އޯޑިއޯންގެ އެއް ކޮޓަރި ދެ މިލިއަނަށް، ތިން ކޮޓަރި ހަތަރު މިލިއަނަށް

ލަގްޒަވަން އިމާރާތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް: ޓާޓާއިން ބުނަނީ މިތަނުގައި ތަރައްގީކުރަނީ އެންމެ ޒަމާނީ ލަގްޒަރީ އެޕާޓްމަންޓުތަކެއް ކަމަށް. -- ފޮޓޯ: ޓާޓާ

ލަގްޒަވަން އިމާރާތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް: ޓާޓާއިން ބުނަނީ މިތަނުގައި ތަރައްގީކުރަނީ އެންމެ ޒަމާނީ ލަގްޒަރީ އެޕާޓްމަންޓުތަކެއް ކަމަށް. -- ފޮޓޯ: ޓާޓާ

ކުރީގެ އޯޑިއޯން ހުރި ބިމުގައި ޓާޓާ ހައުސިންގެ ސަބްސިޑަރީ އެޕެކްސް ރިއަލްޓީން ތަރައްގީކުރަމުން އަންނަ "ލަގްޒަވަން" އެޕާޓްމަންޓްތައް ވިއްކަން ފަށާ އަގުތައް އާންމުކޮށް، އެޕާޓްމަންޓް ގަންނަން ބޭނުންވާ މީހުނަށް ބުކިންއަށް ހުޅުވާލައިފި އެވެ.

ލަގްޒަރީ ހިދުމަތްތަކާއި ވަސީލަތްތައް ހިމަނައިގެން "ސްޓޭޓް-އޮފް-ދި-އާޓް" ފެންވަރަށް ތަރައްގީކުރާ 12 ފަންގިފިލާގެ ލަގްޒަވަންގައި ހުންނަނީ އެއް ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރި އެޕާޓްމަންޓާއި ތިން ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓުތަކެވެ.

މީގެ ތެރެއިން އެއް ކޮޓަރި އެޕާޓްމަންޓެއް ވިއްކަން ފަށާ އަގަކީ 2.03 މިލިއަން ރުފިޔާ އެވެ. ތިން ކޮޓަރި އެޕާޓްމަންޓެއް ވިއްކަން ފަށާ އަގަކީ 4.5 މިލިއަން ރުފިޔާ އެވެ. އަދި މެއިޑް ރޫމާއެކީ ހުންނަ އެޕާޓްމަންޓުތަކުގެ އަގު އުޅެނީ ފަސް މިލިއަން ރުފިޔާއިން މަތީގަ އެވެ.

އޯޑިއޯން ބިމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސޯޝަލް ހައުސިން ތަރައްގީކުރަން ޓާޓާއެކީ ވެވުނު އެއްބަސްވުމެއްގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރެވުނު މަޝްރޫއެކެވެ. އޭރު މި ޕްރޮޖެކްޓު ކުރިޔަށް ނުދާތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

މި ޕްރޮޖެކްޓު އަލުން ފެށީ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި 200 މިލިއަން ޑޮލަރު ހޯދަން ޓާޓާއިން އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ދޫކޮށްލާ ގޮތަށް އެއްބަސްވެ، މި ސަރުކާރުން ޓާޓާއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރި ފަހުންނެވެ.

ޓާޓާއިން ބުނެފައިވާ ގޮތުގައި މި އެޕާޓްމަންޓުތަކުގެ މަސައްކަތް 2025 ގައި ނިންމާލައި، އެ އަހަރުގެ މާޗު މަހު މީހުނަށް ދިރިއުޅެވޭނެ އެވެ. ލަގްޒަވަންގެ އިތުރުން ނާދީ ބިމުގައި ތަރައްގީކުރާ 12 ފަންގިފިލާގެ ޓަވަރުތަކުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox