ރާއްޖެ ބަލިކޮށް ސްރީ ލަންކާ އިން ރަން މެޑަލް ދިފާއުކޮށްފި

Sep 28, 2022, 5:44 PM
ލަންކާގެ ކުޅުންތެރިންނާއި އޮފިޝަލުން މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަންކާގެ ކުޅުންތެރިންނާއި އޮފިޝަލުން މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އަންހެނުންގެ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެ ބަލިކޮށް، ސްރީ ލަންކާ އިން ރަން މެޑަލް ދިފާއުކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ނޭޕާލް ވަނީ 65-26 އިން ބޫޓާންގެ މައްޗަށް ކުރިހޯދައިފަ އެވެ. ނޭޕާލް އެ މެޗުން މޮޅުވެ، ލީގު ތާވަލުގެ ކުރިއަށް ޖެހިލިއިރު، ރާއްޖޭގެ މައްޗަށް މިރޭ 72-59 ޕޮއިންޓުން ކުރިހޯދައި ލަންކާ އިން ރަން މެޑަލް ދިފާއުކުރީ އެވެ. ރިހި މެޑަލް ލިބުނީ ނޭޕާލް އަށެވެ.

މުބާރާތުގައި ބާކީ އޮތީ މާދަމާރޭ ރާއްޖެ އާއި ބޫޓާން ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން ލޯ މެޑަލް ހޯދޭނެ އެވެ.

ރާއްޖޭން ވަނީ 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ މުބާރާތުގައި ވެސް ލޯ މެޑަލް ހޯދައިފަ އެވެ. އަދި 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭން ލޯ މެޑަލް ހޯދި އެވެ. އެކަމަކު، މި ފަހަރު ނޭޕާލް ބަލިކޮށްގެން މުބާރާތް ފެށި ނަމަވެސް ލަންކާ އަތުން ބަލިވެ، ރަން މެޑަލަށް ކުރާ އިންތިޒާރު އިތުރަށް ދިގުލައިދިޔައީ އެވެ.

ރާއްޖޭގެ ރިޝްމާ (ވ) ނޭޕާލް ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗު ފަށައިގެން ސްރީ ލަންކާގެ ފަރާތުން ފެނިގެންދިޔައީ، ރޭ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ކުޅުމަށް ވުރެން ރަނގަޅު ކުޅުމެކެވެ. އަމިއްލަ ހާފުގައި ޑިފެންސް ޒޯންގައި މަޑުކޮށްގެން، ލަންކާ އިން މެޗު ފަށައިގެން ދިޔައީ ލިބޭ ފުރުސަތުތަކުގައި ޕޮއިންޓް ސްކޯ ކުރަމުންނެވެ.

ރާއްޖޭގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އާއި ފާތިމަތު ރިޝްމާ (ރިޝްޓޯ) އަދި ޓީމުގެ ކެޕްޓަން، އައިމިނަތު ޝިއުރާ އަބްދުލް ބާރީ އަށް ލިބޭ ބޯޅަތަކުގައި ލަންކާ އިން ޑިފެންސަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅުނެވެ. ފުރަތަމަ ކުއާޓަރު ކުރިއަށް ދާ ވަރަކަށް މުޅި ކޯޓުގައި ކުޅުންތެރިއަކަށް ކުޅުންތެރިއަކު ޖެހިގެން ކުޅެން ފަށައި، ލަންކާ އިން ފުރަތަމަ ކުއާޓަރު ނިންމާލީ 23-11 އިން ކުރީގައި އޮވެގެންނެވެ. ލަންކާ ޓީމުގެ ބެނިކާ މަދުބަސީނީ ވަނީ މި ކުއާޓަރުގައި ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފަ އެވެ.

ލަންކާގެ ބެނިކާ (ވ) ކައިރިން ރާއްޖޭގެ ރައިފާ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެ ވަނަ ކުއާޓަރު ފެށިގެން ރާއްޖޭގެ ފޯކަސް ގެއްލުނު ދަނޑިވަޅެއްގައި ލަންކާ އިން ގިނަ ޕޮއިންޓްތަކެއް ސްކޯކޮށް، 32-11 އަށް ލީޑުބޮޑުކުރި އެވެ. ލަންކާ ޓީމުގެ ކެޕްޓަން، އަންޖަލީ ތިސާރަމަލަ ވަނީ ޓީމު އޮގަނައިޒްކޮށް ކުޅުވުމުގައި ތަފާތު ދައްކައިފަ އެވެ. މި ކުއާޓާގެ މެދު ތެރެއިން ރާއްޖެ އަށް ލިބުނު ފްރީ ތުރޯތަކުގެ ތެރެއިން ބޯޅަތަކެއް ސްކޯކޮށް މެޗުގެ ތެރެއަށް ވަދެވޭތޯ ބެލި އެވެ. ބަދަލަކަށް އެރި އައިޝަތު އިނާޝާ އާއި ހައުމާ އުބައިދުﷲ ރަނގަޅު ޕޮއިންޓްތަކެއް ސްކޯކުރި ނަމަވެސް ރާއްޖޭގެ ޑިފެންސް ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ލަންކާ އިން ދިޔައީ ރަނގަޅަށް ނަގަމުންނެވެ.

ލަންކާ އިން ދެ ވަނަ ކުއާޓަރު ނިންމާލީ 24 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ތިން ވަަނަ ކުއާޓަރު ފެށިގެން ފުރަތަމަ ފަސް މިނިޓްގައި ރާއްޖޭން ވަނީ ފުރަތަމަ ދެ ކުއާޓަރަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން މި ކުއާޓަރު ފެށިގެން ރާއްޖޭން ވަނީ ސްރީ ލަންކާ ޕޮއިންޓެއް ސްކޯކުރިޔަ ނުދީ ހަތް ޕޮއިންޓް އެއްކޮށް، 16 ޕޮއިންޓަށް ސްކޯގެ ފަރަގު ކުޑަކޮށްފަ އެވެ. އެ ގޮތުން ރާއްޖޭގެ ރިޝްމާ އާއި ޝިއުރާ ވަނީ މި ވަގުތު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އެކަމަކު، އޭގެ ފަހުން މަޑުމަޑުން ކުރީގެ ފޯމަށް އެނބުރި އައިސް ލަންކާ އިން ސްކޯ އިތުރުކުރަން ފެށި އެވެ. ރާއްޖޭން ބަދަލަކަށް ކުޅެން އަރައި، އިނާޝާ އާއި ހައުމާ ވަނީ މި ކުއާޓަރުގައި ވެސް ޕޮއިންޓް ސްކޯކޮށްފަ އެވެ. އެކަމަކު، ކުއާޓަރު ނިމުނުއިރު، ލަންކާ އޮތީ 59-37 އިން ކުރީގަ އެވެ.

ލަންކާގެ ބެނިކާ (ވ) ކައިރިން ރާއްޖޭގެ އިނާޝާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި މެޗުގައި ވެސް ރާއްޖޭގެ ރާއީ ހަމްޒާ ވަނީ ލިބުނު ފުރުސަތުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މެޗުގެ ހަތަރު ވަނަ ކުއާޓަރުގައި ވެސް މުހިންމު ވަގުތުތަކުގައި ޕޮއިންޓް ވެސް ސްކޯކުރި އެވެ. މި ކުއާޓަރުގައި ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓްތައް ސްކޯކޮށްދިނީ ހައުމާ އާއި އިނާޝާ އެވެ.

ލަންކާގެ ނިރްމާ ސަސަންތީ އާއި ބެނިކާ ވަނީ މި މެޗުގައި ވެސް ޕްރެޝަރު ވަގުތުގައި ޑިފެންސާއި އެޓޭކްގައި ވެސް ތަޖުރިބާގެ ބޭނުންކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މުޅި މެޗުގެ އެކި ވަގުތުތަކުގައި މުހިންމު ޕޮއިންޓްތަކެއް ވެސް ސްކޯކޮށް، ފުރަތަމަ ކުއާޓަރުގައި ނެގި ލީޑު މެޗު ނިމެންދެން ދެމެހެއްޓި އެވެ.

ރާއްޖޭން ވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ލަންކާ ބަލިކޮށްފަ އެވެ. މިރޭގެ މެޗުން ލަންކާ މި ވަނީ ރާއްޖެ ބަލިކޮށް، އެ މެޗުގެ ބަދަލުހިފައި، ރަން މެޑަލް ވެސް ދިފާއުކޮށްފަ އެވެ.

ނޭޕާލަށް ދެ ވަނަ ފަަހަރަށް ރިހި މެޑަލް

ނޭޕާލުން ވަނީ މިއަދު ކުޅުނު މެޗުގައި ބޫޓާނާ ދެކޮޅަށް ޑޮމިނޭޓްކޮށް މޮޅަށް ކުޅެފަ އެވެ. ފުރަތަމަ ކުއާޓަރުން ފެށިގެން މެޗުގެ ކޮންޓްރޯލް ނޭޕާލްގެ އަތުގައި އޮތްއިރު، ބޫޓާނަށް ދިޔައީ އެކަށީގެންވާ ކުޅުމެއް ވެސް ނުދެއްކި އެވެ. ފުރަތަމަ ދެ ކުއާޓަރު ނިންމާލިއިރު، ނޭޕާލް ކުރީގައި އޮތީ 28-15 އިންނެވެ.

ބޫޓާނާއި ނޭޕާލް މިއަދު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތިން ވަނަ ކުއާޓަރުގައި ނޭޕާލުގެ ސްކޯރިން އިތުރަށް ރަނގަޅުވިއިރު، ބޫޓާނަށް މާ އެދެވޭ ވަރަކަށް ކާމިޔާބު އެޓޭކްކުރަން ޖާގަ ހޯދަން ވެސް ފުރުސަތެއް ނުދެ އެވެ. މި މެޗުގައި ނޭޕާލްގެ 11 ކުޅުންތެރިއަކު ސްކޯ ކުރިއިރު، އެ ޓީމުގެ ކޯޗު ބިކާޝް ޝާހީ ވަނީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ.

އާ ކުޅުންތެރިން ވެސް ހިމެނޭ ސްކޮޑަކާ އެކު މި ފަހަރު ނޭޕާލް މި ފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މިއީ މުސްތަގުބަލަށް ކުރެވޭ މަސައްކަތެއް ކަމަށް ކޯޗު ބިކާޝް ވަނީ ބުނެފަ އެވެ.

ބޫޓާން ކައިރިން ނޭޕާލަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަނޫޝާ މައްލާ އެވެ. އޭނާ ޖުމްލަ އެކު، 16 ޕޮއިންޓް އެއްކުރިއިރު، އޭގެ ތެރެއިން 11 ޕޮއިންޓަކީ ރީބައުންޑް އެވެ. ދެން، ނޭޕާލް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ޕޮއިންޓް އެއްކުރި، ޕްރަތިކްޝްޔާ މަގަރު އެވެ.

މުބާރާތުގައި މާދަމާރޭ 20:30ގައި ކުޅޭ މެޗުގައި ބޫޓާން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ބޫޓާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންގްލެންޑް އަތުން މޮޅުވެ ސްޕެއިނުން ފެންވަރުދައްކާލައިފި

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ލީޑުނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށް ސްޕެއިނުން އެ ގައުމުގެ ފެންވަރު ދައްކާލައިފި. މި މޮޅާއެކު ސްޕެއިނުން ބަލިނުވެ ހަދާފައިވާ ރެކޯޑް 39 މެޗަށް އިތުރުކޮށްފައިވާއިރު، އިންގްލެންޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ނުކުރެވި މެޗުން ވަނީ ބަލިވެފައި

އިންޑިއާ އިން ދެއްކި ޖެހިލުންކުޑަ ކުޅުމަށް ކޯޗުގެ ތައުރީފު

ފީފާ ރޭންކިންގެ 44 ވަނައިގައި އޮތް ޕެނަމާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުކޮށް، އިންޑިއާގެ ގައުމީ ޓީމުން ތާރީޚީ ނަތީޖާއެއް ހޯދައިފި. މި މެޗުގައި އިންޑިއާގެ ކުޅުންތެރިން ދެއްކި ޖެހިލުންކުޑަ ކުޅުމަށް ކޯޗު ހާލިދު ޖާމިލް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިންޑިއާ އިން ދެން އެންމެ އަވަހަށް ބައްދަލުކުރާނީ ވަރުގަދަ ބްރެޒިލް އަދި އުރުގުއޭއާ

އޭއެފްސީން ރާއްޖޭ އަށް އޮތް ފަންޑިން ސަސްޕެންޝަން އުވާލައިފި

އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުން އޭއެފްސީން ރާއްޖެއަށް ދީފައިވާ ފަންޑިން ސަސްޕެންޝަން އުވާލައި، ދައްކަންޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާފުކޮށްދީފި. މި ލުއިތަކާއެކު 2027 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ބަޖެޓް ސަޕޯޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބިގެންދާނެ

ޕާމާ އަށް އިންގްލެންޑަށް ނުކުޅެވެނީ ގިނަ ފުރުސަތުތަކެއް ގެއްލޭތީ

ޗެލްސީގެ ކޯލް ޕާމާ އަށް އިންގްލެންޑް ގައުމީ ޓީމުން ގިނަ ފުރުސަތުތަކެއް ގެއްލެނީ ފިޓްނަސް މައްސަލަތަކާ ހުރެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. މިފަހަރުގެ ނޭޝަންސް ލީގު ސްކޮޑުން ޕާމާ ވަކިވީ އަނިޔާގެ މައްސަލަތަކެއް ހުރުމުން، ކްލަބުގެ އެހީތެރިކަމާއެކު ހާއްސަ ފިޓްނަސް ޕްލޭނެއް ފުރިހަމަކުރުމަށެވެ.

މެންޗެސްޓާ ސިޓީގެ ތަށިތައް އަތުލަން ގޮވާލާ އަޑުތައް ގަދަވަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވުމާ ގުޅިގެން، އެ ކްލަބުން ހޯދާފައިވާ ތަށިތައް އަތުލުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައި. މި މައްސަލައިގައި ސިޓީއަށް ދެވޭނެ އަދަބުތަކުގެ ތެރޭގައި ޕޮއިންޓް އުނިކުރުމާއި، ލީގުން ވަކިކުރުން ނުވަތަ ކާމިޔާބުކުރި ތަށިތައް އަތުލުން ހިމެނޭ

މާޒީގެ ވާހަކަ ދައްކައިގެން އިޓަލީ އަށް ފައިދާއެއް ނެތް: މަންޗިނީ

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވި މަންޗިނީ ބުނީ، މާޒީގައި ވޯލްޑް ކަޕަށް ކޮލިފައިނުވުން ފަދަ ކަންކަމާ މެދު ވާހަކަދެއްކުމުގެ ބަދަލުގައި މުސްތަގުބަލަށް ވިސްނައިގެން މަސައްކަތްކުރުން މުހިންމު ކަމަށް. އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް އަތުން އިޓަލީ ބަލިވި މެޗަށް ފަހު، ޓީމުގެ މާޔޫސްކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން

ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހި ވަގުތު އެމްބާޕޭ އަށް އަނިޔާއެއް

ޒިނެދިން ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ އަތުން 1-0 އިން މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކީލިއަން އެމްބާޕޭގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާގެ ސަބަބުން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ދެން އޮތް ތިން މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ކޯޗު ޒިދާން ވަނީ ކަށަވަރުކޮށްދީފައެވެ.

Newsletter

Get the latest news delivered straight to your inbox