އަސްލަމް ވިދާޅުވަނީ މަލިކަކީ އެއްއިރަކު ވެސް ރާއްޖޭގެ ތަނެއް ނޫނޭ؛ ތާރީހު މިއާ ތަފާތު

މަލިކުގެ މަންޒަރެއް، މަލިކަކީ އެއްވެސް އިރެެއްގައި ރާއްޖޭގެ ރަށެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހަައްމަދު އަސްލަމް ވިދާޅުވިޔަސް، ތާރީހީ ގޮތުން އެވާހަކަ ގޯސް. ސޯޝަލް މީޑިއާ ފޮޓޯ:ލެންސް ކޭ ލެންސް

މަލިކުގެ މަންޒަރެއް، މަލިކަކީ އެއްވެސް އިރެެއްގައި ރާއްޖޭގެ ރަށެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހަައްމަދު އަސްލަމް ވިދާޅުވިޔަސް، ތާރީހީ ގޮތުން އެވާހަކަ ގޯސް. ސޯޝަލް މީޑިއާ ފޮޓޯ:ލެންސް ކޭ ލެންސް

ރާއްޖޭގެ އުތުރުގައި މިހާރު އިންޑިއާގެ ރަށެއްގެ ގޮތުގައި އޮތް މަލިކަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ރަށެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަސްލަމާ ސުވާލުކުރެއްވީ މަލިކު ރާއްޖޭގެ ތަނަކަށް ނުވެ ދިޔައީ ކީއްވެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ސަރަހައްދާ ބެހޭ ގޮތުން އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ. ރާއްޖޭން އެފަދަ އެއްވެސް މައްސަލަައެއް ރާއްޖޭން ނަގާފައި ނެތް ކަމަށާއި މަލިކާ ބެހޭ ގޮތުން ވެސް އެފަދަ މައްސަލައެއް ނެތް ކަމަށެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ މިއަދު ވިދާޅުވީ މަލިކަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށް
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ މިއަދު ވިދާޅުވީ މަލިކަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ މިއަދު ވިދާޅުވީ މަލިކަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށް

"ސާފުކޮށް އަޅުގަނޑު މި ދެންނެވީ ދިވެހިރާއްޖޭގެ ޓެރިޓަރީގައި ހިމެނޭ ރަށެއްގެ ގޮތުގައި ދުވަހަކު ވެސް އަޅުގަނޑުމެން ހިމަނާފައި އޮތް ރަށެއް ނޫން މަލިކަކީ،" އަސްލަމް ވިދާޅުވި އެވެ.

އެެހެން ނަަމަވެސް ތާރީހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް އެންމެ ފަހުން މަލިކު ގެއްލުނުތާ އަދި 500 އަހަރު ވެސް ނުވެ އެވެ. ޒަމާނުއްސުރެ ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކު ރާއްޖެއަށް ގެއްލުނީ އިންޑިއާގެ މަލާބާރު އައްްސޭރީގައި ވެރިކަން ކުރީ ހޮޅިން ރާއްޖެ ހިފި އިރުގައި ކަމަށް ތާރީހުން އެނގެން އެބަ އޮތް ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަދި ޒުވާން ތާރީހު އިލްމުވެރިޔާ އަހުމަދު އަލާ ދީދީ ވިދާޅުވި އެވެ.

"ރާއްޖޭގެ ސަރަހައްދު ބަޔާން ކުރާ އިރު މަލިކައްޑޫ މިދެމެދު، އެހެން ވެސް އެބަހުރި ލިޔެފައި. އެހެރީ ފަތްފަތްކޮޅުތަކުގައި ވެސް ފެންނަން،" އަލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލީ ރާޖާއިންނާ (މަލާބާރުގައި ވެރިކަން ކުުރި ރަސްރަސްކަލުންނަށް ކިޔާ ލަގަބެއް) ރާއްޖެއާ ދެމެދު ހިނގި ހަނގުރާމަތަކުގައި އެކި ފަހަރު މަތިން މަލިކުގެ ކޮންޓްރޯލް ރާއްޖެއަށް ގެއްލުނު ނަމަވެސް އޭރު ރާއްޖޭން އެ ކޮންޓްރޯލް އަލުން ހޯދި އެވެ. އެހެން ނަމަވެސް އެންމެ ފަހުން ހޮޅިން ރާއްޖެއަށް އަރައި މާލެ ހިފި ފަހަރު މަލިކުގެ ކޮންޓްރޯލް ރާއްޖެއަށް ގެއްލުނު ފަހުން އެރަށް ހޯދަން މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ތާރީހީ ހޯދުންތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވި އެވެ.

"ހޮޅީން ރާއްޖެ އަރާ ރާއްޖެ އަޅުވެތިކުރުމާ ހަމައަށް މަލިކު އޮތީ ދިވެހީންގެ އަތްދަށުގައި. އެހެން އޮވެފައި 1752 ގައި ރާއްޖޭގެ އަތްދަށުން މަލިކު އަަސްލުގައި މި ނެއްޓުނީ،" އަލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތާރީހުން ފެންނަން އޮތީ މަލިކު ރާއްޖޭގެ އަތްދަށުގައި އެއްބައި އިރެއްގައި އޮވެފައި އަނެއްބައި އިރެއްގައި ނޯންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox