ޔޯގާ މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން މަޖިލިސް ކޮމިޓީއަށް ހާޒިރުކުރަނީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު; ޔޯގާގެ މައްސަލާގައި މިިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު; ޔޯގާގެ މައްސަލާގައި މިިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމި

ޔޯގާއާ ގުޅިގެން ސުވާލު އުފެދިފައިވަނިކޮށް އިސްލާމް ދީނުގައި އެ ކަން ބަޔާންކޮށްފައި އޮންނަ ގޮތް ފަތުވާ މަޖިލީހުުން ބަލާފައި ނެތުމާއި އިސްލާމިކް މިނިސްޓްރީގެ ތެރެއިން އިޖުރާއަތާ ހިލާފު ސިޓީއެއް އެ ކަމުގައި ފޮނުވި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅީ އެ ކޮމިޓީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އެދިވަޑައިގަތީ އިޖުރާއަތްތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީގެ ތެރެއިން ޔޯގާއާ ގުޅޭ ގޮތުން ފަތުވާއެއް ނެރެ، ޔޯގާ ހަރަކާތް ހުއްޓުވަން އަންގައި ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީއެއް ފޮނުވި ގޮތެއް ބަލައިދިނުމަށެވެ.

Advertisement

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވީ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

އެހެން ނަމަވެސް ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާ ގުޅުން ހުރި ކަންކަން އެ ކޮމިޓީއަށް ނުބެލޭނެ ކަމަށް ގަވާއިދުގައިވާ ކަމަށެވެ. ސަލާމަތީ ހިދުމަތްތަކުގެ ކަންކަން ބަލަނީ 241 ކޮމިޓީންނެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ ޕީޕީއެމްގެ މެންބަރު ތޯރިގްގެ ހުށަހެޅުއްވުމުގައިވާ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރަން ތާއީދުކުރައްވައިފަ އެވެ.

އެ ގޮތަށް ކުރިއަށް ގެންދަަން އެއްވެސް މެންބަރަކު އިއުތިރާޒު ކުރައްވާފައި ނެތުމުން، މަޖިލީހުގެ ކޮމިޓީން ނިންމީ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރުމަށެވެ.

އިޖުރާއަތާ ހިލާފަށް ނެރުނު ފަތުވާ ހިމެނޭ ސިޓީގައި އޮތީ ކީކޭ؟

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެއީ ހިންދޫންގެ އަޅުކަމެއް ކަމަށެވެ.

ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށްވާތީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންތައްތަކެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލީހުންނާއި، 2008 ވަނަ އަހަރު މެލޭޝިޔާގެ ފަތުވާދޭ މަޖިލީހުން، ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ފަތުވާ ނެރެފައިވާ ކަމަށް ސިޓީގައިވެ އެވެ.

އެ ގޮތުން، އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ވެސް އަދި އަޅުކަމެއްގެ ގޮތުގައި ވެސް އެ ކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ވެ އެވެ. އަދި އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާއަށް އަސަރުކުރާ ކަމަށް ވެސް ދެ ގައުމުގެ ފަތުވާއާ ހަވާލާދީ ފުލުހުންނަށް ފޮނުވި އެ ސިޓީގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox