ބަރުލަމާނީ ގެންނަން ހުރަހަކަށްވާނަމަ ރައީސާއެކު ނަޝީދު ނުހުންނަވާނެ ކަމުގެ އިންޒާރު

އެމްޑީޕީގެ ކޮންގްރެސްގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ރައީސް ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ކޮންގްރެސްގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ރައީސް ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ތެރޭ ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވަނިކޮށް ބާއްވާ އެ ޕާޓީގެ ކޮންގްރެސް މިއަދަށް ފެށުމުގެ ގޮތުން ކޮންގްރެސްމަނުން ވާހަކަ ދައްކަވަން ފެއްޓެވުމުގެ ގޮތުން ވެސް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހެނެވެ;

"ވަރަށް ބޮޑަށް މާފުކުރައްވާތި, މިއަދު ވެސް އަދި މާދަމާ ވެސް މިއީ އަޅުގަނޑުމެންގެ ޕާޓީއަށް ފަސޭހަ ދުވަސްތަކަށް ނުވާނެ,"

އެމްޑީޕީގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގިނަ ހިޔާލު ތަފާތުވުންތައް އެބަ އޮތެވެ. މިހާރު އޮތް ކޯލިޝަންގެ ތެރޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު, ނަޝީދު ބޭނުން ވަނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރަކަމަށް ވަޑައިގަންނަވާށެވެ.

Advertisement

އެކަމާ ގުޅޭ ގޮތުން އެމްޑީޕީ ހުރަކަށް ނުވުމަށް އެދި, ނަޝީދު ވަނީ ކޮންގްރެސްއަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް, އެމްޑީޕީގެ އިސް ލިޑަރު, ރައީސް ސޯލިހު ވަނީ ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމް ބޭއްވުމަށް ކަމަށް ވިދާޅުވެ, ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންނެވި ކޮންގްރެސްގެ މާލަމުގައި ނަޝީދު މިއަދު ވިދާޅުވީ, މިހާރު އެމްޑީޕީ މިތި ގޮތަށް ތިބެއްޖެނަމަ, އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ތެރޭން އެތައް ބަޔަކަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނުނު ކަމުގައިވީ ނަމަވެސް, އެއީ ހަމައެކަނި އެމްޑީޕީގެ އުއްމީދު ކަމަށެވެ.

"ދެން ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ޒައާމަތުގައި ތިބެ ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތްތަކެއް ވިސްނުމަކީ މި ކޮންގްރެސްގެ ވާޖިބެއް, އަޅުގަނޑުމެންގެ ވާޖިބެއް, ރައިސުލްޖުމްހޫރިއްޔާގެ ވެސް މަސްއޫލިއްޔަތެއް, އަޅުގަނޑުގެ ވެސް މަސްއޫލިއްޔަތެއް," ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން, ރައީސް ސޯލިހާ ސަލާމް ކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެމްޑީޕީގެ ޗެއާޕާސަން, ރައީސް ސޯލިހާ ސަލާމް ކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ޗެއާޕާސަން, ރައީސް ސޯލިހާ ސަލާމް ކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަޝީދު, ދެން ދެއްކެވީ އެންމެ ފަހުން 2018 ވަނަ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެންނަ މަންޒަރުގެ ހިސާބެވެ;

"ރަނގަޅަށް ހިސާބު ބައްލަވާ!"

އެ އިންތިހާބުގައި 233,000 މީހުން ވޯޓު ދިނެވެ. އޭގެ ތެރޭން 42 ޕަސެންޓް މީހުން ވޯޓުލީ, ޕީޕީއެމްގެ ކެންޑިޑޭޓް, ރައީސް އަބްދުالله ޔާމީނަށެވެ. އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް ސޯލިހަށް ލިބުނީ 135,000 ވޯޓެވެ. އޭގައި ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތުގެ ބައިވެރިވުން އޮތެވެ.

ނަޝީދު ޖެއްސެވި ހިސާބުން ރައީސް ސޯލިހަށް ލިބުނު ވޯޓުގެ 12 ޕަސެންޓަކީ, ޖުމްހޫރީ ޕާޓީން ހޯދި ވޯޓެވެ. އެމްއާރްއެމް އަދި އަދާލަތު ޕާޓީ އެކުވެ ނަގާފައިވަނީ ހަ ޕަސެންޓް ވޯޓެވެ. އެހެންވެ, މި ދެ ބައި އުނިކުރުމުން, އެމްޑީޕީއަށް ލިބުނު ކަމަށް ނަޝީދު ދެކެނީ 112,000 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި, އެމްޑީޕީ ބައިވެއްޖެނަމަ, އެ ވޯޓެއް ރައީސް ސޯލިހަކަށް ނުހޯދޭނެ އެވެ. މިއަދު މިއޮތް ގޮތަށް ކަންކަން އޮވެއްޖެނަމަ 112,000 ވޯޓުން 40 ޕަސެންޓް ވޯޓު އެމްޑީޕީއަށް ގެއްލި, 2023 އުނދަގޫވާނެ އެވެ.

"...އަޅުގަނޑުމެން ގޮތެއް ހޯދަން އެބަ ޖެހޭ މި ހާލަތުން މި ޕާޓީ އަރައިގަތުމަށް, މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން އަދި ރައިސުލްޖުމްހޫރިއްޔާ ވެސް މުހިންމެއް ނޫން, އަޅުގަނޑުމެންނަށް މުހިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ޑިމޮކްރަޓިކް ނިޒާމެއްގައި ވެރިކަން ކޮށްދެވި ރަނގަޅު ގޮތްތައް ހޯދުން," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެން ވަޑައިގެންނެވީ, އެމަނިކުފާނުގެ ބަރުލަމާނީ ވިސްނުމަށެވެ. އެމަނިކުފާނު ހީކުރެއްވީ އެ ވިސްނުމަށް އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު ތާއިދު ކުރާ ކަމަށް ކަމަށާއި ކުރިން އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ވެސް މެނިފެސްޓޯގައި ވެސް ފާސްކުރީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

އެހެންނަމަވެސް, މިއަދު އެމްޑީޕީގެ ތެރޭން އެގޮތަށް އެއް ބަޔަކު ނުދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އަހާ ސުވާލަކީ އަދި އެދޭ އެދުމަކީ މި ޕާޓީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރެވޭތޯ ނުވަތަ ނޫންތޯ އެ ސުވާލު ނުކޮށް ތިބުން, އެހެންނަމަވެސް, މި ޕާޓީއަށް އެއްބަސްވެވޭ ރާއްޖޭގެ ރައްޔިތުންގެ ގާތުގައި އެހުމަށް, އަޅުގަނޑު ހުށަހެޅި ގަރާރުގައި ވާނީ މި ޕާޓީ އެ ނިޒާމަށް އެއްބަސްވުމަކަށް ނޫން, އަޅުގަނޑު ނުވެސް އެދެން އެކަމާ ގުޅޭ ގޮތުން ތިޔަބޭފުޅުން ގޮތެއް ނިންމާކަށް," ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި އެދެނީ ރައްޔިތުންގެ ގާތުގައި އެހުމަށް, މިކަމަށް ނޫނެކޭ ބުނާންވީ ސަބަބެއް ނެތް,"

ނަޝީދު ވިދާޅުވީ ނިޒާމާ ގުޅޭ ގޮތުން ކޮންގްރެސްގައި ވޯޓު ނެގުމުން އުފެދޭ ހައިޖާނުގެ މަންޒަރު ދެކެން އެމަނިކުފާނު ބޭނުން ނުވާ ކަމަށެވެ. އެހެން ޕާޓީތައް ބައިވެގެން ދިޔައިރު ކުރިމަތީގައި ހުރި މޭޒު ތަޅައިގެން ދިޔަ ކަމަށާއި ނަމަވެސް, އެ މަންޒަރު އެމްޑީޕީގެ ތެރޭން ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

"...އެހެންނަމަވެސް, ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކު ނުކުމެގެން ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ތިޔަ ބޭފުޅުންނާ އެއްކަކު ނުނިކުމެވޭނެ, އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމަކީ, އާދޭހަކީ އަޅުގަނޑުގެ ހިތުގެ ހާލިސްކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެންނަށް އެކީގަ އެންމެންނަށް ތިބެވެން އެބަ އޮތް," ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކެއް އަނެއްކަކުގެ ވާހަކަ އަޑު އަހައިގެން ބަސް ވެސް ގަބޫލުކޮށްގެން ބުއްދިވެރިކަމާއެކު ކުރިއަށް ގޮސްފިނަމަ, ކުރިއަށް އޮތް އެތައް ޖީލަކަށް ވެސް މި ދިވެހިރާއްޖޭގެ ކަންކަން ނިންމަމުން ގެންދާނީ މި އެމްޑީޕީން, ވަރަށް ބޮޑަށް ޝުކުރިއްޔާ!"

ނަޝީދުގެ ގަރާރު

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ގަރާރަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ ރައީސް ނަޝީދުގެ ގަރާރުގައި އޮންނާނީ ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ކޮން ނިޒާމެއްކަން ކަނޑައެޅުމުގެ ވޯޓަކަށް ދާން ކަމަށެވެ. އެކަމަކު އެ ގަރާރާ ބެހޭ ގޮތުން މީޑިއާގައި ދެކެވެނީ އެންމެ ވާހަކައެއް ކަމަށާއި އެއީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރާ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެ ގަރާރު ރަނގަޅަށް ވިދާޅުވެއްޖެއްޔާ، އެ ގަރާރުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައި އޮންނާނީ ނިޒާމީ ވޯޓަކަށް ދާން ޖާގަ ދޭށޭ. އެމްޑީޕީން އެ ނިޒާމީ ވޯޓަކަށް ދާން ޖާގަ ދޭށޭ. ނިޒާމީ ވޯޓަކަށް ރައްޔިތުންނާ ހަމައަށް ދާން ޖާގަ ދޭށޭ. ރައްޔިތުންގެ ވޯޓަކުންނޭ ނިންމަން ޖެހޭނީ. ވޯޓަކާ ހަމައަށް ދިއުމަށް އެމްޑީޕީ އެއީ ހުރަހަކަށް ނުވާނޭ އެ ގަރާރުގައި އޮންނާނީ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ގަރާރުގައި ހިމަނުއްވާފައި ވަނީ ރައްޔިތުންގެ ވޯޓަކުން ބަރުލަމާނީ އަށް ބަދަލުކުރަން ފާސްކޮށްފި ހާލަތެއްގައި ގާނޫނު އަސާސީއަށް ގެންނާނެ ބަދަލުތައް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން އެމްޑީޕީމީހުންނެއް ރައްޔިތުންނާ ހަމައަށް ވޯޓަކަށް ދިއުމަކަށް ހުރަހަކަށް ނުވާނެ،" އީވާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox