ހޭންޑްބޯޅައިން ފެނުނު އިއްކޮގެ ބާސްކެޓްބޯޅަ ހުވަފެން ހަގީގަތަކަށް ވީ ބުރަ މަސައްކަތުން

ހޭންޑްބޯޅައިން ފެނުނު އިއްކޮގެ ބާސްކެޓްބޯޅަ ހުވަފެން ހަގީގަތަކަށް ވީ ބުރަ މަސައްކަތުން

"އެ މުބާރާތައް (ސާބާ ޗެމްޕިއަންޝިޕް) މުބާރާތައް ނުކުތްއިރު، މުޅި ޓީމުގެ ޓާގެޓަކަށްވީ ނޭޕާލް ބަލިކުރަން ފުރަތަމަ މެޗުގައި. އެއީ އެސްއޭ (ސައުތު އޭޝިއަން ގޭމްސް) ގައި 2019 ވަނަ އަހަރު ބަލިވީ ނޭޕާލް އަތުން. މެޑަލް ވެސް ގެއްލުނީ އެހެންވެ، އެހެންވެ، އެ މުބާރާތައް ނުކުތީ ނޭޕާލް ފުރަތަމަ މެޗުން ބަލިކުރަން އެ މެޗު ހަނދާން ހުރޭ ވަރަށް"

އާމިނަތު އިސްރާއު އަބްދުއް ޝުކުރޫ, 28، އޭނާގެ ކެރިއަރުގެ އެންމެ ހަނދާން ހުންނަ މެޗަކީ މިއީ އެވެ. ކުޑައިރުން ފެށިގެން ކުޅިވަރަށް ލޯބިކުރި އިއްކޮ އަކީ ސްކޫލް ދައުރުން ފެށިގެން އެކި ކުޅިވަރުތަކުގައި ބައިވެރިވަމުން އައި އުންމީދީ އެތުލީޓެކެވެ.

އެންމެ ފުރަތަމަ އިއްކޮ ކުޅެން ފެށީ ބާސްކެޓް ބޯޅައެއް ނޫނެވެ. ކުޑައިރުގެ ހަނދާންތައް އާކުރަމުން އިއްކޮ ކިޔައިދިން ގޮތުގައި އޭނާގެ ކުޅިވަރު ހަޔާތުގައި އެންމެ ފުރަތަމަ ނުކުތީ ނެޓްބޯޅަ ކޯޓަށް ކަމަށެެވެ.

ބާސްކެޓަށް އިއްކޮގެ "ހިތްދޫވީ" އިންޓަ ސްކޫލުން

އިއްކޮގެ ބާސްކެޓް ހަޔާތުގެ އެންމެ މުހިންމު ދުވަސްތަކަކީ އިންޓަ ސްކޫލުގައި އިމާދުއްދީން ޖާޒީގައި ކުޅުނު ދުވަސްވަރެވެ. އިންޓަ ސްކޫލުގައި ހޭދަކުރި ދުވަސްވަރު, ބާސްކެޓަށް ހިތްދޫވި އިއްކޮ އަށް ބާސްކެޓްގައި އެންމެ މަޖާ ދުވަސްވަރަކީ ވެސް އެއީ ކަމަށް އޭނާ ބުނެ އެވެ.

"އަސްލު އެންމެ ފުރަތަމަ ފެށީ ނެޓްބޯލް އިން ދޯ. އެކަމަކު, ބާސްކެޓް ކުޅެފަ, ބާސްކެޓް ކުޅޭ ހިތްވީ. ދެން އިންޓަ ސްކޫލް އޭރު ވަރަށް ކޮމްޕެޓިޓް. މިހާރުގެ މުބާރަތްތަކަށް ވުރެ ވެސް ކޮމްޕެޓިޓް އޭރު އިންޓަ ސްކޫލް. އެއީ ދެން ބާސްކެޓްގައި އެންމެ ފަން ދުވަސްކޮޅު" އިއްކޮ ބުންޏެވެ.

ސްކޫލް ދައުރު ނިންމާލުމަށް ފަހު ބާސްކެޓްބޯޅައިން ކުރިއަށްދާން ނިންމައިގެން ހުރި ނަމަވެސް، އިއްކޮ، އުމުރުން އެންމެ 18 އަހަރުގައި, ބާސްކެޓް ދޫކޮށް ހޭންޑް ބޯޅަ ކުޅެން ނިންމަން ޖެހުނީ ސަބަބުތަކަކާ ވެސް ހެދި އެވެ. އެއީ، އަންހެން ބާސްކެޓް ބޯޅަ އަށް އައި "ކޮޅިގަނޑެއް" ގައި، ބާސްކެޓްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އޭރު ހޭންޑްބޯލް ކުޅެން ނިންމައި، އެ ކުޅިވަރަށް ބަދަލުވާން ނިންމުމުންނެވެ. އެއާއެކު, އަންހެން ބާސްކެޓް ބޯޅަ މުޅިން ކަހަލަ ގޮތަކަށް ހުއްޓުނެވެ.

ރާއްޖޭގައި ކުރިއަށްދިޔަ ސާބާ މުބާރާތުގެ ތެރެއިން އިއްކޮ ބޯޅަ ހިފައިގެން ދުވަނީ.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އިއްކޮ, ބާސްކެޓް ދޫކޮށް ގައުމީ ހޭންޑް ބޯލް ޓީމުގައި ހަތަރު އަހަރު ރާއްޖެ ތަމްސީލުކުރި އެވެ. އެއީ، އެ ދުވަސްވަރު އަންހެން ބާސްކެޓް ބޯޅައިގެ އެއްވެސް ކުރިމަގެއް ފެންނަން ނެތުމާއި، އިއްކޮގެ އައިޑޮލުން ކަމުގައިވާ އައިމިނަތު ޝިއުރާ އަދި ފާތިމަތު ރިޝްމާ ވެސް ބާސްކެޓް ދޫކޮށް ހޭންޑްބޯލް ޓީމާ ގުޅުމުންނެވެ.

"ސްކޫލް ނިންމާފަ ވެސް އަސްލު އިއްކޮ ބޭނުންވީ ބާސްކެޓް ކުޅެން. އެކަމަކު، ބާސްކެޓްގައި އެ ހިނގި ކަމަކުން އިޓް ވޯސް އަންހެން ބާސްކެޓްގެ ޑައުން ފޯލް. ދެން، އިއްކޮ، ލުކްފޯވާޑް ކުރާ ދެ މީހުން ޝިއުޓޯ އާއި ރިސްޓޯ ވެސް ބަދަލުވީ ހޭންޑް ބޯލް އަށް. ދެ އާ ވޯޒް ނޯ ބާސްކެޓް ބޯލް ފޯ ވަން އެންޑް ހާފް އިއާޒް (ދޮޅު އަހަރު އަންހެން ބާސްކެޓްބޯޅައިގެ ކަމެއް ނެތް)" އިއްކޮ ހޭންޑްބޯލް އަށް ބަދަލުވި ގޮތް ކިޔައިދެމުން ބުންޏެވެ.

ބާސްކެޓްގެ އެނބުރި އައުން 3X3 އާ ގުޅިފައި

ހަތަރު އަހަރު، ގައުމީ އަދި ބައިނަލްއަގުވާމީ ލެވަލްގައި ހޭންޑްބޯލް ކުޅުމަށް ފަހު އިއްކޮ، އަލުން ބާސްކެޓްގެ ތެރެއަށް އައީ 2019 ވަނަ އަހަރެވެ. އެއީ، އަބަދުވެސް ބާސްކެޓަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. މީގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން، ސްރީ ލަންކާގެ ކޯޗު، ސުޕުން ވިމާލް، ދިވެހި ބާސްކެޓުން، އެދެމުން އައި އެދުން ފުއްދައި ދިނުމަކީ ވެސް އިއްކޮގެ އެއް އަމާޒެވެ.

ބާސްކެޓަށް އިއްކޮ, އެނބުރި އައީ 3X3 މުބާރާތަކަށެވެ. ފުރަތަމަ މުބާރާތަކީ ވެސް ބައިނަލްއަގްވާމީ މުބާރާތެކެވެ. އެކަމަކު، އެ މުބާރާތުގެ ނަތީޖާ އެންމެ ބޭނުންވި ގޮތައް ނުދިޔަ ނަމަވެސް އިއްކޮގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ.

ރާއްޖޭގައި ކުރިއަށްދިޔަ ސާބާ ޗެމްޕިއަންޝިޕްގެ ތެރެއިން އިއްކޮ: އެ މުބާރާތަކީ އިއްކޮ އަށް ވަރަށް ހާއްސަ މުބާރާތެއް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އެކަށީގެންވާ މުއްދަތެއްގައި، ހޭންޑްބޯލް ކުޅެފައި އެނބުރި އައުމުން، ބާސްކެޓްގެ "ޓަޗް" ވެސް ގެއްލިފައި ހުރުމުން އިއްކޮ އަޒުމް ކަނޑައެޅީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރުމަށެވެ. އޭގެ ނަތީޖާ އަކަށްވީ ކޯޓު މަތީގައި އޭނާގެ ކުޅުން ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް ބާސްކެޓްގެ ތަރިއަކަށް ވުމެވެ.

"ހޭންޑްބޯލްގައި އުޅެފަ ބާސްކެޓަށް އައިއިރު, ކުޑަކޮށް ބާސްކެޓްގެ ޓަޗް ހުރީ ގެއްލިފައި. އެހެންވެ, އިއްކޮ މަސައްކަތް ކުރީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަން. ދެން އަމިއްލަ އަށްވެސް ވަރަށް މަސައްކަތް ކުރިން އިމްޕްރޫވް ކުރަން" އިއްކޮ ބުންޏެވެ.

ސާބާ ޗެމްޕިއަންޝިޕް, އިއްކޮގެ ކާމިޔާބީގެ ފެށުން

މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ބޭއްވި ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު, ނިމެން 40 ސިކުންތައް ވެފައި ހުއްޓަ, އިއްކޮ ސްކޯކުރި ބާސްކެޓަކީ މުޅި ބާސްކެޓް ކޮމިއުނިޓީ އަށް އަދި ދިވެހި ބާސްކެޓަށް ކޮށުނު މަގެކެވެ. އެ މެޗުގައި ހުރިހާ ގޮތަކުންވެސް އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔަކަށް އިއްކޮ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

އެ މެޗަކީ އިއްކޮ އަށް ހާއްސަ މެޗެކެވެ. ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އެ މެޗުން ދިވެހި އަންހެން ބާސްކެޓް ޓީމް މޮޅުވާން ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރަން ޖެހެ އެވެ. އެއީ، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލް އަތުން ރާއްޖެ ބަލިވެ، ލޯ މެޑަލް ގެއްލުނު މެޗުގެ ބަދަލު ހިފަން ދިވެހި ޓީމު ނުކުތް މެޗުވެސް މެ އެވެ.

އިއްކޮ ދެކޭ ގޮތުގައި ސާބާ ޗެމްޕިއަންޝިޕަކީ މިހާތަނަށް އިއްކޮ އަށް އެންމެ މޮޅަށް ކުޅެވުނު މުބާރާތެވެ. އަދި އެއީ އިއްކޮގެ ބާސްކެޓް ކެރިޔަރުގެ ކާމިޔާބީތަކުގެ ފެށުން ވެސް މެއެވެ.

"ނޭޕާލް މެޗު އެއީ ވަރަށް ޕީކް މެޗެއް. ނޭޕާލް ބަލިކުރުން އެއީ މުޅި ބާސްކެޓް ޓީމުގެ އެންމެ ބޮޑު ޓާގެޓް. އެ މުބާރާތް އެއީ އިއްކޮގެ އެންމެ ޕީކް. ހަމައެކަނި އެ މުބާރާތެއް ނޫން އެ އަހަރު އެއީ އިއްކޮގެ ޕީކް" އިއްކޮ ބުންޏެވެ.

ކާމިޔާބު ކުޅުންތެރިޔަކަށް ވަނީ ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާ އެކުގަ އެވެ. އިއްކޮގެ ކާމިޔާބީގެ ފަހަތުގައި އަބަދުވެސް ހުރީ އޭނާގެ މަންމަ އެވެ. އެންމެ ކުޑައިރުން ފަށައިގެން މަންމަ އިއްކޮ އަށް ދިން ހިތްވަރު، އިއްކޮ ފާހަގަ ކުރެ އެވެ.

"ފުރަތަމަ ވެސް މަންމަ. އެންމެ ކުޑައިރުން ފެށިގެން ހިނގާފައި، ޕްރެކްޓިސްތަކަށް ލާދީ ކަންކަން ކޮށްދިނީ މަންމަ" އިއްކޮ މަންމަ ވެދިން އެހީތެރިކަން ފާހަގަކޮށް ބުންޏެވެ.

ބާސްކެޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންޑޯ އެއް ނެތުން

އިންޑޯ ކުޅިވަރުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މި ވަގުތު އިންޑޯގެ އެންމެ ކޯޓެއް އޮތުމެވެ. އެއީ، ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓެވެ. މިއީ އެތަށް ކުޅިވަރުތަކަކުން ބޭނުން ކުރަން އޮތް ހަމައެކަނި ކޯޓެވެ.

ސާބާ މުބާރާތުގެ ތެރެއިން އިއްކޮ މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ބާސްކެޓް ކުރިއަރުވަން ބަލާއިރު، އިއްކޮ އަށް ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ބާސްކެޓަށް ހާއްސަ އިންޑޯ ކޯޓެއް އޮތުމުގެ މުހިންމު ކަމެވެ.

"މިހާރު ދެން ޕްރެކްޓިސް ކުރަން މި ލިބެނީ ވޮލީ އާއި ނެޓްބޯލް ޕްރެކްޓިކްސް ތަކަށް ބަލާފަ. މަދު ދުވަސްކޮޅަކު. އައުޓް ޑޯ ކޯޓަށް ބެލިޔަސް ވިއްސާރަ ވިއްޔާ، އެ ކޯޓުގައި ޕްރެކްޓިސް އެއް ނުކުރެވޭ." އިއްކޮ ބުންޏެވެ.

މި ހުރިހާ ގޮންޖެހުންތަކާއެކުގައި ވެސް އިއްކޮ ދެކެމުން އަންނަ ހުވަފެނެއް އެބައޮތެވެ. އެއީ ދެ ފަހަރެއްގެ މަތިން ލޯ މެޑަލް ބާސްކެޓް ޓީމަށް ލިބިފައިވިޔަސް އެހެން މެޑަލް އެއް ހޯދުމުގެ އަޒުމެވެ.

އަރަމުން އަންނަ ކުޅުންތެރިންނަށް އިއްކޮގެ ހާއްސަ މެސެޖެއް އެބައޮތެވެ. އެއީ، ބާސްކެޓް ކޯޓުން ބޭރުންވެސް ކާމިޔާބު ކުޅުންތެރިއަކަށްވާ މަސައްކަތް ކުރުމެވެ. އެއީ، ކެރިއަރެއް ބިނާކުރަން ބޭނުންވާ ޑިސިޕްލިން ދެމެހެއްޓުމެވެ. އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އިއްކޮ ފާހަގަ ކުރެ އެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އިއްކޮ ދޭ ހާއްސަ މެސެޖެކެވެ. އެއީ އަމިއްލަ ތަޖުރިބާއިން ވެސް މެ އެވެ.

ނިންމާލަމުން، އިއްކޮ ދިނީ ބާސްކެޓް ކޮމިއުނިޓީ އަށް މެސެޖެކެވެ. "ސްޓިކް ޓު ގެދާ ނޯ މެޓާ ވަޓް - ބާސްކެޓް ކުރިއެރުވޭނީ އެކަކު އަނެކަކަށް އެހީތެރިވެގެން،"

ކޮމެންޓް

ފަހުގެ ޚަބަރު

އިންގްލެންޑް އަތުން މޮޅުވެ ސްޕެއިނުން ފެންވަރުދައްކާލައިފި

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ލީޑުނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށް ސްޕެއިނުން އެ ގައުމުގެ ފެންވަރު ދައްކާލައިފި. މި މޮޅާއެކު ސްޕެއިނުން ބަލިނުވެ ހަދާފައިވާ ރެކޯޑް 39 މެޗަށް އިތުރުކޮށްފައިވާއިރު، އިންގްލެންޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ނުކުރެވި މެޗުން ވަނީ ބަލިވެފައި

އިންޑިއާ އިން ދެއްކި ޖެހިލުންކުޑަ ކުޅުމަށް ކޯޗުގެ ތައުރީފު

ފީފާ ރޭންކިންގެ 44 ވަނައިގައި އޮތް ޕެނަމާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުކޮށް، އިންޑިއާގެ ގައުމީ ޓީމުން ތާރީޚީ ނަތީޖާއެއް ހޯދައިފި. މި މެޗުގައި އިންޑިއާގެ ކުޅުންތެރިން ދެއްކި ޖެހިލުންކުޑަ ކުޅުމަށް ކޯޗު ހާލިދު ޖާމިލް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިންޑިއާ އިން ދެން އެންމެ އަވަހަށް ބައްދަލުކުރާނީ ވަރުގަދަ ބްރެޒިލް އަދި އުރުގުއޭއާ

އޭއެފްސީން ރާއްޖޭ އަށް އޮތް ފަންޑިން ސަސްޕެންޝަން އުވާލައިފި

އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުން އޭއެފްސީން ރާއްޖެއަށް ދީފައިވާ ފަންޑިން ސަސްޕެންޝަން އުވާލައި، ދައްކަންޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާފުކޮށްދީފި. މި ލުއިތަކާއެކު 2027 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ބަޖެޓް ސަޕޯޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބިގެންދާނެ

ޕާމާ އަށް އިންގްލެންޑަށް ނުކުޅެވެނީ ގިނަ ފުރުސަތުތަކެއް ގެއްލޭތީ

ޗެލްސީގެ ކޯލް ޕާމާ އަށް އިންގްލެންޑް ގައުމީ ޓީމުން ގިނަ ފުރުސަތުތަކެއް ގެއްލެނީ ފިޓްނަސް މައްސަލަތަކާ ހުރެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. މިފަހަރުގެ ނޭޝަންސް ލީގު ސްކޮޑުން ޕާމާ ވަކިވީ އަނިޔާގެ މައްސަލަތަކެއް ހުރުމުން، ކްލަބުގެ އެހީތެރިކަމާއެކު ހާއްސަ ފިޓްނަސް ޕްލޭނެއް ފުރިހަމަކުރުމަށެވެ.

މެންޗެސްޓާ ސިޓީގެ ތަށިތައް އަތުލަން ގޮވާލާ އަޑުތައް ގަދަވަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވުމާ ގުޅިގެން، އެ ކްލަބުން ހޯދާފައިވާ ތަށިތައް އަތުލުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައި. މި މައްސަލައިގައި ސިޓީއަށް ދެވޭނެ އަދަބުތަކުގެ ތެރޭގައި ޕޮއިންޓް އުނިކުރުމާއި، ލީގުން ވަކިކުރުން ނުވަތަ ކާމިޔާބުކުރި ތަށިތައް އަތުލުން ހިމެނޭ

މާޒީގެ ވާހަކަ ދައްކައިގެން އިޓަލީ އަށް ފައިދާއެއް ނެތް: މަންޗިނީ

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވި މަންޗިނީ ބުނީ، މާޒީގައި ވޯލްޑް ކަޕަށް ކޮލިފައިނުވުން ފަދަ ކަންކަމާ މެދު ވާހަކަދެއްކުމުގެ ބަދަލުގައި މުސްތަގުބަލަށް ވިސްނައިގެން މަސައްކަތްކުރުން މުހިންމު ކަމަށް. އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް އަތުން އިޓަލީ ބަލިވި މެޗަށް ފަހު، ޓީމުގެ މާޔޫސްކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން

ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހި ވަގުތު އެމްބާޕޭ އަށް އަނިޔާއެއް

ޒިނެދިން ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ އަތުން 1-0 އިން މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކީލިއަން އެމްބާޕޭގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާގެ ސަބަބުން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ދެން އޮތް ތިން މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ކޯޗު ޒިދާން ވަނީ ކަށަވަރުކޮށްދީފައެވެ.

Newsletter

Get the latest news delivered straight to your inbox