އޭ-ލެވަލް އިމްތިހާނު ކޭމްބްރިޖަށް ބަދަލުކުރީ ފަސޭހަކުރަން، އެކަމަކު ފެންވަރު ދަށް ނުވާނެ: އެޑިޔުކޭޝަން

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އޯލެވަލް އިމްތިހާނު ހަދަނީ: ކޭމްބްރިޖް ސިލަބަސްއަށް އޭ-ލެވަލް ކުދިން ކިޔަވާނީ އަންނަ އަހަރުން ފެށިގެން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އޯލެވަލް އިމްތިހާނު ހަދަނީ: ކޭމްބްރިޖް ސިލަބަސްއަށް އޭ-ލެވަލް ކުދިން ކިޔަވާނީ އަންނަ އަހަރުން ފެށިގެން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުގެ ގޮތުގައި ކުރިން ހަދަމުން އައި އެޑެކްސެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް ހަދާގޮތަށް ބަދަލުކުރީ ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށް ފަސޭހައަކަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އޭ-ލެވަލް އިމްތިހާނު ބަދަލުކުރުމާ ގުޅިގެން މިނިސްޓްރީޏް ބުނީ އަންނަ އަހަރުން ފެށިގެން މަތީ ސާނަވީ ގްރޭޑުތަކުގައި، އެއީ ގްރޭޑު 11 އަދި 12 ގައި، ކިޔަވައިދޭނީ މިހާރު ވެސް އޯލެވަލްގައި ކިޔަވައިދޭ ކޭމްބްރިޖް ސިލަބަހަށް ކަމަށެވެ.

މިބަދަލާ ގުޅިގެން މިނިސްޓްރީއަށް އަމާޒުވަމުންދާ ފާޑުކިިޔުންތަކަށް ރައްދުދެމުން އެޑިޔުކޭޝަނުން ބުނީ މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫންކަން ސާފުކޮށްދެމުން މިކަމަށް މަޝްވަރާކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށް ބުނެފަ އެވެ.

Advertisement

އެގޮތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެޑިޔުކޭޝަނުން ބުނި ގޮތުގައި މިއީ އޯލެވަލްގައި ކޭމްބްރިޖް އިމްތިހާނު ހެދުމަށް ފަހު އޭލެވަލްގައި އެޑެކްސެލް މާއްދާތައް ކިޔަވަން ޖެހުމުން ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން 2019 ވަނަ އަހަރުގެ ކުރީކޮޅުގައި ބޭއްވުނު ކަރިކިޔުލަމް ރިވިއު ސިމްޕޯސިއަމްގަައި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުންނާއި އަދި ޓީޗަރުންނާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ނިންމި ނިންމުމެކެވެ.

މި ބަދަލު ގެންނަން ނިންމި އެހެން ސަބަބުތައް ފާހަގަކުރަމުން އެޑިޔުކޭޝަނުން ބުނީ ކޭމްބްރިޖް އިމްތިހާނަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ހާއްސަ އިސްކަމެއްދޭ، އަދި ބައިނަލްއަގުވާމީ ދަރިވަރުންނަށް ހާއްސަ އިމްތިހާނެއް ކަމަށެވެ. އަދި ކޭމްބްރިޖްގެ އޭ-ލެވަލްއަކީ ލީނިއާ އިމްތިހާނަކަށް ވުމުން ކިޔަވައިދިނުމަށާއި އިމްތިހާނަށް ރަނގަޅަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބި، ދަރިވަރުން އުނގެނޭ މަފްހޫމްތައް އެކަތިއަނެކައްޗާ ގުޅުވުމަށް މާބޮޑަށް ފަސޭހަވެ، ދަރިވަރުންގެ ޖުމުލަ ނަތީޖާ ރަނގަޅުވެ މުޖުތަމަޢަށް ލޯ ހުޅުވޭމިންވަރު ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއީ އިމްތިހާނުގެ ކަންކަން ރާވައި ހިންގަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަދި ސްކޫލުތަކަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި މިނިސްޓްރީއަށް ފާހަގަވާ ކަމަށް ވެސް ބުންނެވެ.

ކޭމްބްރިޖް އިމްތިހާނަށް ބަދަލުކުރުމާ ގުޅުވާ މިނިސްޓްރީއަށް އަމާޒުވީ އަނެއް ފާޑުކިޔުމަކީ ކޭމްބްރިޖަކީ އެޑެކްސެލްއަށް ވުރެ ފެންވަރު ދަށް ނުވަތަ ފެންވަރުގައި ތަފާތުތަކެއް އުޅޭ އިމްތިހާނެއް ކަމަށް ބައެއް މީހުން ބުނުމެވެ. މިކަމާ ގުޅުވާ އެޑިޔުކޭޝަނުން ބުނީ ފެންވަރުގައި ތަފާތެއް ހުރިކަަމަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި މި ދެ އިމްތިހާނުގެ ނަތީޖާއަކީ ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ނަތީޖާތަކެއް ކަމަށެވެ.

އަންނަ އަހަރުން ފެށިގެން ކޭމްބްރިޖް ސިލަބަސް ފެށި ނަމަވެސް މި އަހަރު މަތީ ސާނަވީ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox