ކަނޑޫފާތައް މަރުވުމާ ގުޅޭ ދިރާސާގެ ރިޕޯޓު ވަރަށް އަވަހަށް ލިބޭނެ ކަމަށް ކޮޗިން ޔުނިވާސިޓީން ބުނެފި

ވައިކަރަދޫގެ ކަނޑޫގަސްތައް މަރުވެފައި: ކަނޑޫފާތައް މަރުވާ ސަބަބު ހޯދަން އިންޑިއާގެ ސައިންސްވެރިން ކުރި ދިރާސާ އަދިވެސް ރާއްޖެއަށް ނުލިބޭ -- ފޮޓޯ: އާއިމް ޒަމީރް/ އަދަދު

ވައިކަރަދޫގެ ކަނޑޫގަސްތައް މަރުވެފައި: ކަނޑޫފާތައް މަރުވާ ސަބަބު ހޯދަން އިންޑިއާގެ ސައިންސްވެރިން ކުރި ދިރާސާ އަދިވެސް ރާއްޖެއަށް ނުލިބޭ -- ފޮޓޯ: އާއިމް ޒަމީރް/ އަދަދު

ރާއްޖޭގެ ކަނޑޫފާތައް މަރުވެފައިވާ މައްސަލައިގައި ޑިސެމްބަރު, 2021 ގައި އިންޑިއާގެ ސައިންސްވެރިންގެ ޓީމުން ހެދި ދިރާސާގެ މައްޗަށް ތައްޔާރު ކުރާ ރިޕޯޓުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ނިމޭނެ ކަމަށް ކޮޗިން ޔުނިވާސިޓީން ބުނެފި އެވެ.

އުތުރުގެ ރަށްތަކުގެ ކަނޑޫފާތައް މަރުވާކަން ފާހަގަވީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ދެކުނު ރަށްތަކަށް ވެސް އެ މައްސަަލަ ދިމާވި އެވެ. އެކަމަކު މިހާތަނަށް ވެސް އެކަމުގެ ސަބަބެއް ޔަގީނެއް ނޫނެވެ.

އެކަމާ ގުޅޭ ގޮތުން "އަދަދު" އިން ކުރި ސުވާލަކަށް އީމެއިލުން ޖަވާބު ދެއްވަމުން ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްޓީ) ގެ ޕްރޮފެސަރު ބިޖޯއީ ނަންދަން ވިދާޅުވީ ކުރިއަށް އޮތް ހަތަރު ވަރަކަށް ހަފުތާގެ ތެރޭގައި ދިރާސާގެ ރިޕޯޓު އެއްކޮށް ނިމޭނެ ކމަށެވެ.

Advertisement

"ފައިނަލް ރިޕޯޓު ވަރަށް އަވަހަށް ނިމޭނެ. އިތުރު މައުލޫމާތު ސާފުކުރަން އީޕީއޭއަށް ފޮނުވާނީ އޭގެ ފަހުން،" ޕްރޮފެސަރު ބިޖޯއީ ވިދާޅުވި އެވެ.

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިދިޔަ ހަފުތާގައި ވިދާޅުވީ ތަކުރާރުކޮށް ރިޕޯޓު ހޯދަން އެދުމުން އިންޑިއާ ސައިންސްވެރިންގެ .ފަރާތުން އެ ރިޕޯޓު ނުލިބޭ ކަމަށެވެ.

"އަދިވެސް ރިޕޯޓު ނުލިބޭ ކޮޗިން ޔުނިވާސިޓީއިން. ދިރާސާ ނިމިފަައި އޮތީ. ސާވޭ ރިޕޯޓު ނުދީގެން މި އުޅެނީ އެ ސާވޭ ޓީމުން ކޮޗިން ޔުނިވާސިޓީއިން،" ނައީމް ވިދާޅުވި އެވެ.

ކަނޑޫފާތައް މަރުވާން ދިމާވާ ސަބަބު ހޯދަން އެންމެ ފުރަތަމަ ދިރާސާއެއް ކުރީ ޑިސެމްބަރު، 2020 ގަ އެވެ. އޭގެ ނަތީޖާ ޖޫން، 2021 ގައި ލިބުނެވެ. ފުރަތަމަ ރިޕޯޓުތަކުން ހާމަވި ގޮތުގައި ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނުނެވެ. އިތުރު ދިރާސާތައް ކުރުމަށް ކަނޑޫފާތަކަށް ދަތުރު ކުރުމަށް ރިޕޯޓުގައި ލަފާދިނެވެ.

އެ ލަފާގެ މަތިން ޕްރޮފެސަރު ނަންދަން އިސްކޮށް ހުންނަވާ ޓީމެއް ރާއްޖެ ގެނައީ އިންޑިއާ ހައި ކޮމިޝަންގެ އެހީގައި ކަމަށް އެނގިފައިވެ އެވެ. އޭނާއަކީ އިންޑިއާގައި ވެސް ކަނޑޫ ގަސްތަކާ ބެހޭ ދިރާސާތައް ހައްދަވާފައިވާ ސައިންސްވެރިއެކެވެ.

ޕްރޮފެސަރު ނަންދަން މި ނޫހަށް ވިދާޅުވީ "ރިޕޯޓު ރަސްމީކޮށް ނެރޭނީ ދެ ފަރާތުން އެއްބަސްވާ ތާރީހެއްގައި" މާލޭގައި ކަމަށެވެ. ކުރިއަށް އޮތް ދެ، ތިން ހަފުތާގެ ތެރޭގައި ތާރީހެއް ނިންމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ދިރާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަނޑޫފާތައް މަރުވާ ސަބަބާއި، ކުރިއަށް ދާނެ ގޮތާއި މެނޭޖްމަންޓް ޕްލޭން ފަދަ ކަންކަން އާއްމުންނަށް ހާމަކުރާނީ އީޕީއޭއިން،" ޕްރޮފެސަރު ނަންދަން ވިދާޅުވި އެވެ.

ކަނޑޫފާތައް އަދިވެސް ހުރީ މަރުވެފައި

ކަަނޑޫފާތައް މަރުވާ ސަބަބު ނުހޯދި ގިނަ ދުވަސްވަމުންދާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑޫފާތައް 2020 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ހުރީ މަރުވެފަ އެވެ. ދެކުނުގެ އަތޮޅުތަކުގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާ ހުވަދޫ އެއިޑް ޖަމިއްޔާގެ އަބްދުﷲ އަރީޝް ވިދާޅުވީ ކަނޑޫފާތައް އަލުން ދިރޭނެކަމުގެ ނިޝާނެއް ނެތް ކަމަށެވެ.

"އޭގެ ފަހުން މާ ބޮޑު ބަދަލެއް ނާދޭ، ހަމަ އެގޮތަށް ހުރީ. އިންޑިއާގެ ޓީމް މިކޮޅަކަަށް ނާދޭ. ބޮޑަށް އުތުރުގައި އެ މަސަައްކަތް ކުރީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުން ހދ. ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް ވެސް ވިދާޅުވީ ކަނޑޫފާތައް މަރުވެފައި އޮތް އޮތުމަށް ބަދަލެއް ނާންނަ ކަމަށެވެ.

"ކަނޑޫފާތައް އަދިވެސް އޮތީ ހަމަ އެހެން. އެއްވެސް ކުރިއެރުމެއް ނާދޭ. އޭގެ ދަށުން ބުރެވި ކަހަލަ ބައެއް ގަސްތައް އެބަ ހެދޭ. އެކަމަކު ކަނޑޫ ގަސްތައް ހަމަ މަރުވެފައި،" އޭނާ ވިދާޅުވި އެވެ. "އިންޑިއާގެ ޓީމުން މިކޮޅަށް އައިސް ބައެއް މަސަައްކަތްތައް ކުރި. ދެން އެ މަސައްކަތުން އެނގުނު އެއްވެސް އެއްޗެއް އަޅުގަނޑުމެންނާ ހިއްސާއެއް ނުކުރޭ."

ކަނޑުލަކީ ތިމާވެއްޓަށް މުހިއްމު ގުދުރަތީ ނިޒާމެއް ކަމަށް ނިންމައި ނޭކުރެންދޫގެ ކުޅި، ފާ އަދި ޗަސްބިން 2018 ގައި ސަރުކާރުން ހިމާޔަތް ކުރި އެވެ.

titledesc

ބަައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކަނޑޫފާތައް މަރުވުން ގުޅިފައި ވަނީ ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކަނޑޫފާތައް ހުންނަ ސަރަހައްދަށް މާ ގިނައިން ލޮނުގަނޑު ވައްދާ މައްސަލައާ އެވެ.

"ރާއްޖޭގައި ކްލައިމެޓް ޗޭންޖާ ގުޅިގެން އުދަ އަރާ ވަރު ވެސް ވަރުގަދަވެއްޖެ. ރަށްރަށުގެ ފުއްޓަރާ ދިމާލުން ނުވަތަ ގާތަކުން ލޮނު ވަންނަ ކަހަލަ ގޮތަށް ހުންނަ ތަންތަނުގައި ކަނޑޫފާތައް މި ހުންނަނީ. އެހެންވީމަ އެ ޖަހާ ރާޅުގެ ވަރުގަދަކަމުން، އުދަ އަރާލެއް ވަރުގަދަ ކަމުން، މި ތަންތަނަށް އިތުރަށް، އާއްމުކޮށް ވާ ވަރަށް ވުރެ ގިނައިން ލޮނު ވެއްދުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެހެންވީމަ ލޮނޭ، ލޮނު ވައްދާތީއޭ މި މަރުވަނީ،" ބްލޫޕީސް ޖަމިއްޔާގެ ކޯފައުންޑަރު އަލީ ރިލްވާން މިދިޔަ އަހަރު ވިދާޅުވި އެވެ.

"ލޮނުގެ މިންވަރު ގިނަވެގެން ވާ ގޮތަކަށް ވެސް ވުން އެކަށީގެންވޭ ހަމަ ބްލޫޕީސް ބުނާ ގޮތަށް،" އީޕީއޭގެ ޑިރެކްޓަރު ނައީމް ވެސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox