އެމްޓީސީސީ ނޯތު ލީގު: ދުވާފަރު ބަލިކޮށް އަލިފުށްޓަށް ދިރުމެއް

Aug 31, 2022, 6:06 AM
އަލިފުށްޓާއި ދުވާފަރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)

އަލިފުށްޓާއި ދުވާފަރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)

އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުން ހޯސްޓް, ރ. އަލިފުށިން 3-1 އިން ދުވާފަރު ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާ ކޮށްފި އެވެ.

އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގައި އަލިފުށި ކުޅުނު ފުރަތަމަ ދެ މެޗު ނިމުނީ މޮޅެއް ނުލިބި އެވެ. ފުރަތަަމަ މެޗުގައި ދުވާފަރާ 2-2 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ވަނީ އުނގޫފާރު އަތުން 1-0 އިން ބަލިވެފަ އެވެ. އަލިފުށި ފުރަތަމަ މޮޅު ހޯދުމާ އެކު ކުރިއަށްދިއުމަށް ޓީމަށް ވަނީ ދިރުމެއް ލިބިފަ އެވެ.

އިއްޔެ ދުވާފަރު އަތުން ހޯދި މޮޅާ އެކު އަލިފުށްޓަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ޓީމު ވާދަކުރާ މި ގްރޫޕްގައި އުނގޫފާރުން ވެސް ވަނީ އަލިފުށްޓަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ދުވާފަރުގެ އޮތީ ދެ ޕޮއިންޓެވެ.

އަލިފުށީ ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި އަލިފުށީ އަބްދުﷲ އާދަމް އެ ޓީމަށް ލީޑުނަގައިދިންއިރު، މެޗުގެ 37 ވަނަ މިނިޓްގައި އިސްމާއިލް ނަސީމް ވަނީ އަލިފުށީގެ ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 61 ވަނަ މިނިޓްގައި އަބްދުﷲ ފާރިޝް ވަނީ އަލިފުށީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ދުވާފަރުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު މައިސޫން އެވެ.

ގްރޫޕް ޑީގައި ބާކީ އޮތީ ދެ މެޗެވެ. އެއީ މާދަމާ ހަވީރު ދުވާފަރާއި އުނގޫފާރު ކުޅޭ މެޗާއި ހޮނިހިރު ދުވަހު އުނގޫފާރާއި އަލިފުށި ކުޅޭ މެޗެވެ. މެޗުތައް ނިމޭއިރު، މި ގްރޫޕްގެ އެއް ވަނަ އާއި ދެ ވަނަ އަށް ދާ ޓީމެއް، އެމްޓީސީސީ ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ.

އިއްޔެ އަލިފުށްޓާއި ދުވާފަރު ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ ދާދި ފަހުން ގެނބިގެން މަރުވި، އުނގޫފާރު ޓީމުގެ ފޯވާޑް، އަލީ މިމްރާހުގެ ހަނދާނުގައި ސުކޫނތެއް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox