ގަވައިދާ ހިލާފަށް ހައްޖަށް އެހީތެރިން ގެންދިޔަ ވާހަކަ ދޮގުކޮށްފި

1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ބައިވެރިވި ބައެއް އެހީތެރިން މިނިސްޓަރާއެކު-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ބައިވެރިވި ބައެއް އެހީތެރިން މިނިސްޓަރާއެކު-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފާއިތުވީ އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ގެންދާނެ މީހުން ހޮވާފައިވާނީ މިނިސްޓްރީގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ހައްޖަށް އެހީތެރިން ގެންދިއުމުގައި ނުފޫޒު ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުތަކާއެކު އެ ކަން ސާފުކުރުމަށް މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

"އެއްވެސް ގޮތަކަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރައްވާފައިނުވާ އަދާލަތު ޕާޓީގެ މެންބަރުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުންގެ ތެރެއިން ވަކި ބަޔަކަށް ފުރުސަތު ދީގެން ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި މީހުން ހައްޖަށް ގެންގޮސްފައިވާނެތޯ،" މެންބަރު ކުރެއްވި ސުވާލުގައި ވިދާޅުވެފައިވެ އެވެ.

މި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހައްޖު އެހީތެރިން ހޮވާފައިވާނީ އާންމު އުސޫލުގެ ދަށުން އެ ކަމަށް އިއުލާނުކޮށް، ކުރިމަތިލީ ފަރާތްތައް އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސް ހޯދި މީހުނަށް އިސްކަން ދީގެން ކަމަށެވެ.

މީގެ އިތުރުން، މިނިސްޓްރީގެ އެދުމުގެ މަތީން އެހީތެރިންގެ ގޮތުގައި މިނިސްޓްރީގެ މުވައްޒަފަކު ވެސް ބައިވެރިވެފައިވާ ކަން ޖަވާބުގައި ފާހަގަކުރައްވާފައިވެ އެވެ.

މިއަދުގެ ޖަލްސާގައި މެންބަރު ރަޝީދު ވަނީ ސަރުކާރުން ހޮސްޕިޓަލުތަކުގެ ބަދަލުގައި ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ހައްޖަށް ގެންދިޔަ މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވޭތޯ ވެސް ސުވާލުކުރައްވާފަ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އެކަމަށް އިއުލާނު ކުރުމުން އެންމެ ހެޔޮ އަގެއް ހުށަހަޅާފައިވާނީ މެޑިފްލެކްސް ލެބޯރޭޓަރީން ކަމަށާއި އެ ހިދުމަތް ހަވާލުކުރީ އެ ފަރާތާ ކަމަށް ވިދާޅުވެފަ އެވެ.

"އެ ކުންފުނީގެ ފަރާތުން 1443 ވަނަ އަހަރު ހައްޖުވެރިންގެ ޕީސީއާރު ޓެސްޓު ހަދާފައިވަނީ މެޑިފްލެކްސް މެދުވެރިކޮށް ބޮލަކަށް 200 ރުފިޔާގެ ރޭޓުންނެވެ." މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ޖަވާބުގައި ވަނީ އައިޖީއެމްއެޗުން އެ ހިދުމަތް އެ ހައްޖު ކޯޕަރޭޝަނަށް ފޯރުކޮށްދެމުން ދިޔައީ ބޮލަކަށް 700 ރުފިޔާއަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox