ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް ލޯންޗުކޮށްފި

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތް މިނިސްޓްރީ

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތް މިނިސްޓްރީ

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް މިއަދު ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސެކްރެޓަރީ، ކެބިނެޓް އެފެއާޒް، އަހުމަދު ހަސަންދީދީއާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިފަދަ މިންގަނޑެއް ލޯންޗުކުރުމުގެ މަގުސަދަކީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ސިއްހީ ދުޅަހެޔޮ ދިރިއުޅުމަކަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި ގައިން ގަޔަށް ނާރާ ބަލިތަކަށް ކުރަމުން އަންނަ ބޮޑު ހޭދަ ކުޑަކުރެވޭނެ އެއްގޮތަކީ ގަވައިދުން ކަސްރަތު ކޮށް، މީހާގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމެވެ.

"މިއީ ކޮންމެ އުމުރެއްގެ މީހަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން، އަދި ތިޔަ ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވާނެ ހެލިފެލިވެ އުޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް،" ނަސީމް ވިދާޅުވި އެވެ.

މި ސިޔާސަތުތަކާއެކު މިނިސްޓްރީން އަމާޒު ހިފާފައިވަނީ އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުގައި ޝާމިލްވެ ނޫޅޭ މީހުންގެ ނިސްބަތް 2030ގެ ނިޔަލަށް މިހާރު ހުރި ވަރަށް ވުރެ 10 ޕަސެންޓު ދަށް ކުރުމަށެވެ. މިހާރު މި އަދަދު ހުރީ އަންހެނުންގެ 49 ޕަސެންޓު އަދި ފިރިހެނުންގެ 35 ޕަސެންޓުގަ އެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތު ބިނާކޮށްފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ. އެގޮތުން، ކަސްރަތު ކުރުމާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް ކަސްރަތު ކުރުމަށް މަގުފަހިވާނޭ ގޮތްތައް ހޯދައި ދިނުމާއި ހެލިފެލިވެ ކަސްރަތުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި ކަމާ ގުޅޭގޮތުން މީހުން ތަމްރީނު ކުރުމަށް ދާއިރާތައް އެކުގައި މަސަައްކަތް ކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox