ހުލާސާކޮށް އިއްޔެ: ނަޝީދު ދުރަށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ރައީސަށް އޮތުން

Aug 21, 2022, 1:35 AM
އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޯ

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޯ

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ހުރަހަކަށް ވެއްޖެނަމަ, 2023 ގެ ރިޔާސީ އިންތިހާބުގައި އެކުގައި ނުހުންނަވާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައިވީ ނަމަވެސް, އެކަން އެގޮތަށް ނުވާނެ ކަމުގެ ޔަގީންކަން އޮތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން އެބަ އޮތެވެ. މިހާރު އޮތް ކޯލިޝަންގެ ތެރޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު, ނަޝީދު ބޭނުންފުޅު ވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ތާއިދު ހޯދަން ނަޝީދު ވަނީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހު އެ ގަރާރަށް ތާއިދެއް ނުކުރައްވަ އެވެ. އެ މަނިކުފާނު ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ.

Advertisement

މި ދެ ބަސްވުމުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ރައީސް ސޯލިހުއާއެކު 2023 ގައި ނުހުންނެވޭނެ ކަމަށް ނަޝީދު އިއްޔެ ވިދާޅުވެފައި ވާއިރު، ރައީސް ސޯލިހު ވިދާޅުވީ ނަޝީދު އަދި އެކަމާ ވިސްނަވާނެ ކަމަށެވެ.

"...އެކީގައި ކުރިއަށްދެވޭ ގޮތަކަށް އަޅުގަނޑުމެން ވިސްނަން ވާނީ, އަޅުގަނޑު ހިތުން ޕާޓީން ހޮވޭ ކޮންމެ ކެންޑިޑޭޓަކާ އެކީގައި މުޅި ޕާޓީ އޮންނާނެ،" ރައީސް ސޯލިހު, "އަދަދު"އަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނަޝީދު ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އޮންނާނެ ކަމަށާއި ކޮންގްރެސްމަނުން އެކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާނެ ކަމަށެވެ.

"އަޅުގަނޑު ހިތުން، ނިންމާ ކޮންމެ ނިންމުމަކީ އެއާ އެކީގައި ކުރިއަށްދާން ޖެހޭނެ ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ދެކެނީ ކޮންގްރެސްމަނުން ނިންމާނީ ޕާޓީ އާއި ގައުމަށް އެންމެ ފައިދާހުރި ނިންމުން ކަމަށް،" ރައީސް ވިދާޅުވި އެވެ.

ނިޒާމު ބަދަލުކުރުމުގެ ގަރާރު ހިޔާލު ތަފާތުވުން އޮތް އިރު، އެމްޑީޕީ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށާއި، ޑީއާރުޕީ އާއި ޕީޕީއެމްއަށް ވެގެން ދިޔަ ގޮތަށް ޕާޓީ ރޫޅިގެން ނުދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެ އެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ކުރިއަށް ދާއިރު އިއްޔެ އޮތީ ސަރުކާރުގެ ކާމިޔާބީތައް ކޮންގްރެސްގެ ބައިވެރިންނާ ހިއްސާކުރުމެވެ.

އިތުރު ހަބަރުތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަރުކަށި ފިކުރު ނައްތާލަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށް، މި ސަރުކާރު އައި ފަހުން ކުރިއެރުން ތަކެއް ހޯދިއްޖެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިއްޔެ އެވެ. އެކަމަނާ ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް ދިވެއްސަކު ބޭރު ގައުމެއްގެ ހަނގުރާމައަކަށް ގޮސްފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަހުރެއްގެ ގޮތުގައި ހިޔާ ފްލެޓް މަޝްރޫހު ފާހަގަ ކުރާއިރު، މި ސަރުކާރު ވެރިކަމަށް އައިއިރު ބައެއް ފްލެޓްތަކުގައި އަޅާފައި ހުރީ ބިންގާ އެކަނި ކަމަށާއި ބައެއް ފުލެޓް ތަކުގެ ބޮޑު ބައެއް ނިންމީ މި ސަރުކާރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.

މިހާރު ސޯޝަލް ސެންޓަރުގައި ފަށައިގެން ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއާ ހުށަހަޅާފައިވާ ޝަކުވާތަކުގައި ކޮންގްރެސް ފަސްކުރަންޖެހޭ ވަރުގެ ޝަކުވާއެއް ނެތް ކަމަށް އެމްޑީޕީން ބުނީ އިއްޔެ އެވެ. ކޮންގްރެސް އާ ގުޅިގެން ހުށަހެޅިފައިވަނީ ތިން ގޮތްޕަކާ ގުޅޭ 17 މައްސަލައެކެވެ.

ކޮވިޑާ ގުޅިގެން ސަރުކާރަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރާ ގިނަ ބައެއްގެ މައްޗަށް ދައުވާނުކޮށް މައްސަލަ ފައިލްކޮށްފައިވާކަން ރިޕޯޓްކުރީ އިއްޔެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އިންތިހާނު ފީ 10،000 ރ. އިން 6،500 ރ. އަށް ކުޑަކުރިކަން ރިޕޯޓްކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މި ދެ ބަސްވުމުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ރައީސް ސޯލިހުއާއެކު 2023 ގައި ނުހުންނެވޭނެ ކަމަށް ނަޝީދު އިއްޔެ ވިދާޅުވި ނަމަވެސް އެކަމާ އެކަމާ ނަޝީދު ވިސްނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

...އެކީގައި ކުރިއަށްދެވޭ ގޮތަކަށް އަޅުގަނޑުމެން ވިސްނަން ވާނީ, އަޅުގަނޑު ހިތުން ޕާޓީން ހޮވޭ ކޮންމެ ކެންޑިޑޭޓަކާ އެކީގައި މުޅި ޕާޓީ އޮންނާނެ،"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސް ބައްވާ ޒުވާނުންގެ މަރުކަޒު ބޭރުގައި ދައްކާލަން ބަހައްޓާފައިވާ އެމްޑީޕީގެ ކުރީގެ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ޕާޓީގެ ރައީސް ނަޝީދަށް ދައްކާލައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސް ބައްވާ ޒުވާނުންގެ މަރުކަޒު ބޭރުގައި ދައްކާލަން ބަހައްޓާފައިވާ އެމްޑީޕީގެ ކުރީގެ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ޕާޓީގެ ރައީސް ނަޝީދަށް ދައްކާލައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސް ބައްވާ ޒުވާނުންގެ މަރުކަޒު ބޭރުގައި ދައްކާލަން ބަހައްޓާފައިވާ އެމްޑީޕީގެ ކުރީގެ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ޕާޓީގެ ރައީސް ނަޝީދަށް ދައްކާލައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox