ޔާމީންގެ ފާޑުކިޔުން އަދާލަތަށް؛ "އަނބުރަމުން ދަނީ ސިޔާސީ ގޭސް"

Oct 16, 2022, 4:21 AM
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތަކީ "ސިޔާސީ ގޭސް" އެނބުރުން ކަމަށް ވިދާޅުވެ އެ ޕާޓީއަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ރޭ ފާޑު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީއާމެދު ކުރިން ގަބޫލުކުރެވުނު ގޮތްތައް މިހާރު ބަދަލުވެގެން ދިޔައީ އެ ޕާޓީގައި ތިއްބެވި ބައެއް އިލްމުވެރިން ސިޔާސީ ގޮތުން ވާހަކަ ދައްކަވާ ގޮތާއި އަމަލު ކުރައްވާ ގޮތުން ކަމަށް ހއ. އިހަވަންދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ކީއްވެގެންތޯ އަދާލަތު ޕާޓީއެއް އުފެދުނީ. އަޅުގަނޑުމެންނަށް އޭރު ހީވި އަދާލަތު ޕާޓީއަށް ވަދެގެން ނޫނިއްޔާ ﷲ ގެ ދިންނެވުމާއި ފުއްސެވުން ނުލިބޭނެ ކަމަށް. މިއަދު އެކަމަކު އަޅުގަނޑަށް ހީވަނީ އޭގެ އަނެއް ކޮޅަށް. ﷲގެ ދިންނެވުމާއި ފުއްސެވުން ނުލިބޭނީ އަދާލަތު ޕާޓީއަށް ވަދެއްޖިއްޔާ. އެހާވަރަށް ގޭސް އަނބުރައިގެން ސިޔާސީ ކަންތައްތައް ކުރަނީ،" ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިޝާރަތް ކުރައްވައި ޔާމީން ވިދާޅުވީ ރާއްޖެއަށް ފަސް އަހަރުން އެއް އަހަރު އަންނަ ބޮޑު އިރުވައި މޫސުން މިއޮތީ އައިސްފައި ކަމަށާއި، މިފަހަރު ފަގުޑި އަޅައިގެން ޝެއިޚުން އަންނާނެ ކަމަށެވެ. އެ ބޭފުޅުން އާޔަތާއި ހަދީސް ކިޔުއްވާނެ ކަމަށާއި އެ އާޔަތާއި ހަދީސް ކިޔުއްވާނީ ބޭނުންވާ މާނައެއް ނެރޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

"އެ މީހުން ބޭނުން ވެއްޓަކަށް، ބޭނުންވާ ހާލަތަކަށް ފައްތަން [އާޔަތާއި ހަދީސް] ކިޔާނީ. އެ ދައްކާއިރު ނުދައްކާ ވާހަކައެއް ވެސް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

އިހަވަންދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް
އިހަވަންދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

އިހަވަންދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ގައުމުގައި ފާހިޝް ކަންކަން ގިނަވެގެން ދާއިރު ބައެެއް ދީނީ އިލްވެރިން ސަރުކާރަށް އެއް ފަހަރު ފާޑުކިޔައިފި ނަމަ ފަސް ފަހަރު ތައުރީފު ކުރައްވާ ކަމަށާއި އެކަމުން ނަގައިދޭ ފިލާވަޅަކީ އެފަދަ އިލްމުވެރިންގެ މަގުސަދަކީ ދުނިޔޭގެ އިއްޒަތާއި ލައްޒަތުކަން އެނގިގެންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިގޮތަށް ކަންތައް ކުރެއްވީމާ ދެން އަޅުގަނޑުމެން ކިހިނެއްތޯ އެ ބޭފުޅުން ދީނީ ފަތުވާއެއް ދެއްވިޔަސް އެ ވާހަކައެއް ގަބޫލު ކުރައްވާނީ. އުނދަގޫވާނެ ދެއްތޯ ގަބޫލުކުރަން،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން ގޯސް ކަމެއް ކުރި ނަމަވެސް އަދާލަތު ޕާޓީގެ ދެ ވަޒީރުންނަށް އެކަން ފެނިވަޑައިނުގަންނަވާ ކަމަށާއި ޔޯގާގެ މައްސަލަ ވެސް ނިމިގެން ދިޔައީ ޓެރަރިޒަމްގެ ދައުވާ ކޮށްގެން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އިސްލާމީ މަރުކަޒަކަށް ބޮޑުކަމު ހާޖަތަށް ދިޔަ މީހަކީ މޮޔައެެއް ކަމަށް ބުނެ ދޫކޮށް ނުލެވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެ ވަޒީރުންނަކީ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox