ސްޕޯޓްސް އެވޯޑުގައި އަންހެން ބާސްކެޓް ޓީމުން ހޯދި ލޯ މެޑަލް ފާހަގަނުކުރޭ!

Mar 25, 2023, 7:33 AM
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުޅިވަރު ކުޅޭ ކުޅުުންތެރިންނާއި ހިދުމަތްތެރިންގެ އަގު ވަޒަންކުރުމަކީ އެ ކުޅިވަރެއްގެ ކުރިއެރުމަށް ދެވެނޭ އެންމެ ބޮޑު ހިތްވަރެވެ. މި ކަމަށް ބޮޑު އިސްކަމެއްދީގެން އަދުގެ ސަރުކާރުން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުން އަދި އެސޯސިއޭޝަންތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އާ އުއްމީދެކެވެ.

މިދިޔަ ހަފްތާގައި ނިމުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ވެސް ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް އިތުރުވި ބޮޅެކެވެ. ކުޅިވަރުގެ އެކި ދާއިރާތަކުން މީހުންނަށް އެވޯޑު ދެވުނުއިރު މިދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަކޮށް އެ ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ދުނިޔޭގެ ތަރިންނާއި ރާއްޖޭގެ މުޅި ކުޅިވަރުގެ އާއިލާގެ ކުރިމަތީގައި އޮތް ބޮޑު އެވޯޑު ހަފުލާގައި މިދިޔަ އަހަރު ބައިނަލްއަގްވާމީ ވަނަތައް ހޯދި ކުޅުންތެރިންނާއި ޓީމްތައް ފާހަގަކުރިއިރު، އަންހެން ބާސްކެޓް ޓީމްގެ ނަން ފާހަގަކޮށްފައި ނުވެ އެވެ. އަމިއްލަ ފަސްގަނޑުގައި ކުޅެ ގައުމަށް ޝަރަފާ ފަހުރު ހޯދި ޓީމުގެ މަސައްކަތް ފާހަގަކޮށް އިނާމް ހަވާލުނުކުރެވުނުއިރު، މިނިސްޓަރު އަހުމަދު މަހުލޫފު ވަކިވަކިން ކުޅިވަރުތަކުގެ ކާމިޔާބީތައް އަތުރަމުންދިޔައިރު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށްވާ ބާސްކެޓަށް ލިބުނު މެޑަލް އެ ލިސްޓަކަށް ނާރަ އެވެ. މިއީ، ޔަގީނުން ވެސް މި ލެވަލްގެ އެވޯޑެއްގައި ވެވުނު ބޮޑު އިހުމާލެކެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު މަހުލޫފް (ވ) ޓީމުގެ ރިޝްމާ ކަރުގައި މެޑަލް އަޅުވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ސަރަހައްދީ މެޑަލް ގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24-30 އަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ ސާބާ ވިމެންސް ޗެމްޕިއަންޝިޕުންނެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި ލަންކާ އަތުން ބަލިވީ އެވެ. ފަހު މެޗުގައި ބޫޓާން އަތުން މޮޅުވެ ރާއްޖެ އިން ލޯ މެޑަލް ހޯދި އެވެ. ރާއްޖެ އަށް ރަން މެޑަލް އަދި ރިހި މެޑަލް ނުލިބުނީ ލަންކާ އާއި ނޭޕާލް އާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ޕޮއިންޓްގެ ތިން ޓީމް ކުޅުނު މެޗުގެ ޕޮއިންޓްގެ ފަރަގަށް ބަލާއިރު ތިން ވަނަ ލިބޭތީ އެވެ.

މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމް ކުޅުނު މެޗުތަކާއި ފައިނަލް މެޗު ބައްލަވާލަން ވެސް މިނިސްޓަރު މަހުލޫފު ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވި އެވެ. ވަނަ ވަނަ އަށް އައި ޓީމްތަކަށް މެޑަލް ދެއްވީ ވެސް މިނިސްޓަރުގެ އަތްޕުޅުންނެވެ. ނަމަވެސް މީގެ ހަ މަސް ކުރިން ކުޅުނު މުބާރާތުން ގައުމީ ޓީމުން ހޯދި މެޑަލްގެ ވާހަކަ މިނިސްޓަރުގެ "ސްޕީޗް"ގައި ވެސް އަދި އެވޯޑުގެ ތެރޭގައި ވެސް އަލި އަޅުވާލެވިފައި ނުވެ އެވެ.

ބާސްކެޓްބޯޅަ ފިޔަވައި ބައިނަލްއަގްވާމީ މައިދާނުގައި މިދިޔަ އަހަރު ވަނަ ހޯދި ހުރިހާ ކުޅިވަރެއްގެ ޓީމްތައް އެ ޖަލްސާ އަށް ހާޒިރުވި އެވެ. އެ ޓީމްތަކަށް މެޑަލް ފައިސާ ވެސް އެ ރަސްމިއްޔާތުގައި ހަވާލުކުރެވުނެވެ. ބީޗް ވޮލީބޯޅަ، ބޮޑީބިލްޑިން، ބޮޑީބޯޑިން، ކެރަމް އަދި ޓޭބަލް ޓެނިހުން މެޑަލް ހޯދި ޓީމްތައް ސްޓޭޖަށް އަރުވައި އުފާފާޅުކުރިއިރު، ބާސްކެޓްބޯޅަ ވަނަ ހޯދި ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ގޭގައި ހަފްލާ ޓީވީން ބަލާށެވެ.

ސްޕޯޓްސް އެވޯޑުގައި ބާސްކެޓްބޯޅަ އަންހެން ޓީމަށް ލިބުނު މެޑަލް ފާހަގަނުކުރުމާ ގުޅޭގޮތުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) އާ ސުވާލުކޮށްލުމުން އޭނާ ބުނީ އެކަމާ ގުޅޭގޮތުން ކޮމެންޓްކުރައްވަން ބޭނުން ނުވާ ކަމަށެވެ.

ހަމަޔަގީނުން ވެސް ރާއްޖޭގެ މުޅި ކުޅިވަރުގެ އާއިލާގެ އެންމެންގެ ހާޒިރުގައި މިދިޔަ އަހަރުގެ ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރިއިރު ބާސްކެޓްގެ ވާހަކަ ފާހަގަނުކުރެވުމަކީ އެ ކުޅުންތެރިންނަށް ލިބޭނެ މާޔޫސްކަމެކެވެ. މިހާރު މި އޮތީ ކަން ވެ ނިމިފަ އެވެ. އެހެންކަމުން، އެއް އަހަރުން އަނެއް އަހަރަށް ކަންކަން ރަނގަޅުކުރަން ކުރާ މަސައްކަތުގައި މި ފަދަ ކަންކަމަށް ވެސް ބަލާލުން މުހިންމުވާނެ އެވެ.

މިދިޔަ އަހަރުގެ ސާބާ ވިމެންްސް ޗެމްޕިއަންޝިޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު މަހުލޫފާއި ބާސްކެޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެން އޮތީ މި އަހަރެވެ. މިއަހަރު ފެށުނީވެސް ކުޅިވަރުގެ ފޯރިގަދަ މުބާރާތަކުންނެވެ. ވޮލީބޯޅަ "ފޯ ނޭޝަންސް ކަޕް" އެއް ބާއްވައި ރާއްޖޭގެ އަންހެން ޓީމް އެ މުބާރާތުގެ ރިހި މެޑަލް ހޯދުމާއިއެކުގަ އެވެ. އިތުރު ބައިނަލްއަގްވާމީ ވޮލީބޯޅަ މުބާރާތެއް މި އަހަރު ބާއްވަން ވަނީ ނިންމައިފަ އެވެ. ވޮލީގެ އިތުރުން ގައުމީ ފެންވަރުގައި ކުޅޭ ގިނަ ކުޅިވަރުތަކަކުން އަމާޒު ހިފާފައިތިބީ ބައިނަލްއަގްވާމީ މުބާރާތްތަަކެއް ރާއްޖޭގައި ބޭއްވުމަށެވެ. މި ގޮތުން މިހާތަނަށް ބޮޑީބޯޑިން އަދި ބިލިއާޑުން ބާއްވާ މުބާރާތް ވަނީ އިއުލާންވެސް ކޮށްފަ އެވެ.

އަނެއްކޮޅުން މި އަހަރަކީ ރާއްޖެއިން އެންމެ ބޮޑަށް ތައްޔާރުވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޮންނަ އަހަރެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އައިއޯއައިޖީ އިން ރާއްޖެއިން ގިނަ މެޑަލްތަކެއް ހޯދާނެކަމަށް ބެލެވެ އެވެ. ގިނަ މެޑަލްތަކަކަށް ކުޅިވަރުތަކުން އަމާޒު ހިފާފައިވާއިރު، މި އަހަރު އެވޯޑު ހަފުލާގައި ހަނދާނުން ކައްސާލި ކަހަލަ ކަމެއް އަންނަ އަހަރު ނުވުމަކީ ހުރިހާ ކުޅިވަރެއްގެ އުއްމީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox