ސަރުކާރުން ދޭ ބޯހިޔާވަހިކަމަށް 40 ޕަސަންޓް މީހުން ފައިސާ ނުދައްކާ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ސަރުކާރުން ހިންގާ އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ގަވައިދުން ފައިސާ ނުދައްކައިގެން ޑިފޯލްޓުވާ ރޭޓު އުޅޭނީ 40 ވަރަކަށް ޕަސަންޓުގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫގެ ބިން ހިއްކުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަން އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް އޮތްތޯ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޯދާ ޒަމާނުގައި، ބޯހިޔާކަމުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރަށްތަކަކުން ބަންޑާރަ އުސޫލުން ގޯތި ދޫކުރުން ކަމަށެވެ.

ނަމަވެސް، ހާއްސަކޮށް މާލޭގައި ގޯތި ދޫކުރާނެ ބިންތައް ހުސްވެ، އެ ސިޔާސަތު ބަދަލުވެ، އިމާރާތް ބިނާކޮށްގެން ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ ސިޔާސަތު ފެށުނުކަން އަސްލަމް ފާހަގަކުރެއްވި އެވެ.

"ސަރުކާރަކީ އެންމެ ބޮޑު ރިއަލް އެސްޓޭޓް ޑިވަލޮޕަރު. ސަރުކާރުން ލެންޑު މި ކުރަނީ [ފްލެޓު] ދެން ރައްޔިތުން ރީޕޭ މި ކުރަނީ ސަރުކާރަށް،" އެހެން ކަންތައްވާތީ ދިމާވާ މައްސަލަ ވިދާޅުވުމުގެ ކުރިން އަސްލަމް ފާހަގަކުރެއްވި އެވެ.

"30 ޕަސަންޓާއި 40 ޕަސަންޓުގެ މީހުން ޑިފޯލްޓްވޭ އެބަ. ދައްކަންވާ ލާރި ނުދައްކާ."

އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯތީގެ އަދަދު ދުވަހެއް ދުވަހަކުން އިތުރުވަމުންދާއިރު، ޑިފޯލްޓްވާ ރޭޓު މިހާ މަތީގައި ހުރެގެން، ދެމެހެއްޓެނެވި ގޮތެއްގައި މިކަން ކުރަން ދަތިވާނެ އެވެ.

އެހެންކަމުން، ދެމެހެއްޓެނެވި ގޮތެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ވާލްޑް ބޭންކާ ގުޅިގެން ކުރެވެމުންދާކަން މިނިސްޓަރު މިއަދު ހާމަކުރެއްވި އެވެ.

"ބިނާކުރުމެއް ނޫން. ކަލެކްޝަން، ޓައިޓަލް އޯނާޝިޕް، ފޯކްލޯޝާ. މި ކަންކަމާ ގުޅޭގޮތުން، ސަސްޓެއިންޑް ގޮތަކަށް ވިސްނާ ރާވަން އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަގެންދަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިތުރު ވިސްނުންތަކެއް ނެރެންޖެހޭ ކަމަށާއި، އެކަން މަޖިލީހުގެ އިތުރުން ރައްޔިތުންނަށް ހުށަހަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox