ވަޒީރު އެދެނީ ފަންޑުގެ ބޭނުން ހިފައިގެން ސިއްހީ ދިރާސާ އިތުރުކުރަން

"ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާޗް އިން މޯލްޑިވްސް 2018-2021" އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތް މިނިސްޓްރީ

"ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާޗް އިން މޯލްޑިވްސް 2018-2021" އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖޭގެ ސިއްހީ ދާއިރާ ދިރާސާ ކުރުމަށް ފަންޑެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ފަންޑުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފާތީ އޭގެ ބޭނުން ހިފުމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި މުހިންމު ދިރާސާތަކުގެ މައުލޫމާތު ހިމެނޭ ފޮތެއްކަމުގައިވާ "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާޗް އިން މޯލްޑިވްސް 2018-2021" މިއަދު ވަނީ އާންމު ކޮށްފަ އެވެ.

އެ ފޮތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ދިރާސާތައް ކުރުމަށް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަމަކީ ފައިސާގެ ކަންކަން ހަމަޖެއްސުން ކަމަށެވެ. އެކަން މަގުފަހިވެފައި އޮތް ނަމަވެސް އެންމެ އެކަށީގެންވާ ގޮތުގައި އޭގެ ބޭނުން ނުހިފޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ކޮށްދޭން ޖެހޭ ކަމަކީ ދިރާސާ ކުރުމަށް ބޭނުންވާ ފައިނޭންޝަލް އެހީ ދިނުން. ފަނޑެއްވެސް އެބަ އޮތް. އެ ފަންޑުން އެއްވެސް ބޭނުމެއް ނުކުރެވި އެ އޮންނަނީ. އޭގެ ބަދަލުގައި އެ ފަންޑުންވެސް ބޭނުން ހިފަންވީ. ދިރާސާ ކުރާ މީހުންނާ ދިރާސާ ކުރުމަށް މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ މީހުންނަށް އެހީވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވި އެވެ.

ދިރާސާ ކުރުމަށް ފަންޑުގެ ބޭނުން ހިފުމަށް މި އަހަރު މަސައްކަތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި އަހަރު ނިމުމުގެ ކުރިން ގޮތެއް ރާވާފައި އެކަންތައް ކުރަން ފަށަން ޖެހޭނީ. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން މިގޮތަށް ކުރާ ކޮންމެ ދިރާސާއެއް ރަނގަޅަށް ކޮށް އެއިން އިބުރަތް ހާސިލްކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރުނު ފޮތުގައި 30 އަށް ވުރެ ގިނަ ސިއްހީ ދިރާސާތަކުގެ އެބްސްޓްރެކްޓް ހިމެނެ އެވެ. މީގެ ތެރޭގައި، ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ސިއްހީ ހިދުމަތްތައް ފަދަ މައުލޫތަކަށް ހެދިފައިވާ ދިރާސާތައް ހިމެނެ އެވެ. އަދި ކޮވިޑާ ގުޅޭގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ހެދިފައިވާ ދިރާސާތައްވެސް މިފޮތުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox