10 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޝަރީފް އާއި ފާތީ

Sep 10, 2022, 5:24 AM
ޝަރީފް އާއި ފާތީ 10 ބޯލް ޗެމްޕިއަންޝިޕްގެ ތައްޓާއިއެކު - ފޮޓޯ: އެމްޕީބީއޭ

ޝަރީފް އާއި ފާތީ 10 ބޯލް ޗެމްޕިއަންޝިޕްގެ ތައްޓާއިއެކު - ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމް ކޮށްގެން ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފި އެވެ.

ފޯރިގަދަކޮށް ކުރިއަށްދިޔަ 10 ބޯލް ޗެމްޕިއަންޝިޕުގެ ތަށި ޝަރީފް ހޯދީ ފައިނަލުގައި ހުސައިން ފަޔާޒު ބަލިކޮށްގެންނެވެ. މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލާއި ހަމައަށްގޮސް ފަޔާޒު ފައިނަލް ކާމިޔާބުކުރީ 9-6 ފްރޭމުންނެވެ.

އަންހެން ބައިގެ ފައިނަލް ފާތީ ކާމިޔާބުކުރީ އާމިނަތު އަޒުރާ އާއި ވާދަކޮށް 7-4 ފްރޭމުންނެވެ. ފައިނަލުގެ ކުރިން ފުރަތަމަ ބުރުގައި ފާތީ ވަނީ އަޒުރާ އަތުން ބަލިވެފަ އެވެ. ނަމަވެސް ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅޭ މުބާރާތަކަށް ވުމުން ފާތީ ވަނީ ބަލި ފަޅީގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލާއި ހަމައަށް އައިސް އަޒުރާ އަތުން ބަދަލު ހިފައިފަ އެވެ.

މުބާރާތުގެ އަންހެން ބައިގެ ތިން ވަނަ އާމިނަތު ހަލީމް ހޯދިއިރު، ހަތަރު ވަނަ ހޯދީ ދީނާ އަހުމަދު އެވެ. ފިރިހެން ބައިގެ ތިން ވަނަ ހޯދީ އަހުސަން ހާޝިމް އެވެ. ހަތަރު ވަނަ އަށް ދިޔައީ އިސްމާއިލް ޖީހާން އެވެ.

އެމްޕީބީއޭ އިން 10 ބޯލް ޗެމްޕިއަންޝިޕަށް ފަހު ދެން އޮޮތީ އަންނަ ހޯމަ ދުވަހު ފަށާ އެސޯސިއޭޝަން ކަޕެވެ. އޭގެ ފަހުން މި މަހުގެ ފަހުކޮޅު 9 ބޯލް ޗެމްޕިއަންޝިޕް އޮންނާނެ އެވެ. އަހަރުގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ގައުމީ ބިލިއާޑު މުބާރާތް އޮންނާނީ 25 އޮކްޓޫބަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox