނެގިއިރު، މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ތިން އޮފިސަރުންގެ ހެކިބަހާއި، އެ ބިދޭސީން ގެންގުޅޭ ވެރިފަރާތުގެ ހެކިބަސް ނަގައިފަ އެވެ.

ބާކީ ނުނެގި އޮތީ އެންމެ ހެކިވެރިއެއްގެ ހެކިބަހެވެ. މިއަދުގެ ޝަރީއަތަށް އެ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ވެސް ރާވާފައި އޮތް ނަމަވެސް މައްސަލައަށް ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި، ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް އެކަނި ނެގުމުން ދެން ހުރި ހެކިވެރިޔާގެ ހެކިބަސް ނަގާނީ އެހެން ދުވަހަކަށެވެ.

މި އަހަރުގެ ކުރީކޮޅު މި މައްސަލާގައި ބޭއްވި އަޑުއެހުމެއްގައި، މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވެފައިވަނީ މި އަހަރުގެ ތެރޭގައި މި މައްސަލަ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox