އިމްރާން ދެއްވަނީ ޔަގީންކަން؛ "ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ"

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "އަދަދު" އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "އަދަދު" އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޭންގުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އެ މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

ފުލުހުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ގޭންގުތަކުގެ ހާލަތު ހުރީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގަ އެވެ. ގޭންގުތަކުގެ ނުފޫޒު ދައުލަތުގެ އެކި މުއައްސަސާތަކަށާއި ސިޔާސީ އިސް މީހުންނަށް ކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

"ގޭންގުތަކުގެ ކުރިމަތީގައި އަޅުގަނޑު ކުޑަކޮށް ވެސް ކުޑަކަކޫ ނުޖަހާނަން، ތިރި ނުވާނަން އިނގޭތޯ،" ގޭންގުތަކުގެ އެއްވެސް ނުފޫޒެއް މިނިސްޓަރަށް ފޯރާފައިވޭތޯ "އަދަދު" އިން ސުވާލުކުރުމުން އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ގޭންގުތަކުގެ މައްސަލައަކީ އެ މަގާމާ ހަވާލުވީއްސުރެ އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެވެ. އެގޮތުން މިފަދަ ކަންކަން ހިނގަމުން އަންނާތީ، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިގެން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން ދައުލަތުގެ ހުރިހާ މުވައްސަސާތަކާއި އަދި ދައުލަތުގެ ނުފޫޒުގަދަ ފަރާތްތަކުން ދިމާވާ މިފަދަ ކަންކަން ހައްލު ކުރެވޭނެ ކަމަށް އަޅުގަނޑަށާއި ފުލުހުންނަށް ފެންނަނީ ހުދު ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ބައެއް ކަންކަން ކުރެވިގެން،" އިމްރާން ވިދާޅުވި އެވެ.

މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވެސް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ޓާސްކް ފޯސް އެއް އެކުލަވާލައި، ކުރު ރާސްތާ، މެދު ރާސްތާ އަދި ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން އެ މަސައްކަތްތައް ކުރެވެމުން އަންނަ ކަން އިމްރާން ފާހަގަކުރެއްވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަނީ ކުރު ރާސްތާގައި ކުރަން ޖެހޭ މަސައްކަތްތަކެވެ؛ އެއީ ސިފައިންނާއި ފުލުހުން ގުޅިގެން އޮޕަރޭޝަން ހިންގައި، ކައިރިން ބަލައި، ދުވަހުން ދުވަހަށް ދިމާވާ ކަންކަން ކޮންޓްރޯލް ކުރުމަށް ޓަކައި ކުރާ ކަންކަމެވެ.

"އެހެންނަމަވެސް މުޅި މައްސަލައަށް ހައްލެއް ގެނައުމަށް ޓަކައި އަޅުގަނޑުމެން މެދު ރާސްތާގައި ރާވާފައި ހުރި ކަންކަން ކުރެވުނީމާ އެއީ ނަތީޖާ އަސްލުގައި ދުރުކޮށް ފެންނަން ފަށާނެ ހިސާބު، މިހާރު މިދަނީ ކިރިޔާ ހިފެހެއްޓެމުން ނުހިފެހެއްޓެމުން،" އިމްރާން ވިދާޅުވި އެވެ.

މެދު ރާސްތާގެ ޕްލޭންގެ ދަށުން ގާނޫނަށް ބަދަލު ގެނެސް، އުމްރާނީ ވަސީލަތްތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އަދި ގޭންގުތަކުގައި ބައިވެރިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox