ފްލެޓް ވެރިން ކުލި ނުދައްކާތީ ސޯޝަލް ހައުސިން މަޝްރޫއުތައް ދެކޮޅު ނުޖެހޭ ކަމަށް އަސްލަމް ވިދާޅުވެއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނާ ފްލެޓުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގި ނަމަވެސް މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް އުންމީދުކުރި ބަދަލެއް ނާންނަ ކަމަށް ވިދާޅުވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްއޭސީއެލްގެ މުވައްޒަފުންނާ ފްލެޓުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގި ނަމަވެސް މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް އުންމީދުކުރި ބަދަލެއް ނާންނަ ކަމަށް ވިދާޅުވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓު ލިބުނު މީހުންގެ 31 ޕަސެންޓާއި 41 ޕަސެންޓާ ދެމެދުގެ މީހުން ކުލި ނުދައްކާ ކަމަށާއި ދެކޮޅު ޖެހޭ ގޮތަކަށް އެ މަޝްރޫއުތައް ކުރިއަށްގެންދެވޭނީ ގަވާއިދުން ކުލި ދައްކައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ފްލެޓުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވަނީ ސޯޝަލް ހައުސިންއަށް ގިނަ އަދަދެއްގެ ބަޔަކު ކުލި ނުދައްކާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"މަހުން މަހަށް ދައްކަން ޖެހޭ ލާރި ގަވާއިދުން ދައްކަން ޖެހޭ ދައްކަން. މީގެކުރިން ސަރުކާރުން އަހަރަކު 200 އެއްހާ ފްލެޓު، މަދު ފްލެޓުތަކެއް ހުންނަނީ ނެރެފަ. އޭރު ގަވާއިދުން ފައިސާ ދައްކަމުން ނުދާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރި ނަމަވެސް ސަރުކާރަށް އެކަން ކެތްކުރެވިދާނެ،" އަސްލަމް ވިދާޅުވި އެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް އޭނާ ވަނީ އެ ވާހަކަ ހާމަކުރައްވާފަ އެވެ. މިހާރު ސަރުކާރުތަކުން މާކެޓަށް ކޮންމެ އަަހަރަކު ހާހުން ހާހުން ފްލެޓު ނެރެމުންދާއިރު ކުލި ނުދައްކާ 40 ޕަސެންޓު އުޅޭ ނަމަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އަސްލަމް މިއަދު ވިދާޅުވި އެވެ.

"ސާޅީހަކަށް ޕަސެންޓު މީހުން ގަވާއިދުން ފައިސާ ނުދެއްކީމާ މިކަން ދެކޮޅު ޖެއްސޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ،" ގަވާއިދުން ކުލި ދެއްކުމަށް އެމްއޭސީއެލްގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވަމުން ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ ނަމަވެސް އުންމީދުކުރި ވަރުގެ ބަދަލެއް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ނާންނަ ކަމަށް ވެސް މިއަދުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

"މި ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދޭ ސީދާ ސަރުކާރުގެ 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނާދޭ. ކޮބައިތޯ މައްސަލައަކީ އެނގެން ޖެހޭ. ބަލާލަން ވެސް ޖެހޭ. މައިގަނޑު ސަބަބަކީ އަޅުގަނޑުމެން އެންމެން މާލެއަށް ޖަމާވާން ޖެހިފައި އޮތުން،" އެކަމާ ގުޅިގެން އަސްލަމް ވިދާޅުވި އެވެ.

އެގޮތުން، އަތޮޅު ތެރެ ތަރައްގީވާން ޖެހޭ މިންވަރަށް ތަރައްގީވެފައި ނުވުމާއި ތަރައްގީވަމުން ނުދިޔުމަކީ ޒަމާންތަކެއް ވަންދެން ހައްލު ނުކުރެވިފަ އޮތް މައްސަލައެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު، އެކަން ހައްލު ހޯދަން ކެނޑިނޭޅި މަސައްކަތްކުރަން ޖެހޭ ކަމަށާއި އަތޮޅު ތެރެ ތަރައްގީވާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ލުއި ފަސޭހަ ގޮތްތަކެއް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް އަދި އާންމުންނަށް ވެސް ބައެއް އެޕާޓްމަންޓުތައް ވިއްކާ ގޮތަށް ތައްޔާރު ކުރި "އެއިރޯ ރެޒިޑެންސީ" ގައި ހުންނަނީ 1+2 ކޮޓަރި ހުންނަ 240 އެޕާޓުމަންޓާއި އެއް ކޮޓަރީގެ 144 އެޕާޓުމަންޓު ހިމެނޭހެން ޖުމްލަ 384 ހައުސިން ޔުނިޓެވެ.

އޭގެ ތެރެއިން 312 ޔުނިޓު ލިބެނީ އެމްއޭސީއެލް މުވައްޒަފުންނަށެވެ. ބާކީ 72 ޔުނިޓަކީ އާންމުންނަށް ވިއްކާލާ އެއް ކޮޓަރީގެ ފްލެޓުތަކެވެ.

އެ މަޝްރޫއަށް އެމްއޭސީއެލް އިން މުވައްޒަފުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގަ އެވެ. އެގޮތުން، މުޅި މަޝްރޫއަށް ފައިނޭންސްކުރީ އެމްއޭސީއެލްގެ ކޭޝްފްލޯ އިންނެވެ. އެގޮތުން އެ މަޝްރޫއުގެ ޖުމުލަ އަންދާޒާ ކުރާ އަގަކީ 408،280،814.10ރ. / 251،291،698.16ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox