މެޗެއް ނުކުޅެ ކްލަބް އޭދަފުށްޓާއި އއ. މާޅޮސް ފުރަތަމަ ޑިިވިޝަނަށް

Sep 30, 2022, 9:42 AM
ދާދި ފަހުން ގައުމީ ޓީމާ އެކު ކްލަބް އޭދަފުށިން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ކްލަބް އޭދަފުށި/ ފޭސްބުކް

ދާދި ފަހުން ގައުމީ ޓީމާ އެކު ކްލަބް އޭދަފުށިން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ކްލަބް އޭދަފުށި/ ފޭސްބުކް

އެފްއޭއެމް ސެންޓްރަލް ލީގުގެ ދެ ޑިވިޝަނުން މެޗެއް ނުކުޅެ، ބ. އޭދަފުށީގެ ކްލަބް، އޭދަފުށްޓާއި އއ. މާޅޮސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ އެވެ.

މި ދެ ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީންވީ އެ ޓީމުތައް ކުޅެން އޮތް ގްރޫޕްގައި ދެން އޮތް ރަށްތަކުން ބައިވެރިނުވާތީ އެވެ. އެ ގޮތުން، ގުރޫޕްއޭ ގެ އެއް ވަނަ ކްލަބް އޭދަފުށްޓަށް ލިބިފައިވަނީ ދެން އެ ގްރޫޕްގައި ހިމެނުނު، ޅ. ނައިފަރު އާއި ހިންނަވަރު ސްޕޯޓްސް ކްލަބް ވާދަނުކުރަން ނިންމުމުންނެވެ.

މަޝްހޫރު ކޯޗު މުހައްމަދު އާތިފްގެ އިރުޝާދުގެ ދަށުން ދިވެހި ޕްރިމިއާ ލީގަށް ދުރާލާ ތައްޔާރުވި ކްލަބް އޭދަފުށި ވަނީ މުބާރާތުގެ އޯޕަން ރައުންޑްގައި ވާދަކޮށްފަ އެވެ. އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަށް ވުރެ އިތުރަށް ބައިވެެެރިވެއްޖެނަމަ އެ ރަށެއް ތަމްސީލްކުރާނެ ޓީމެއް ކަނޑައަޅަން ކުޅޭ ބުރެެކެވެ. އޭދަފުށި ފުޓްބޯލް ޓީމު އަތުން ދެ ލެގަށް ކުޅެގެން ކުރިހޯދައި، ކްލަބް އޭދަފުށި މި ވަނީ ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް ދަތުރުކޮށްފަ އެވެ.

ކުރިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އއ. މާޅޮހަށް ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ލިބުނީ އެ ޓީމު ވާދަކުރަން އޮތް ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ސީގައި ހިމެނުނު، އއ. އުކުޅަހާއި އދ. ފެންފުށީ ޓީމު މުބާރާތުން ވަކިވުމުންނެވެ.

އެފްއޭއެމުން ބުނީ ހިންނަވަރާއި ފެންފުށިން މުބާރާތުގައި ވާދަނުކުރަން ނިންމިކަން މުބާރާތުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އަންގާފައިވާ ކަމަށެވެ. އެކަމަކު، ނައިފަރާއި އުކުޅަހުން މުބާރާތުގައި ބައިވެރިވާން އެންމެ ފުރަތަމަ ނިންމައި، ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުގައި އެކަން ކޮށްފައިނުވާތީ، ގަވާއިދުގެ ދަށުން ޑިސިޕްލިނަރީ ކޮމިޓީ އަށް އެކަން ހުށަހަޅާނެ ކަމަށެވެ.

ދާދި ފަހުން ކުރިއަށްދިޔަ ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ބީގައި ކ. ހިންމަފުށިން ވެސް ވާދަނުކުރެ އެވެ. މާލޭގައި ކުރިއަށްދިޔަ އެ ގްރޫޕްގެ މެޗުތައް ނިމުނުއިރު، އެއް ވަނަ ހޯދީ ކ. ގުރައިދޫ އެވެ. އެ ޓީމަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިިބިފަ އެވެ.

ގުރައިދޫ އެއް ވަނަ ހޯދީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ކ. ގުޅި އަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އަދި އެންމެ ފުލުގައި ނިންމާލި މާފުށްޓަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަން ފަސް ގްރޫޕަކަށް ބަހާފައިވާއިރު، ހުރިހާ ގްރޫޕެއްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ޓީމެއް ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ. އެ ގޮތުން ބަލާއިރު، ކ. ގުޅި އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބިފައިވަނީ، ގްރޫޕް އޭ އާއީ ސީގައި ދެ ވަނަ ޓީމެއް ނެތުމުންނެވެ.

ސެންޓްރަލް ލީގުގައި ބާކީ އޮތް ދެ ގްރޫޕުން ވެސް އެއް ވަނަ އަދި ދެ ވަނަ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ. ބާކީ އޮތް ދެ ގްރޫޕްގެ މެޗުތައް ކުޅޭނީ އަންނަ ނޮވެމްބަރު މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox