ޝާއިރުގެ ހިޔާލު؛ ދައުލަތުގެ އަރަނިވެރިން ގޮތް ހުސްވެ ދައުލަތުގެ އަޅުންނަށް ވެފައި!

ޝާއިރުގެ ހިޔާލު؛ ދައުލަތުގެ އަރަނިވެރިން ގޮތް ހުސްވެ ދައުލަތުގެ އަޅުންނަށް ވެފައި!

ކުރިއްސުރެ ދަންނަ ރަހުމަތްތެރިއަކު، މިއަދު އަޅުގަނޑަށް ގުޅައި، ބައްދަލުކޮށްލަން އެދުނެވެ. ގާނޫނީ ކަމެއްގައި، ވަރަށް އަވަހަށް ލަފައެއް އަހާލަން ޖެހިގެންނެވެ. ވަގުތެއް ހޯދާލައިގެން ބައްދަލުކޮށްލުމުން، މާޔޫސްވެފައި ހުރެ އަޅުގަނޑަށް ދިއްކޮށްލީ ސިވިލް ކޯޓުން އޭނާއަށް ފޮނުވާފައިވާ ހާޒިރުވުމުގެ އަމުރެކެވެ. އޭނާއާއެކު ވިޔަފާރިކުރި ކުންފުންޏަކަށް ފައިސާ ނުދައްކައިގެން އެ ކުންފުނިން ކޮށްފައި އޮތް ދައުވާއެކެވެ.

އެކަމާ ސުވާލުކޮށްލުމުން އޭނާ ކަރުއެލުވާލާފައި ބުންޏެވެ. ތިޔަ ވިޔަފާރިއަކީ ނިމިދިޔަ ތިން ސަރުކާރުގައި އެކި ރަށްރަށުގައި ހިންގި ޕްރޮޖެކްޓުތަކުގެ ބޭނުމަށްޓަކައި ކުރި ވިޔަފާރިތަކެވެ. ތި މުދަލަށް ފައިސާ ނުދެއްކިގެން މިއުޅެނީ އެ ޕްރޮޖެކްޓުތަކުން ލިބެންޖެހޭ ފައިސާ ނުލިބިގެންނެވެ. އެކިއެކި ސަބަބުތަކާހުރެ އެ ފައިސާ ދެއްކުމަށް ދައުލަތުން ދައްކާ އުޒުރުތަކުގެ ސަބަބުން ވޭތުވެދިޔަ 12 އަހަރުގައި މި އުޅެންޖެހުނީ ވަރަން ހާލުގައި އެވެ.

އެހިސާބަށް ދިޔައީމާ އަޅުގަނޑު ބުނީމެވެ. ދެން އެ ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅަންވީ ނޫން ހެއްޔެވެ. އެކަމަކު އެކަމަކީ އަޅުގަނޑުގެ ރަހުމަތްތެރިޔާއަށް ކުރަން ކެރޭނޭ ވަރުގެ ކަމަކަށެއް ނުވި އެވެ. މިސަރުކާރުން މާސިންގާ ކުންފުންޏަކަށްދީފައިވާ ބޮޑު އެއްޗެއްގެ ތެރެއިން ކުޑަކުޑަ ބައެއް މަސައްކަތް އެބަކުރާކަމާއި އަދިވެސް ސީދާ ޕުރޮޖެކްޓެއް ލިބިދާނެކަމުގެ އުންމީދު އޮތް ވާހަކަ އާއި، ފައިސާ ނުލިބިގެން ދައުވާކޮށްފިނަމަ އިތުރު ޕްރޮޖެކްޓު ލިބުމަށް ހުރަސް އެޅިދާނޭކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އޭނާގެ ސަބަބުތައް އިތުރަށް ތަފްސީލުކޮށްދެމުން ބުންޏެވެ. ދައުލަތަށް ހިންގައިދޭ ޕްރޮޖެކްޓްތަކުގެ ފައިސާ ލަސްވިޔަސް، ފައިސާ ލިބޭނޭކަމުގެ ކަށަވަރުކަން އޮވެ އެވެ. ހައެއްކަ މަސް ނުވަތަ އަހަރެއް ފަހުން ނަމަވެސް، އެމީހުން ފައިސާ ދޭނެ އެވެ. ދެން އެއަށްވުރެ އަވަހަށް ފައިސާ ހޯދަން ބޭނުމިއްޔާ ބިލުގެ ވަކި އިންސަތައެއް ކޮންމެވެސް މީހަކަށް ދިނީމާ އޭގެ އަނެއް ދުވަހު މަގޭ އެކައުންޓުގައި އެ ފައިސާ ހުންނާނެ އެވެ.

މީގެ އިތުރުން ވެސް އެގޮތަށް އަވަހަށް ފައިސާ ހޯދާ މީހުން އެކަން ކުރާ ގޮތުގެ ވާހަކަ ތަފުސީލުކޮށް އޭނާ ކިޔައިދިނެވެ. ގަވައިދެއްގައި ލިޔެފައި އޮންނަ އެއްޗެއް ކިޔައިދޭހައި ތަފުސީލުކޮށް އެހައިމެ ފަސޭހައިންނެވެ. އޭނާ އެ ވާހަކަ ކިޔައިދިންއިރު އެ ދައްކަނީ ރިޝްވަތުގެ ވާހައެކޭ ހިތަކަށްނާރަ އެވެ. މި ދެންނެވީ އެ ކަހަލަ އިހުސާސެއް ހިތަށް ނުވަންނަ ވާހަކަ އެވެ.

އޭނާގެ ވާހަކަ ނިމުމުން އަޅުގަނޑު ބުނީމެވެ. އަމިއްލައަށް ކުރި ހަލާލު މަސައްކަތެއްގެ ފައިސާ ހޯދާކަށް އޭގެއިން ބައެއް އެހެން މީހަކަށް ދޭންޖެހޭނޭ ހަމައެއް ނޯންނާނެ އެވެ. ކޯޓަށް މައްސަލަ ހުށަހަޅައި ފައިސާ ހޯދުމަށް މަސައްކަތްކުރާށެވެ. އޭނާ ހުރީ އަހަރެންގެ ބަސް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އަޅުގަނޑުގެ ލަފާ ހޯދުމަށް ފަހު ނިންމީ އެ ލަފަޔާ ހިލާފަށް، އޭނާ އެބުނާ ކޮންމެވެސް މީހަކަށް ފައިސާ ދީގެން، އޭނާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށެވެ.

އަހަރެން ހިތަށް އެރިއެވެ. ދައުލަތަށް މީހަކު ދައްކަން އޮތް ފައިސާއެއް ނުދައްކައިފިއްޔާ، އެ މީހެއްގެ މައްޗަށް ދައުވާކޮށް، އެކައުންޓް ފްރީޒްކޮށް، ޖަލަށް ވެސް ލަނީ އެވެ. ބައެއް މީހުން އެހާލަތަށް ދާއިރު، ދައުލަތުން އެމީހާއަށް ދޭންޖެހޭ އެތަކެއް މިލިޔަން ރުފިޔާ މި ހުންނަނީ ދައުލަތުގެ ކޮންމެވެސް ނަތެއްގައި ތާށިވެފަ އެވެ. އަނބައްފުޅާއި ދަނބައްފުޅުގެ ވާހަކާގައި އެ ކިޔާ ގޮތަށް، މިކަމުގައިވެސް ޒިންމާ ނަގާނޭ މުއައްސަސާއެއް ނުހުރެ އެވެ. އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ފޮނުވާލަ އެވެ. މިއީ ވެގެންވާނޭ ގޮތެއް ނޫނެވެ.

އެކި މީސްމީހުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދޭންޖެހޭ މުއްދަތަށް ނުދެވޭކަން އެއީ އެންމެންވެސް ދަންނަ ކަމެކެވެ. އެއީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. ބަލާކަށް ބޭނުމެއްވެސް ނޫނެވެ. އެކަމަކު، ސަރުކާރުން މީހަކަށް ދޭންޖެހޭ ފައިސާ ނުދީ ތިބެ، އެމީހާ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ހޯދަން ދައުވާ ކުރަނީ ކޮން ހަމައަކުން ހެއްޔެވެ؟ ގައިމުވެސް މިތަނުގައި 'ޑީޕަރޕޮކެޓް' އަކީ ދައުލަތެވެ. އާންމު ފަރުދަކު ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކި ލަސްވުމަށްވުރެ، ދައުލަތުން މީހަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ލަސްވުމުން އެމީހަކު އުފުލަންޖެހޭ ތަކުލީފާއި ތަހައްމަލުކުރަންޖެހޭ ގެއްލުން ބޮޑުވާނެ އެވެ.

ދައުލަތުގެ މާލީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކައި އޮވެއްޖެނަމަ، އެތަކެއް ހިދުމަތްތަކަކުން އެމީހަކު މަހުރޫމު ވެއެވެ. ހިދުމަތެއް ކީއްކުރަންތޯ އެވެ. "މީރާ ކްލިއަރެންސް" ނެތި ސަރުކާރު އޮފީހެއްގެ ދޮރުން ވެސް އެތެރެއެއް ނުވެވެ އެވެ. އަދި ކައިވެންޏެއް ވެސް ނުކުރެވެ އެވެ. މިއީ އެއްގޮތަކުން ބަލާއިރު ހަރުދަނާ އުސޫލެކެވެ. އެކަމަކު މީގެ އަނެއްކޮޅު ވެސް އޮންނަންވާނެ އެވެ. މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ދައުލަތުން އެ މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމުގެ ކުރިން އެމީހާއަށް ސަރުކާރުން ދޭންޖެހޭ ފައިސާއެއް އޮތްތޯ ކަށަވަރުކުރުމަށް "ފިނޭންސް ކްލިއަރެންސް" ހޯދަންވާނެ އެވެ. މިނިސްޓްރީތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ ފަރާތުން މަދަނީ ދައުވާތައް ކުރައްވަނީ ބަންޑާރަނައިބެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ހޯދުމަށް އެއްވެސް އިދާރާއަކުން ބަންޑާރަ ނައިބުގެ އޮފީހަށް މައްސަލަ ފޮނުވަންވާނީ، އެމީހާއަށް ދައުލަތުން ދޭންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން އެނގޭނޭ ލިޔުމަކާއެކު ކަމުގައި، ހުރިހައި ވުޒާރާތަކަށް ބަންޑާރަ ނައިބު އެންގެވުން ކިހިނެއްވާނެތޯ އެވެ. ފައިސާ ނުދެވި ލަސްވަނީ، ދެބަސްވުމެއްގެ ސަބަބުން ކަމުގައިވާނަމަ، އެ ދެބަސްވުން ހައްލުކުރުމަށް މިނިސްޓްރީން ކުރައްވާފައިވާ މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަކީވެސް ބަންޑާރަ ނައިބުގެ އޮފީހަށް ކުރެވިދާނޭ ކަމެކެވެ.

މިކަހަލަ އުސޫލެއް އެކަށައެޅިއްޖެނަމަ، ތިލަފަތް ހަމަހަމަވެގެން ދާނެ އެވެ. ދައުލަތެއްގެ ހައިސިއްޔަތުން ހުރިހާ މުއައްސަސާތަކާއި، ފަރުދުންގެ މެދުގައިވެސް ޒިންމާދާރުކަމެއް އުފެދިގެންދާނެ އެވެ. ކޮންމެ ބަޔަކުވެސް އެބަޔަކު އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައި މެނުވީ ހައްގުގެ ވާހަކަ ނުދައްކާނެ އެވެ. މިގޮތަށް އަމަލުކުރަން ފަށައިފިނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދުވެސް މަދުވެ، މުޅި ނިޒާމަށް ހަމަޖެހުން އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox