ފުރުސަތުގެ ބޭނުންހިފައި ގުރޭ ކޯޗިންގައި އިތުރު ކާމިޔާބާ ދިމާލަށް

ގައުމީ ބާސްކެޓްބޯޅަ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗު ގުރޭ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ބާސްކެޓްބޯޅަ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗު ގުރޭ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ހަންގޭރީގެ ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސް އިން އިންޓަނޭޝަނަލް ކޯޗިން ކޯސް ފުރިހަމަކުރި ޒުވާން ބާސްކެޓްބޯޅަ ކޯޗު، ގުރައިޝް އަފްރާހު (ގުރޭ) އަށް ކޯޗިންގައި އިތުރަށް ކުރިއަށްދާން ފުރުސަތުތަކެއް ފަހިވެެގެންގޮސްފި އެވެ.

އޮލިމްޕިކް ސޮލިޑާރިޓީން ރާއްޖެ އަށް ދޭ މި ކޯޗިން ކޯހުގެ ފުރުސަތު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހުޅުވާލަނީ ހުރިހާ މެމްބަރު އެސޯސިއޭޝަންތަކަށެވެ. މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ކުރިއަށްދާ އިންޓަވިއުތަކުން އެންމެ ރަނގަޅު ކަމަށް ފެންނަ، ކޯޗެއް، މި ކޯހުގައި ބައިވެރިވާން ފުރުސަތު ދޭއިރު، ރާއްޖޭން އެކަން ހާސިލްކޮށް ކޯސް ފުރިހަމަކޮށްފައި މި ވަނީ ކުރިއެރުން ހޯދަމުން އަންނަ ބާސްކެޓް ކޯޗު، ގުރޭ އެވެ.

"އަދަދު" އަށް ދިން އިންޓަވިއުއެއްގައި ގުރޭ ބުނީ، އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އަދި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އޭނާ އަށް މި ފުރުސަތު ތަނަވަސްކޮށްދިނީތީވެ ޝުކުރު އަދާކުރާ ކަމަށެވެ. އަ

Advertisement

ދި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) އާއި ބާސްކެޓް އެސޯސިއޭޝަންގެ ރައީސް، އަހުމަދު އާދަމް (އެޑަމް) އަދި އޮލިމްޕިކް ކޮމިޓީގެ އިބްރާހިމް ޝިފާޒްގެ ފަރާތުން ލިބުނު އެއްބާރުލުން ގުރޭ ފާހަގަކުރި އެވެ.

ޖުމްލަ އެކު، 13 ގައުމުން ކޯޗުން ބައިވެރިވި މި ކޯސް ދެ މަސް ދުވަހަށް ކުރިއަށްދިޔައިރު، އާންމު ގޮތެއްގައި ކުޅިވަރާ ގުޅުންހުރި މައުލޫމާތު ހިމެނޭ 12 މާއްދާއެއް ހިމެނެ އެވެ. އަދި، ބާސްކެޓްބޯޅަ އަށް ހާއްސަ ތިއަރީ އަދި ޕްރެކްޓިކަލް ބައިތަކެއް ވެސް ހިމެނުނެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދިޔަ ކޯޗިން ކޯސް ފުރިހަމަކުރުމަށް ފަހު ގުރޭ.

މި ކޯހުގައި ގުރޭ ވަނީ، އެސައިމަންޓާއި ޓެސްޓާއި ފައިނަލް ރިޕޯޓްގެ ހުރިހާ ކަމަކުން، ވަރަށް ރަނގަޅު ވަނައެއް ހޯދައިފަ އެވެ.

ގުރޭ ބުނީ، ޕީއެޗްޑީ ހާސިލްކޮށްފައިވާ ޕްރޮފެސަރުންގެ ފަރާތުން މި ކޯހުގެ ތެރެއިން މި ދަސްވި ކަންތައްތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ ކަމަށެވެ.

"ހާއްސަ ގޮތެއްގައި އަހަރެން ވަރަށް ޝައުގުވެރިކަމާ އެކު، މި ކޯހުގައި ބައިވެރިވި ތިން ބާސްކެޓްބޯޅަ ކޯޗުންގެ ފަރާތުން ކަންކަން ދަސްކުރިން. އެއީ ވަކިން ހާއްސަކޮށް ބާސްކެޓަށް ހަމަޖެހިފައި އޮތް ކްލާސްތަކެއް،" ގުރޭ ބުންޏެވެ.

ބާސްކެޓަށް ހާއްސަވި ކްލާސްތަކުގެ ތެރެއިން ގުރޭ ވަނީ ލެކްޗަރަރުންނާ އެކު ގޮސް މެޗުތައް ބަލައި އެނަލައިސްްކުރުމުގައި ވެސް ވަގުތު ހޭދަކޮށްފަ އެވެ.

"ބައިނަލްއަގުވާމީ ލެވަލްގައި އެކްރެޑިޓްކުރާ ކޯޗިން ސެޓިފިކެޓެއް ލިބުމަކީ، އަހަރެންގެ ކޯޗިން ކެރިއަރުގައި ހާސިލްކުރެވުނު ބޮޑު ކަމެއް. ކުޅިވަރު މި ދަނީ ވަރަށް އަވަހަށް ބަދަލުވަމުން، ދާއިރުގައި ކަންކަމުގެ އެންމެ ރަނގަޅު ފަހުގެ މައުލޫމާތާއި ތަމްރީނު ކުރިއަށްގެންދާނެ ގޮތާއި ވިސްނާ ގޮތްތައް ވެސް ބަދަލުވާން ޖެހޭ،" މި ކޯހަށް ފަހު، އޭނާގެ ފަރާތުން ރާއްޖޭގެ ބާސްކެޓަށް އިތުރު ހިދުމަތްތަކެއް ކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެމުން، ގުރޭ ބުންޏެވެ.

ގުރޭ އަކީ ބާސްކެޓްގެ "ހީވާގި" ހިދުމަތްތެރިއެއް: އެސޯސިއޭޝަން

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާ އެކު، އަމަލީ ގޮތުން އިސްކޮށް، ގުރޭ ކޯޗިންގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ޑިވެލޮޕްމަންޓް ސްކޮޑަކާ އެކު އެވެ.

ޕްލޭނެއް އޮވެގެން، އަންހެން ބާސްކެޓްބޯޅަ ޓީމެއް ބިލްޑް ކުރުމުގެ މަސައްކަތުގައި، ގައުމީ އަންހެން ސީނިއާ ޓީމާ އެކު، ގުރޭ، ކޯޗިން ޓީމުގައި ހިމެނިގެން، 2018 ގައި މަސައްކަތް ފެށި އެވެ.

އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރީ ގުރޭ އެވެ. ސްރީ ލަންކާގެ ކޯޗު ސުޕުން ވިމާލްއާ އެކު ގުރޭ މަސައްކަތްކުރިއިރު، ސުޕުން ދެކޭ ގޮތުގައި، ގުރޭ އަކީ، ބާސްކެޓްބޯޅައިގައި ކުރިއަށްދާނެ ހުނަަރުވެރި ކޯޗެކެވެ.

އެންމެ ފަހުން، ރާއްޖޭގައި ހޯސްޓްކުރި ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ލޯ މެޑަލް ހޯދިއިރު ވެސް ގުރޭ އަކީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ.

"ގުރޭ އަކީ ވަރަށް ކަމަށް ކަމޭހިތައިގެން، ފަރުވާތެރިކަމާ އެކު މަސައްކަތްކުރާ ކުއްޖެއް. ގުރޭ މި ހިސާބަށް އައުމުގައި ވަރަށް ބައިވަރު ޗެލެންޖަސްތަކާ ފޭސްކޮށްފައި ހުރީ. ދެން ގުރޭ ވަނީ ކޯޗިންގައި ޑަބްލިއުއޭބީސީ ލެވަލް ވަން ފުރިހަމަކޮށްފައި. ގުރޭ އަކީ ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ފުރިހަމަކޮށް އެ ކުރެވޭ އެންމެ ރަނގަޅަކަށް މަސައްކަތްކުރާ ކޯޗެއް،" ގުރޭއާ ބެހޭގޮތުން، ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަންގެ އިތުރުން، ސައުތު އޭޝިއަން ބާސްކެޓްބޯޅަ ޖަމިއްޔާގެ ރައީސް އެޑަމް، "އަދަދު" އަށް ވިދާޅުވި އެވެ.

މީގެ އިތުރުން، އެޑަމް ވިދާޅުވީ، ބާސްކެޓް އެސޯސިއޭޝަނުން ހާއްސަ ވިސްނުންތަކަކާ އެކު، 2018 ވަނަ އަހަރު ތުރީ އެކްސް ތުރީ ބާސްކެޓްގެ ކަންކަން ވަރުގަދަ އަށް ފަށައިގަތްއިރު، އޭގެ މަސައްކަތާ އެސޯސިއޭޝަންގެ ފަރާތުން ހަވާލުވެހުރީ ގުރޭ ކަމަށެެވެ.

ގުރޭ މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ 18 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމާ އެކު އެވެ. އެސޯސިއޭޝަންގައި އަމިއްލަ އަށް އެދިގެން ގުރޭ އެ ފުރުސަތުގެ ބޭނުންހިފައިގެން މަސައްކަތް ކުރަނީ ލިބޭ އެއްޗަކަށް ވުރެ ބޮޑަށް ކުޅިވަރަށް ހިދުމަތެއް ކޮށްދިނުމުގެ ގޮތުން ކަމަށް އެސޯސިއޭޝަނުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox