އާރަށް ނުއަގުގައި ދޫކުރަން ނިންމީ ޔާމީން އަންގައިގެން: ޒިޔަތު

އާރަށް ނުއަގުގައި ދޫކުރަން ނިންމީ ޔާމީން އަންގައިގެން: ޒިޔަތު

ވ. އާރަށް ކުއްޔަށް ދޫކުރުމަށް މުއާމަލާތްތައް ހިންގައި ނުއަގުގައި ދޫކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލާދީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާކޮށް ހިންގާ އެ ޝަރީއަތުގައި މިއަދު ހަމަޖެހިފައި އޮތީ ޒިޔަތާއި އަދީބުގެ ހެކިބަސް ނެގުމެވެ.

ހެނދުނުގެ ސެޝަންގައި ޒިޔަތުގެ ހެކިބަސް ނެގިއިރު، ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ޔޫސުފް ނައީމް ދަންނަން ފެށީ ވެސް އާރަށުގެ މުއާމަލާތް ހިންގަމުން ދަނިކޮށެވެ.

Advertisement

"އަދީބު ދެންނެވީ، ވ. އާރަށް ކިޔާ ރަށެއް އޮންނާނެއޭ، ޔޫސުފް ނައީމް ކިޔާ ބޭފުޅަކަށޭ ކުއްޔަށް ދޫކުރާނީ، އެއީ ރައީސް ޔާމީން އަންގަވައިގެންނޭ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި، އެ ރަށުގެ މުއާމަލާތްތައް އަދީބާއެކު މަޝްވަރާ ކުރެއްވީ ބައްދަލު ކުރައްވައި ކައިރީގައި ތިއްބަވައިގެނެވެ. ޔޫސުފް ނައީމާ މުއާމަލާތް ކުރެއްވީ އީމެއިލް އަދި ވައިބާ މެދުވެރިކޮށެވެ.

މި ގޮތުން އެންމެ ފުރަތަމަ ފަސް މިލިއަން ޑޮލަރަށް އަގު ކަނޑައެޅި ކަމަށް ޒިޔަތު ވިދާޅުވި އެވެ. ނަމަވެސް ފަހުން އެ އަގު ތިން މިލިއަނަށް އަދި އެންމެ ފަހުން ދެ މިލިއަން ޑޮލަރަށް ކުޑަކުރި ކަމަށް ވިދާޅުވި އެވެ.

"އެގްރިމެންޓް ސައިން ކުރުމުގެ ސްޓޭޖްގައި އެއަށް ވުރެ ވެސް ކުޑަކޮށްފައި ދެ މިލިއަނަށް އަގު ފައިނަލް ކުރެވުނީ، އެއީ އަދީބު ދެންނެވީ ރައީސް އަންގަވައިގެން ކަމަށް،" އަގު ކުޑަކުރި ސަބަބާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ސުވާލު ކުރުމުން އޭގެ ޖަވާބުގައި ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރު 9، 2015 ގަ އެވެ. އެއީ އެމްއެމްޕީއާރުސީ މީޓިން ރޫމުގައި ކަމަށާއި އެ ބައްދަލުވުމުގައި ޔޫސުފް ނައީމާއި އަދީބާއި ޒިޔަތު ވެސް ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރައީސް ޔާމީން އެ ބައްދަލުވުމުގައި ނެތް ކަމަށެވެ.

ދިފާއުގެ ފަރާތުން ވަނީ އާރަށް ކުއްޔަށް ދިނުމަށް އަގު ކަނޑައެޅިއިރު ރަށްތައް ކުއްޔަށް ދިނުމުގައި އަގު ކަނޑައެޅުމުގައި އުސޫލެއް އޮތްތޯ ސުވާލު ކޮށްފަ އެވެ. އުސޫލެއް އޮތް ކަމަށް ވިދާޅުވި ނަމަވެސް އޭގައިވާ ތަފްސީލްތަކެއް ހަނދާން ނެތް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އަދި އާރަށް ކުއްޔަށް ދިނީ މާލީ ގޮތުން ތަނަވަސް ބަޔަކަށް ކަން ކަށަވަރު ކުރަން އެމްއެމްޕީއާރުސީން ވެސް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔަތުގެ އެއްބަސްވުމާ ގުޅޭ ސުވާލު ނުކުރެވޭނެ ކަމަށް ގާޒީ ނިންމެވި

ޒިޔަތުގެ މައްޗަށް ހިޔާނާތާ ގުޅޭ ދައުވާތައްކޮށް ޝަރީއަތް ކުރިއަށް ދަނިކޮށް ދައުލަތާ އެކު ވަނީ އިއުތިރާފު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. ނަމަވެސް ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެއްބަސްވުން ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ބާތިލްކޮށްފަ އެވެ.

އެންމެ ފުރަތަމަ މިއަދުގެ އަޑުއެހުން ފެށުމާއެކު ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް ވަނީ އެ އެއްބަސްވުމުގެ ކޮޕީއެއް ދިފާއާ ހިއްސާކޮށް އެއާ ގުޅިގެން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް އެދިފަ އެވެ. އަދި އެ ކަން ކުރެވެންދެކަށް ޒިޔަތުގެ ހެކިބަސް ނެގުން މަޑުޖައްސައިލުމަށެވެ.

ނަމަވެސް ގާޒީ ވަނީ ދެ މީހުންގެ ހެކިބަސް ވެސް ނެގުން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

ހެކިބަސް ނަގަމުން ދަނިކޮށް ޔާމީންގެ ވަކީލުން، އެ އެއްބަސްވުމާ ގުޅޭ ސުވާލުތަކެއް ކުރަން ފެށި އެވެ. ނަމަވެސް އެ އެއްބަސްވުމަކީ މި މައްސަލައާ ގުޅުން ހުރި ކަމަކަށް ނުވާތީ އެ ސުވާލުތައް ކުރުމަށް ދައުލަތުގެ ވަކީލު ވަނީ އިއުތިރާޒު ކޮށްފަ އެވެ. ދައުލަތުގެ އެ އިއުތިރާޒު ގާޒީ ވަނީ ބަލައިގެންފަ އެވެ.

މި މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ހެކިންގެ ހެކިބަހުގެ އަދުލުވެރިކަމާއި ސައްހަކަމާ ގުޅިގެން ބަހުސް ކުރަން، ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ވެސް ޒިޔަތާއި އަދީބު އެކަންޏެވެ. ދެ ބޭފުޅުން ވެސް ހުކުމް ތަންފީޒު ކުރައްވަމުން ދަނީ ގޭބަންދުގައި ކަމުން، އާންމުނުކޮށް އޮތް އިއުތިރާފް އެއްބަސްވުމާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox