ޖިންސީ ގޯނާގެ ތުހުމަތުކުރާ ޓީޗަރު 5 ދުވަހަށް ބަންދު، އޭނައަށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!

ޖިންސީ ގޯނާގެ ތުހުމަތުކޮށް ފިރިހެނަކަށް އަނިޔާކުރި ދުވަހު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ކައިރިއަށް މީހުން ޖަމާވެ؛ ޓީޗަރު ބަންދުކުރިއިރު އޭނައަށް އަނިޔާކުރި މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރޭ

ޖިންސީ ގޯނާގެ ތުހުމަތުކޮށް ފިރިހެނަކަށް އަނިޔާކުރި ދުވަހު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ކައިރިއަށް މީހުން ޖަމާވެ؛ ޓީޗަރު ބަންދުކުރިއިރު އޭނައަށް އަނިޔާކުރި މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރޭ

ޓިއުޝަނަށް ކިޔަވަން ދިޔަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކުރާ ފިރިހެން ޓީޗަރުގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖެހިއިރު މަގުމަތީގައި އޭނާއަށް ބަޔަކު އަނިޔާކުރި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި އާންމުންގެ ބަޔަކު އުމުރުން 29 އަހަރުގެ އެ ޓީޗަރު ހިފަހައްޓައި އަނިކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ދައުރުވި އެވެ. އެ ދުވަހުގެ ރޭ ފުލުހުން ވަނީ ފިރިހެން ޓީޗަރު ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ފިރިހެން ޓީޗަރުގެ ބަންދަށް ކޯޓުން އިއްޔެ ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އާންމުންގެ ބަޔަކު ނުކުމެ އޭނައަށް އަނިޔާކުރި ކަމުގެ މައުލޫމާތު އެ ރޭ ލިބިފައިވާ ކަމަށާއި، އެ މައްސަލާގައި އަދި މިހާކު ހައްޔަރު ނުކުރާ ކަމަށް ވިދާޅުވި އެވެ.

Advertisement

ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ދެއްކި މައްސަލާގައި، މާލޭގެ ސްކޫލެއްގައި ވެސް ވަޒީފާ އަދާކުރަމުން ދިޔަ އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުން، ޒުވާން ފިރިހެނަކު އަތަށް އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ލިޔެފައިވާ ކަރުދާހެއް ދީފައި ހުރެ އެވެ.

އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބިއިރު، ފިރިހެން ކުއްޖާއާ މެދު އޭނާ ކަންތައް ކުރީ ކިހިނެއްތޯ މީހުން ސުވާލު ކުރާ އަޑު އިވެ އެވެ. އަދި ކިތައް ކުދިންނާ ބެހުނުތޯ ވެސް ސުވާލު ކުރެ އެވެ. އޭރު "އެންމެ ކުއްޖެކޭ" އޭނާ ބުނާ އަޑު ވެސް އެއިން އިވެ އެވެ.

އޭނާ ޖަވާބު ނުދީ ރޯން އެ ތަނުގައި ހުރުމުން ބައެއް މީހުން އައިސް އޭނާގެ ގައިގައި ޖަހާ މަންޒަރު ވެސް އިވެ އެވެ. ޖަހަން ފަށާއިރަށް ބަޔަކު އައިސް އޭނާއާ ދުރުކުރާ މަންޒަރު ވެސް ފެނެ އެވެ.

އަދި ފަހުން އޭނާ ލައިގެން ހުރި ހެދުން ބޭލުމަށް ފަހު ބިންމައްޗަށް ވައްޓާލައި އަނިޔާ ކުރާ މަންޒަރު ވެސް ފެނެ އެވެ. އިރުކޮޅެއް ފަހުން، އަނެއްކާ ވެސް ބަޔަކު އައިސް އޭނާ ގައިގައި ޖަަހަމުން ދިޔަ މީހުން ދުރަށް ޖައްސަ އެވެ.

ވީޑިއޯގައި އަންހެނަކު އޭނާއަށް ތުހުމަތުކޮށް ވާހަކަ ދައްކާ އަޑު އިވެ އެވެ. އެ ވާހަތަކުން އެނގެނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ ޓިއުޝަން ނަގައިދޭ ފިރިހެން ކުއްޖަކަށް ބަދު އަހުލާގީ އަމަލުތަކުގެ ވީޑިއޯ ދައްކައި، އެ ކުއްޖާއާ ބެހެން އުޅުނު ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox