ތުއްތު ކުދިންނާއި އަހުލާގު

.

.

ދަރިވަރުން ބިނާ ކުރުމުގައި މައިން ބަފައިންނެކޭ އެއްގޮތަށް މުދައްރިސުންގެ ރޯލު ވަރަށް ބޮޑެވެ. މައިންބަފައިންގެ އިހުމާލުން ހެޔޮގޮތުން އެއްކިބާ ވަމުން ދާކުދިން ވަރަށް ރަނގަޅަށް ދެނެގަނެވޭނެ އުމުރުފުރާއަކީ 3 އަހަރާއި 6 އަހަރާއި ދެމެދުގެ ދަރިވަރުންގެ ކިބައިންނެވެ. މިކުދިންނަށް އަންނަ ކޮންމެ ބަދަލެއް މުދައްރިސުންނަށް އެނގޭނެއެވެ. މުދައްރިސަށް ކުދިންގެ ވާހަކަތައް ބުނެދޭނެއެވެ. 4 އަހަރު ފުރިފަ ތިބޭ ކުދިންނަށް އެކުދިންގެ ވާހަކަތައް މުދައްރިސަށް ބުނެދެމުން އެހެން މީހުންނަށް ޚާއްޞަކޮށް މައިންބަފައިން ގާތު ނުބުނުމަށް ވެސް ބުނާނެ ވާހަކަތައް ބުނެދޭނެއެވެ. މިހާ ބޮޑަށް ދަރިވަރުން މުދައްރިސުންނާޢި ގުޅުން ގާއިމު ކުރާއިރު ކުދިންގެ އަޚްލާޤް ނޭގޭން ވީ ސަބަބެއް ނުވާނެއެވެ. މިހާ ޅަފަތުގެ ކުއްޖެއްގެ އަޚްލާޤީ މިންގަނޑެއްގެ ވާހަކަ މުދައްރިސަކު ބެލެނިވެރިޔާއާއި ހިއްސާކުރާނީ ވަރަށް ބޮޑަށް ބެލުމަށްފަހުއެވެ. ވީމާ ބެލެނިވެރިޔާ މުއްދަރިސް ޢާއިގާތް ގުޅުމެއްބާއްވައި ދަރިވަރާއި ބެހޭގޮތުން މުދައްރިސް ބުނިވާހަކަތައް އަޑުއަހާ އެބުނެދިންކަމަކަށް ބަލަންވާނޭކަމަށް ދެކެމެވެ. ތުއްތުކުދިން މިހާރު ބޮޑުވަމުން އަންނަނީ ވަރަށް ކުދިކުދިތަންތަންކޮޅުގައި ތިބެގެންކަމަށް ވުމުން ބައެއްފަހަރު ކުދިންނާ އެކަށީގެންނުވާ ބަސްމޮށުމާއި، ފެންނަންނުވާ މަންޒަރުތައް ފެނިކުދިން ތަރުބިއްޔަތުކުރުމުގެ ހަރުފަތުގައި ތިބިފަރާތްތަކަށް ވަރަށް ގޮންޖެހުންތައް ދިމާވަމުންދެއެވެ. މިކަންވިސްނައި އެފަދަކަންކަމުން ދުރު ކުރުވޭނެ ގޮތްތައް ހޯދުމަކީ މިކުދިންތަރުބަވީ މާހައުލަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ވަރަށް ބޮޑު ޒިންމާއެކެވެ.

ތުއްތުކުދިންގެ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ސްކޫލްތަކުން ޕްރޮގްރާމް ހިންގާތޯއެވެ. އެކުދިންނަށް ސްކޫލުން ދެވެން ހުރި ޚިދްމަތެއް ދެވޭތޯއެވެ. ވަރަށް އަސަރާއެކު ބުނެވޭނީ ނޫނެކެވެ. މިއީ ހަމައެކަނި ސްކޫލްގެ އިހުމާލެއްވެސް ނޫނެވެ. ސްކޫލްގެ ބެލެނިވެރި ފަރާތުންވެސް ވެފައި އޮންނަ ވަރަށް ބޮޑު އިހުމާލަކުން ކަންހިނގަމުން ދާގޮތެވެ. ކިޔަވައިދިނުން ބައްޓަން ކުރެވިފައި އޮންނަނީ 5 މަރުހަލާ އަކަށް ބެހެނިވެގެންނެވެ. 1-ޖިސްމާނީ ދުޅަހެޔޮކަން، 2- ބަސް 3- ވިސްނުމާއި ވިސްނުންތެރިކަމުގެ މަރުހަލާ،4އިސްލާމް ދީނާއި ރޫޙާނިއްޔާތު 5. އިޖްތިމާޢީ ޢިލްމް. މި ބުނެވުނު ފަސް މަރުހަލާގެ ވާހަކަ ނޫނީ މިހާރުގެ ގޮތުންނަމަ 5 ތަރައްޤީއަށް ބިނާކޮށް ކިޔަވައިދިނުމަށް އަސާސްތަކެއް ކަނޑައަޅާފައިއޮވެއެވެ. މީގެތެރެއިން އެންމެ ކުޑަކޮށް އޮތީ އިސްލާމްދީނާއިރޫޙާނިއްޔަތުގެ ބައެވެ. މި ސުރުޚީ ވަރަށް ބޮޑެވެ. އެހެންނަމަވެސް ކިޔަވަޢިދޭން އޮތީ މައިނަސް ސުމެއްދެވޭވަރުގެ އެތިފުކެކެވެ. އަޚްލާޤީ މިންގަނޑަށް އެއްގޮތަކަށްވެސް އަލިއަޅުވައިލާފައި ނުވެއެވެ. އިސްލާމީ އަދަބުތަކުގެ ވާހަކަ ނުވެސް އޮވެއެވެ. ބަސްކުރިއެރުވުމަށް ނުލާހިކު ރީތި ކުދިކުދި ވާހަކަތައް ބޭނުން ކުރަން ބުނެދޭއިރު އެއްގޮތަކަށްވެސް އިސްލާމް ދީނާއި ކުޑަކުދިންނާއި ގުޅުންހުރި ވާހަކަތަކެއް ނުބުނެދެއެވެ. ކުދީން ކިތަންމެ ތުއްތުނަމަވެސް އިރުއޮއްސެނީ ﷲ ކުޅަދުންވަންތަ ކަމުންކަން ބުނެދިނުމުން ޤަބޫލުކުރެއެވެ. ކޮންމެ ކުއްޖެއް ހައްދަވައިފައި ވަނީ ތަފާތުކޮށްކަމާއި އެކުވެރި ކުދީންގެ ތަފާތުތަކަށް ވިސްނައި ހެޔޮކޮށް ކަންތައްތައް ކޮށްދިނުމުން އެކުދިންނަށް ހެޔޮގޮތް ވާނޭކަން ބުނެދިނުމުން ގަބޫލުކުރެއެވެ. ކީރިތި ޤުރްއާންގެ ބައި ހިމެނޭހެން އެކުލެވިގެން އޮތް މި ބޮޑުމައުޟޫޢު އޮތީ ވަރަށް ދަށުގައެވެ. ކީރިތި ޤުރްއާން ކިޔެވުމުން ލިބޭނެ ފައިދާ އާއި ނިޢުމަތުގެ ވާހަކަ ލިޔެފައި ނެތެވެ. އެއްކުއްޖެއް އަނެއްކުއްޖަކަށް އިޙްތިރާމް ކުރަން ޖެހޭނޭވާހަކަ ނޯވެއެވެ. މައިންބަފައިންގެ ވާހަކަ ބުނެދެވިފައެއްނުވެއެވެ. މި އީ ހިތާމަ ހުރިކަމެކެވެ. މި ޢުމުރުފުރާއަކީ ބިންގައު އެޅުމުގެ މަރުހަލާއެވެ. އިޖްތިމާޢީ އަދަބުތަކާ އެކުވެރިކަމުގެ އަދަބުތައް  ބުނެދޭން ޖެހޭމަރުހަލާއެވެ. ގަވައިދުތައް ދަސްކޮށްދިނުމާއި ސީދާމަގުން ހިނގަން ދަސްކޮށް ދޭންޖެހޭ މަރުހަލާއެވެ. ސްކޫލްތަކުން ގިނަ ހަރަކާތްތައް ބާއްވާއިރު އަޚްލާޤި މިންގަނޑަށް އަމާޒުކޮށްގެން ދެވޭ މެސެއްޖެއް ދުވަހަކުވެސް ނުދެކެމެވެ. އަހަރީކޮސްސެޓަކީ ވަރަށްކުލަ ގަދަކޮށް ބާއްވާހަފުލާއެކެވެ. އަހަރީކޮންސަޓާއި އެކި މުނާސަބަތުތައް ފާހަގަކުރަން ބާއްވާ މުނާސަބު ދުވަސްތަކުގައި އެކަމަށް ޚާއްސަ މެސެޖު ދެވޭނަމަ ބެލެނިވެރިން ވިސްނާ ދަރިވަރުންނަށް ތަރުބިއްޔަތު ދިނުމުގައި ބަލާނެކަން ކަށަވަރެވެ. މިކަންކަމުގެ އިތުރުން ދަރިވަރުން އެއްދުވަހުން އަނެއްދުވަހަށް އަޚްލާޤީ ފެންވަރު ދަށްވަމުން ދާވާހަކަ ސްކޫލްތަކުގެ ހުރިހާ ފަރާތަކުން ދައްކައެވެ. މިކުދިންގެ އަޚްލާޤް ރަނގަޅުކުރުމަށް ނޫނީ ކަންވަމުންދާ ގޮތްތައް ދެނެގަތުމަށް އެއްވެސް ދިރާސާއެއްކުރިކަމެއް އެނގިފައިނެތެވެ. މިއީ މިހާރު ސްކޫލް ތަކުގައި ވަރަށްސީރިއަސް ކަމެއްގެ ގޮތުގައި ދެކި ފިޔަވަޅު ނޭޅިއްޖެނަމަ މި ގައުމުގެ ކުރިމަގަށް ވަރަށް ނޭދެވޭ އަސަރު ކުރާނޭކަމެކެވެ. އެންމެ ފުރަތަމަ ތުއްތުއިރު ދަރިވަރުނަށް މާތްއަދަބު ތައް ދަސްކޮށް ދެވޭކަހަލަ ފިލާވަޅުތައް ދެވެންވާނީ ލިޔުމަކުންނޫނެވެ. ނޫނީ ބާއްވާ އެސެމްބްލީގެ ވަގުތު ކޮޅުގައެކަންޏެއްނޫނެވެ. ޅަފަތުގެ މަރުހަލާގައި މިކަންކަން ދަސްކޮށް ދޭންވާނީ ދަރިވަރުން ބައިވެރި ކުރުވައިގެން ކުރެވޭ އަމަލީ މަސައްކަތުގެ ތެރެއިންނެވެ. އަދަބުވެތިކޮށް އުޅުމަށް މިސާލު ދެއްކެން ވާނެއެވެ. ސްކޫލަށް ގެނެސް  ހެދުން މަނާކުރެވިފައި ހުންނަތަކެތި ސްކޫލްތެރެއަށް ޓީޗަރުން އަދި ބެލެނިވެރިންވެސް ގެނެސްހަދައިގެން ނުވާނެއެވެ ގަވައިދުހެދި އެގަވައިދަށް ބޮޑެތި މީހުން އަމަލު ކުރާތަން ދެއްކެން ވާނެއެވެ. ތުއްތުކުދިންނަށް ހެދޭ ގަވައިދުތައް ކުދިންގެ އުމުރު ފުރާއާއި ގުޅެންވާނެއެވެ. ކުދިންނަކީ ވަރަށްބޮޑަށް ބޮޑެތިމީހުންގެ އުޅުން ބަލާ އެގޮތަށް އުޅޭކުދިންނެވެ. ބެލެނިވެރިންނާ ޓީޗަރުންގެ އުޅުން ހުންނަ ގޮތްތައް ދެނެގަނެ އެގޮތްގޮތް ކޮޕީ ކުރެއެވެ. ވީމާ ނަމޫނާ ދައްކަން ތިބި ފަރާތްތަކުން ދަރިވަރުންގެ އަޚްލާޤް ރަނގަޅު ކުރުމަށް ހިތްވަރު ލާމަސައްކަތް ތަކެއް ކުރުން މުހިންމުކަމަށް ދެކެމެވެ.

 ޅަފަތުގެ އުމުރުފުރާގައި ކުދިންނަށް ދަސްކޮށްދޭންވާނީ ފުރަތަމަ މާތް އަދަބުތަކެވެ. ގޭތެރޭގައިނަމަ ގޭތޭރޭގެ އަދަބުތަކާއި ކޮންމެމީހަކުވެސް އަނެކާއަށް އިހުތިރާމް ކުރާތަނެވެ. ސްކޫލްގައިނަމަ ސްކޫލްގެއަދަބުތަކެވެ. އަދި ލިޔަން ކިޔަން ދަސްކޮށްދެވޭ އިރުވެސް ލިޔެ ކިޔުމުގެ އަދަބުތައް ބުނެދެވެންވާނެއެވެ. ކުޅިވަރުތައް ކުޅުވައިހަދާއިރުވެސް އެކުޅިވަރެއް ކުޅުމުގެ ގަވައިދަށް އަމަލު ކުރުވުން މުހިންމު ކަމަށްދެކެމެވެ. ޚާއްސަކޮށް ކުލާހުން ބޭރުގެ ހަރަކާތަކަށް ދަރިވަރުން ނެރުމުގެ ކުރިން ދަރިވަރުންނަށް އެހަރަކާތުގެ ގަވައިދުބުނެދީ އެބުނެދެވުނު ގަވައިދަށް އިހުތިރާމް ކުރަން ބުނެދެވިއްޖެނަމަ ގިނަކުދިން ބުނެދެވުނު ގޮތަށް އަމަލު ކުރާނެއެވެ.  ބެލެނިވެރިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް ސްކޫލްތައް ހިންގުމުގެ ގަވައިދުގައިއޮވެއެވެ. މިގަވައިދު އޮންނައިރު ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތު ކުރުމަށް އެހީއެއްގެ ގޮތުގައި ލަފާދެވި ޕްރޮގްރާމް ހިންގެނީ ވަރަށް މަދު ސްކޫލްތަކުގައެވެ. ސްކޫލްތަކުން ދަރިވަރުންގެ އަޚްލާޤް ރަނގަޅުކުރަން މަސައްކަތް ކުރާނަމަ އެދެވޭވަރަށް ރަނގަޅު ނަތީޖާ ނުކުންނާނޭކަން ޔަގީނެވެ. ތުއްތު އުމުރު ފުރައިގެ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނާއި މުދައްރިސުން އަތުގުޅާލައިފިނަމަ އަޚްލާޤްރަނގަޅު ހެޔޮޖީލެއް ކުރިމަގުގައި ފެނި ގެންދާނޭކަން ކަށަވަރެވެ.

Advertisement

ކޮމެންޓް

ފަހުގެ ޚަބަރު

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox