ދައުލަތެއްގެ ފެންވަރުގައި އިހުމާލުކޮށްލަމުންދާ ބަނގުރާގެ ބޮޑުފާފަ

ދައުލަތެއްގެ ފެންވަރުގައި އިހުމާލުކޮށްލަމުންދާ ބަނގުރާގެ ބޮޑުފާފަ

ނިމެމުންދާ ހަފުތާއިން ދުވަހެއްގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު އެ އިއްޒަތްތެރި މަޖިލީހުގެ ވަށާފާރުން އެތެރޭގައި ޑްރަގް ގެންގުޅޭ ކަމަށް ވިދާޅުވެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެހާ ފާޅުކަން ބޮޑު ގޮތުގައި ކެރިހުރެގެން އެ މެންބަރަކު އެ ވާހަކަ ދެއްކެވީމާ އެކަމާ އަޅުގަނޑު ކަންބޮޑުވެ އެވެ. ނުބައިހާ ކަމެއްގެ އަމާ ރައްޔިތުންގެ މަންދޫބުން ތިބި މަޖިލީހުގެ ތެރޭގައި ގެންގުޅެވޭ ކަމަށް ހަމަ އެ މަޖިލީހުގެ ބުއްދި ސަލާމަތުން ހުރި މީހަކު ހަމަ އެ މަޖިލީހުގައި ބުނީމާ މުސްލިމެއްގެ ހައިސިއްޔަތުން ޣީރަތެއް ހުރި މީހަކު ނަމަ ކަންބޮޑުވާނެ އެވެ.

ނިމެމުންދާ ހަފުތާގައި މީޑިއާއަށް ތިލަވި އަނެއް ހަބަރަކީ، ގެޔަކުން ދުންއަރާތީ، ފުލުހުން ގޮސް ބެލިއިރު އެގޭގައި ބަނގުރާ ކައްކާކަމުގެ ހަބަރެވެ. ކޮންމެއަކަސް މާލޭގެ ގެތަކާއި ރާއްޖޭގެ އެކި ރަށްރަށުގެ ވަލުތެރޭގައި ބަނގުރާ ކެއްކުން އާންމުވެފައިވާ މިންވަރު ގޫގްލްގައި ބަނގުރާ ޖަހާފައި ދިވެހި ނޫސްތައް ސާޗްކޮށްލުމުން ވަރަށް ފަސޭހައިން އެނގިގެންދެ އެވެ.

ބަނގުރާއަކީ އެ ގެންގުޅުމާއި ބުއިމާއި ވިއްކުމާއި ދިނުމާއި ބެހުމާއި ކެއްކުމާއި އުފެއްދުމުން ފެށިގެން ގަދަ ހަރާމުން ހަރާންކުރައްވާފައިވާ ކަމެއްގެ އިތުރަށް އެޔާ މުޅިން ފޭވެ ދުރުވެގަތުމަށް އިސްލާމްދީނުގައި އަމުރުފުޅު އައިސްފައިވާ ކަމެކެވެ. ރާ އެނބުރޭ މަޖިލީހެއްގައި ވެސް ނީށީނުމަށާއި، ރާބޯ ބަޔަކާއެކު ވެސް އެއް މަޖިލީސް ނުކުރުމަށް އިސްލާމްދީނުގައި އަމުރު އިރުޝާދު އައިސްފައިވެ އެވެ.

މިކަންކަން މިހެން ހުރުމުގެ އިތުރަށް، ބަނގުރާ ބުއިމާއި ގެންގުޅުމާއި ވިއްކުން ފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި އަދަބު ކަނޑައެޅިފައި ހުރި ކުށުގެ ގޮތުގައި ބަލައި ތަހުގީގުކޮށްގެން އަދަބު ދެވެމުންދާ ކަންކަމެވެ. މީގެ މަހެއްހާ ދުވަސްކުރިން ބަނގުރާއާ ގުޅޭ މާ ހައިރާންކަން ބޮޑު ހަބަރެއް މީޑިއާތަކުން އަޅުގަނޑަށް ފެނުނެވެ. މިފަދަ ބޮޑު ފާފައިގެ ދައުވާތައް ކޯޓުތަކަށް ފޮނުވަން ހުރި އޮފީހުގެ އިސްވެރިޔަކު ބަނގުރާ އިޝްތިހާރުކުރި ހަބަރެވެ. އަދި ފަހުން މިދެންނެވި ބޭފުޅަކު އޭނާގެ އިޝްތިހާރާ ގުޅިގެން ހަބަރަށް ދީފައި އޮތް އިންޓަވިއުއެއްވެސް ދުށީމެވެ.

މިހުރިހާ ކަމަކުން ދޭހަވަނީ ބަނގުރާއާމެދު ކަންފަސޭހަވެފައި އޮތް މިންވަރެވެ. ފަރުދުންގެ މެދުގައި ނުވަތަ މުޖުތަމައެއްގެ މެދުގައި ވަކި ފާފައަކާމެދު ކަންފަސޭހަ ކުރެވިފައި އޮތްއޮތުން އެކަންޏެއް ނޫނެވެ. ދައުލަތެއްގެ ސިފައިގައި އަމުރު މައުރޫފު ހިންގާން ހުރި މުއައްސަސާތަކުގެ ފެންވަރުގައި ބަނގުރާ ބުއިމުގެ ފާފައާމެދު މިހާ ފާޅުކަން ބޮޑުކޮށް ކަންފަސޭހަކަން އިސްކުރެވި ބަނގުރާއާ ގުޅޭ ހަރާން ހަލާލަކީ ހީސަމާސާކޮށް ކުޅިވަރަކަށް ދައްކަވާލެވޭ ވާހަކައެއް ކަމުގައިވުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ނުރައްކާތަކެއްގެ ފެށުމެވެ.

ރޯދަ މަހު ދުވާލު މެންދުރު މަގެއްގެ މަތީގައި ހުރެ މަމިހިރަ ކަނީއޭ ކިޔާ ވީޑިއޯއެއް ނަގައި، ސޯޝަލްމީޑިއާއަށް އާންމުކޮށްފި މީހަކު، އެކުރި ކަންތައް ތަހުގީގުކުރަން އެންމެން ގޮވާނެ އެވެ. އެކަމަކު ރޯދަ ހިފާށޭ އެންގެވި އާޔަތުގައިވެސް މުހާތަބު އޮތީ، އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މިފަދައިން ފައްޓަވާފައި އޮތް އާޔަތަކުންނެވެ. އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވެސް އޮތީ ހަމަ މިފަދަ މުހާތަބުކުރެއްވުމެކެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބުހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."

ބަނގުރާ ބޯމީހާގެ ނަމާދު ވެސް މާތް ﷲ ސާޅީސް ދުވަސްވަންދެން ގަބޫލުނުކުރައްވާނެކަމަށް ހަދީސްގައި އައިސްފައިވެ އެވެ. އެހެން ހަދީސްއެއްގައި އައިސްފައިވެ އެވެ. ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، އެ މޭޒެއްގައި ބަނގުރާ ގެންގުޅެވޭ މޭޒެއްގައި ނީށީންނަހުށިކަމެވެ. ﷲ އާއި އާޚިރަތް ދުވަހަށް އީމާންވުމާއި ބަނގުރާ ގެންގުޅެވޭ މޭޒެއްގެ ކައިރީ އިށީނުމާ ގުޅުވާފައި އޮތުމުން ލައްކަ ވާހަކަ ބުނެދެއެވެ.

އާންމު ފަރުދުންގެ މެދުގައި ކުޑަ ފާފައެއް ވިޔަސް ބޮޑު ފާފައެއް ވިޔަސް ފެތުރިގެންދިއުމަކީ ވެދާނެ ކަމެކެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަށް ވެރިންނާއި ވެރިކަމުގެ ނިޒާމުގެ ބައިވެރިންގެ މައްޗަށް އަމުރުވެވިފައިވަނީ އެހެންވެގެންނެވެ. އެކަމަކު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ބަނގުރާ ވަދެ، ބަނގުރާ ގެންގުޅުން އާންމުވެ، ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބަނގުރާ ފުޅިފުޅީގެ ފޮޓޯ ލައި ބްރޭންޑްތައް އިޝްތިހާރުކޮށް ހެދުމަކީ އެއްވެސް ގޮތަކުން އިސްލާމީ ވެއްޓަކުން ބަލައިގަނެގެންވާނެ ކަމެއް ނޫނެވެ. އިސްލާމްދީނާމެދު ޣީރަތެއް ހުރި ބަޔަކު ދިރިއުޅޭ މުޖުތަމައެއްގައި އެފަދަ ކަންކަމަށް ނިޒާމީ ސިފައެއްގައި ޖާގަދެވުމަކީ ހަމަ އެއްވެސް ހަމައަކުން މުސްލިމުން ބަލައިގަނެގެންވާނެ ކަމެއް ނޫނެވެ.

އަންނިސާއު ސޫރަތުގެ 140 ވަނަ އާޔަތާމެދު ނަޒަރުކޮށް ވިސްނުން ހިންގާށެވެ. "ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެ އެވެ. ﷲގެ އާޔަތްތަކަށް ކާފިރުވެ، އެ އާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، ﷲ މުނާފިޤުންނާއި ކާފަރުންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ."

އަދި ތައުބާ ސޫރަތުގެ 65 ވަނަ އާޔަތަށް ވެސް ނަޒަރެއް ދެއްވާށެވެ! "ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލުކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅެންވީ، ﷲ އާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟"

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox