ސާބާ ޗެމްޕިއަންޝިޕް: ނޭޕާލް ކައިރިން ބަދަލުހިފައި ރާއްޖެ އަށް ތާރީހީ މޮޅެއް

Sep 25, 2022, 7:03 PM
ނޭޕާލް އަތުން ރާއްޖެ މޮޅުކޮށްދޭން އެންމެ މުހިންމު ރޯލެއް އަދާކުރި އިއްކޮ މެޗުގެ ތެރެއިން ތިން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނޭޕާލް އަތުން ރާއްޖެ މޮޅުކޮށްދޭން އެންމެ މުހިންމު ރޯލެއް އަދާކުރި އިއްކޮ މެޗުގެ ތެރެއިން ތިން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މެޗު ނިމެން ދޮޅު މިނެޓަށް ވެފައިވަނިކޮށް ހޯދި ޕޮއިންޓުތަކާ އެކު ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ އިން ތާރީޙީ މޮޅެއް ހޯދައިފި އެވެ.

ސަރަހައްދީ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލް އަތުން މިރޭ ރާއްޖެއިން ހޯދި މޮޅަކީ އަންހެން ބާސްކެޓްބޯޅައިގެ ތާރީޚުގައި ރާއްޖެއިން ނޭޕާލް އަތުން ހޯދި ފުރަތަމަ މޮޅެވެ. އެ ގޮތުން، 2016 ގެ ސާބާ އަންހެން މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ބަލިވިއިރު، 2019ގެ ސާފް ގޭމްސްގައި ރާއްޖެ ނޭޕާލް އަތުން ބަލިވީ ނުވަ ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 76-62 ޕޮއިންޓުންނެވެ.

އެ ދެ މުބާރާތުގައި ވެސް ރިހި މެޑަލް ހޯދި ނޭޕާލް އަތުން މިރޭ ރާއްޖެއިން ވަނީ ބަދަލު ހިފައި އަމިއްލަ ގައުމުގައި ބަލިކޮށްފަ އެވެ. ރާއްޖޭން ނޭޕާލް ބަލިކުރީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު 51-47 ޕޮއިންޓުންނެވެ.

ނޭޕާލް އަތުން މޮޅުވި މެޗު ފަށައިގެން ދިވެހި ޓީމުން ކުޑަ ލީޑެއްގައި އޮވެ ކުޅުނެވެ. ފުރަތަމަ ކުއާޓާ އިން ފެށިގެން މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށް ދެ ޓީމުން ވެސް ފެނުނީ ވަރަށް ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. މެޗު ފަށައިގެން ރާއްޖޭގެ އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) އަދި ރައިފާ އިބްރާހިމް ރަނގަޅު ފޯމެއްގައި ކުޅުނެވެ. ފުރަތަމަ ކުއާޓާ ނިމުނީ 16-14 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ކުއާޓާ ފެނުނީ ދެ ޓީމުން ވެސް ސްކޯކުރަން ލިބުނު ގިނަ ފުރުސަތުތައް ބޭނުން ނުކުރެވި ދިޔަތަނެވެ. ނަތީޖާއެއްގެ ގޮތުން ގޭމުގެ ސްޕީޑު ލަސްވެ ކުޅުންތެރިން ވަރުބަލިކޮށް ފެނުނެވެ. މި ކުއާޓާ ނިމުނީ 25-24 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. މެޗުގެ އޮއިވަރު އެއްކޮށް ބަދަލުކޮށްލި ކުއާޓާއަކަށްވީ ތިންވަނަ ކުއާޓާ އެވެ.

މިރޭގެ މެޗުގެ ތެރެއިން ރާއްޖޭގެ އިއްކޮ (ކ) ނޭޕާލްގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތިން ވަނަ ކުއާޓާ ފަށައިގެން ނޭޕާލުން ގޭމް ޕްލޭން ބަދަލުކޮށް ރާއްޖޭގެ ކުޅުންތެރިން ހުއްޓުވުމުގައި ކުރި ހޯދި އެވެ. އަދި އެޓޭކުގައި ތަފާތު ދައްކައި ލީޑެއް ނެގި އެވެ. ނޭޕާލުން 34-36 ޕޮއިންޓުން ލީޑުގައި އޮވެ، ނިންމާލީ މި ކުއާޓާގެ ފަރަގު ކުޑަކުރުމުގައި އިއްކޮ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ހަތަރު ވަނަ ކުއާޓާގެ ކުރީކޮޅު ރާއްޖޭގެ ކުޅުންތެރިން ފެނުނީ ރަނގަޅަށް ޕްރެޝަރު ހޭންޑްލް ނުކުރެވި ގިނަ މިސްޓޭކްތަކެއް ހެދި ތަނެވެ. ނަތީޖާއެއްގެ ގޮތުން ނޭޕާލުން ލީޑު ހަތަރު ޕޮއިންޓަށް ފުޅާކުރި އެވެ. ސްކޯ 36-40 ގައި އޮއްވައި ސްކޯ ބޯޑުގެ ކަރަންޓުގޮސް މެޗު ފަސް ވަރަކަށް މިނެޓަށް މެދު ކަނޑާލަން ޖެހުނެވެ. މި ބްރޭކްވީ ރާއްޖެއަށް ނަތީޖާ އަނބުރާލަން ލިބުނު ހިތްވަރަކަށެވެ. ސަބަބަކީ ގިނަ ވަގުތު މެޗުގައި ކުޅުނު ރާއްޖޭގެ މުހިންމު ތިން ކުޅުންތެރިންކަމަށްވާ އިއްކޮ، އާމިނަތު ޝިއުރާ އަދި ފާތިމަތު ރިޝްމާ އަށް ވަރުބަލިފިލުވާލަން ވަގުތު ކޮޅެއް ލިބުމެވެ.

ސްކޯ ބޯޑު ރަނގަޅުކޮށް އަނެއްކާ މެޗު ފަށައިގެން ނޭޕާލް ކުރީގައި ގިނަ ވަގުތު އޮތެވެ. މެޗު ނިމެން ދޮޅު މިނެޓު އޮތްއިރު ނޭޕާލް އޮތީ 42-44 ޕޮއިންޓުން ކުރީގަ އެވެ. އޭގެ ފަހުން ފެނުނީ ވަރަށް ރަނގަޅު ދެ ޑިފެންސެއްކޮށް ފާސްޓް ބްރޭކުގައި ރާއްޖޭގެ ރިޝްމާ, ގާތް ގާތުގައި ދެ ސްކޯއެއް ކުރި ތަނެވެ. އޭގެ ފަހުން, ނޭޕާލުން ސްކޯއެއް ކޮށް، ލީޑެއް ނަގަން ފުރުސަތު ނުދީ އަނެއްކާވެސް ރާއްޖޭގެ އިއްކޮ ތިން ޕޮއިންޓެއް ސްކޯކޮށް މެޗުން ދިވެހިރާއްޖެ މޮޅުވުމުގެ އުއްމީދު ދަމަހައްޓައިދިނެވެ.

ފަހު ވަގުތު ރާއްޖެއަށް ލިބުނު ފުރުސަތުގައި ޕްރެޝަރު ދަނޑިވަޅުގައި ދެ ފްރީތުރޯ ވައްޓައި ރާއީ ހަމްޒާ ވެސް ރާއްޖޭގެ ލީޑު ފުޅާކޮށްދިނެވެ.

މި މޮޅާ އެކު މި މުބާރާތުން އެންމެ ފަހުން ރާއްޖެ ހޯދި ލޯ މެޑައްޔަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފަހި ފުރުސަތެއް ރާއްޖެ އަށް ލިބޭނެ އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ 4 ގައުމު ކަމަށްވާތީ ކުރިއަށް އޮތް ދެ މެޗުގައި ރާއްޖެއިން ނެރޭ ނަތީޖާއަށް ބަލައި ރާއްޖެ އަށް ރަން މެޑަލް ވެސް އަދި ރިހި މެޑަލްވެސް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާބާ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ސްރީ ލާންކާ އާއި ބޫޓާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox