އެސްޓީއޯއިން ފްރިޖެއް ގަނެގެން 1500ރ. ގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު

އެސްޓީއޯއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ އިސްތިހާރެއް: އެ ޕްރޮމޯޝަނުގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ އިސްތިހާރެއް: އެ ޕްރޮމޯޝަނުގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ -- ފޮޓޯ: އެސްޓީއޯ

ކޮންމެ ހަފްތާއަކު ނަސީބުވެރި ތިން ފަރާތަކަށް 1500ރ. ގެ އަގުހުރި ގިފްޓު ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން މިއަދު ފަށައިފި އެވެ.

މިއަންނަ އޯގަސްޓް 5، އާ ހަމައަށް ކުރިއަށް ގެންދާ "ހިޓާޗީ ފުރިޖް ޕުރޮމޯ" ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގަ އެވެ.

ކަނޑައެޅިފައިވާ ވަކި އައިޓަމްތަކަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރި ތިން ފަރާތަކަށް 1500ރ. ގެ އަހުގުރި ގިފްޓު ވައުޗަރެއް ލިބޭނެ އެވެ. އެ ގިފްޓު ވައުޗަރުގެ ދަށުން އިނާމުގެ ގޮތުގައި ލިބޭނީ ސުޕަމާކެޓު އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފުރިޖުގައި ރައްކާކުރާ ބާވަތުގެ ތަކެއްޗެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ބައެއް ސާމާނު
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ބައެއް ސާމާނު

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ބައެއް ސާމާނު: ކުރާ ކޮންމެ 1000ރ. ގެ ވިޔަފާރިއަކަށް -- ފޮޓޯ: އެސްޓީއޯ

އެ ޕްރޮމޯޝަނުގައި ހިމެނޭ ފުރިޖުތައް ގަތުމަށް ކަސްޓަމަރުން ހޭދަކުރާ ކޮންމެ 1000ރ. އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.

ކަސްޓަމަރުންގެ މެދުގައި މަގުބޫލު ހިޓާޗީ ބުރޭންޑުގެ ސާމާނު އެސްޓީއޯއިން ވިއްކާތާ 25 އަހަރު ވާއިރު، މިބުރޭންޑުގެ ފުރިޖުގެ އިތުރުން ހިޓާޗީ ދޮންނަ މެޝިން، އެއާ ޕިޔުރިފަޔާ، ޓީވީގެ އިތުރުން ޕަންޕު، ވެކިޔުމް ކުލީނާ، ރައިސް ކުކާ، އަވަން، އަދި އެއާކޯންވެސް އެކުންފުނިން ވިއްކަމުންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox