މިދިޔަ މަހު ޖެންޑާއަށް 248 މައްސަލަ، އަނިޔާއާ ގުޅޭ 100 މައްސަލަ

މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި މަޑި އަރުވަން އުޅޭ ކުޑަކުދިންތަކެއް؛ ޖިންސީ ހާނީކައިގެ 24 މައްސަލައެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: އަދަދު

މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި މަޑި އަރުވަން އުޅޭ ކުޑަކުދިންތަކެއް؛ ޖިންސީ ހާނީކައިގެ 24 މައްސަލައެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: އަދަދު

މިދިޔަ އޮގަސްޓު މަހު ޖުމްލަ 248 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރޭގައި، އަމިއްލައަށް ނަފްސަށް ގެއްލުން ދީ މަރުވާން އުޅުމުގެ 12 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 33 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

މީގެ އިތުރުން:

  • ޖިންސީ ހާނިކައިގެ 24 މައްސަލަ
  • ޖިސްމާނީ ހާނިކައިގެ 15 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 11 މައްސަލަ
  • ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ
  • ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ
  • ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ
  • އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 41 މައްސަލަ ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިބާވަތުގެ މައްސަލަތައް:

  • ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 10 މައްސަލަ
  • ޖިންސީ ހާނިއްކަ ކުރުމުގެ އަށް މައްސަލަ
  • ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ ތިން މައްސަލަ
  • ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ދެ މައްސަލަ
  • މުދާ ހިފެހެއްޓުމާއި/މުދަލަށް ގެއްލުންދިނުމުގެ ދެ މައްސަލަ
  • ފާރަލުމުގެ އެއް މައްސަލަ
  • ހިފެހެއްޓުމުގެ އަމަލުގެ އެއް މައްސަލަ

މިނިސްޓްރީން ބުނީ އާއިލީ މައްސަލަތަކާ ގުޅުންހުރި 34 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ.

މިދިޔަ މަހު ހުށަހަޅާފައިވާ އާއިލީ މައްސަލަތައް:

  • ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ
  • ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 13 މައްސަލަ
  • ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ ހަތަރު މައްސަލަ
  • ހަޟާނާތުގެ ދެ މައްސަލަ

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 12 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ.

މީގެ އިތުރުން މިދިޔަ މަހު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ ހުށަހަޅައިފައިވެ އެވެ.

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 27 މައްސަލަ
  • އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަ މައްސަލަ

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 16 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ:

  • ސްކޫލަށް ދާން ބޭނުން ނުވުމުގެ ފަސް މައްސަލަ
  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ ފަސް މައްސަލަ
  • ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ ތިން މައްސަލަ
  • ގެއިން ނިކުމެގެން ދިއުމުގެ އެއް މައްސަލަ
  • ސްލޫކީ ދެ މައްސަލަ
  • ރުޅިވެރި، ގަވާއިދާ ހިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ މައްސަލައެއް

ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި ހަތަރު މައްސަލައެއް އޮގަސްޓު މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި ހަ މައްސަލައެއް ހުށަހަޅާފައި ވާއިރު، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅިންހުރި ދެ މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 188 އެވެ. އެގޮތުން މިދިޔަ މަހު ހަ ކުއްޖެއް ރީއިންޓަގްރޭޓް ކުރެވި، އެއް ކުއްޖަކު ވަނީ ފޯސްޓާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox