ބުނި ތާރީހަށް އޮލިމްޕަހުގެ މަސައްކަތް ނުނިމުނު؛ އަނެއްކާވެސް އާ ތާރީހެއް

އޮލިމްޕަސް -- ފައިލް ފޮޓޯ

އޮލިމްޕަސް -- ފައިލް ފޮޓޯ

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ނިންމައި ސެޕްޓެމްބަރު މަހު ހުޅުވޭނެ ކަމަށް ކުރިން ބުނި ނަމަވެސް، އެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ލަފާކުރަނީ އަންނަ މަހުގެ ނިޔަލަށް ކަމަށް އާޓްސް މިނިސްޓްރީން ބުނެފި އެވެ.

މީގެ ކުރިން މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް (އެންސީއޭ) އިން ވަނީ އެ މަސައްކަތް ޖޫން މަހުގެ ފަހުކޮޅަށް ނިމި، އޮލިމްޕަސް އަލުން ހުޅުވާލެވޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެ މަސައްކަތް ނުނިމި، ފަހުން ވަނީ ސެޕްޓެމްބަރު މަހުގައި ނިމޭނެ ކަމަށް ބުނެ އާ ތާރީހެއް ދީފަ އެވެ.

މި މަސައްކަތުގެ އަޕްޑޭޓެއް ލިޔުމުން ހޯދުމަށް މަޑަވެލި ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ފިރުޝާން ވަނީ މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރައްވާފަ އެވެ.

އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރާ ކަމަށް މިނިސްޓަރު ވިދާޅުވިނަމަވެސް ލަސްވާ ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޮލިމްޕަހުގައި ހިންގާ ހަރަކާތްތައް އިޝްތިހާރު ކުރުމަށް، އެ ތަނުގެ މައި ގޭޓް މަތީގައި ލެޑް ޕެނަލެއް ހަރުކޮށް، އޭގެ ވަށައިގެން ޖަހާ ކްލެޑިންގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ޑާންސް ޕްރެކްޓިސް ރޫމްތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް ވެސް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ވެސް ބައެއް މަސައްކަތްތައް ކުރިއަށްދާ ކަން ފާހަގަކުރައްވައި ސައުންޑާއި ލައިޓް ހޯދުމަށް މަޝްވަރާކޮށް، ކޯޓޭޝަންތައް ބިޑް ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އޮލިމްޕަސް ބަންދުކޮށްފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox