މި ސަރުކާރު އައި ފަހުން ދިވެހިން ހަނގުރާމަތަކަށް ދިއުން ހުއްޓިއްޖެ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ--- ފޮޓޯ: އެމްޑީޕީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ--- ފޮޓޯ: އެމްޑީޕީ

ޔާމީން ސަރުކާރުގައި ހަރުކަށި ފިކުރު ނައްތާލަން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށް، މި ސަރުކާރު އައި ފަހުން ކުރިއެރުން ތަކެއް ހޯދިއްޖެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް ދިވެއްސަކު ބޭރު ގައުމެއްގެ ހަނގުރާމައަކަށް ގޮސްފައި ނުވާ ކަމަށެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އަމަލުކުރި ގޮތަކީ، ހަރުކަށި ފިކުރަކީ މި ގައުމުގައި ނެތް އެއްޗަކަށް ހަދައިގެން އެކަމާ އަޅާވެސް ނުލައި ތިބުން ކަމަށެވެ. އެގޮތަށް ކަންތައް ކުރީ ސިޔާސީ ބޭނުންތަކެއް ހާސިލުކުރަން ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ރައީސް ރައީސް އިބްރާހިމް މުހައްމަދި ސޯލިހުގެ ސަރުކާރު އައިސް، ރަށްރަށުގައި އުޅޭ މީހުންނަށް ހަރުކަށި ފިކުރަކީ ކޯއްޗެއް ކަމަށާއި އެއީ ކިހާވަރެއްގެ ކަމެއްކަމަށް އަހުލުވެރި ކުރުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރު އައި އިރު، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މި ރާއްޖޭގަ ނެތް އެއްޗެއް ކަމަށް ހަދައިގެން ތިބި ބަޔަކު އޭރު ވެރިކަމުގަ ތިބީ. ހަނގުރާމަވެރި ޒޯނުތަކަށް އަޅުގަނޑުމެންގެ ޅަ ކުދިންނާއި އެ ކުދިންގެ އާއިލާ ތަކާއި ކުޑަކުޑަ ކުދިން ފުރައިގެން ދިޔަ އިރުވެސް ނުވާ ކަމަކަށް ހަދާލައިގެން ތިބީ އެ މީހުންގެ ސިޔާސީ ބޭނުމަށްޓަކައި،" މާރިޔާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ރައީސް ސޯލިހް، ޓެރަރިޒަމާ ދެކޮޅަށް ގެންގުޅުއްވަނީ "ޒީރޯ ޓޯލަރެންސް"ގެ ސިޔާސަތެއް ކަމަށާއި އެކަމަށް ދިވެހިން ހޭލުންތެރި ކުރުވުމަށް 4884 ތަމްރީނު ޕްރޮގްރާމް ހިންގާފައިވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ހަރުކަށި ފިކުރޭ ކިޔައިގެން ގޮސް އެހެން ތަންތާ ހަނގުރާމަ ކުރެވި، އަނބިދަރީން ނިކަމެތިވެ، ދަރީން މަރުވެ، މިހިން ވެގެން ދާއިރު އެއީ އަޅާ ނުލާ ތިބެވޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅި އެއްވެސް ތަނަކަށް ރާއްޖޭގެ އެއްވެސް މީހަކު ނުދޭ،"

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 މީހުން ދިޔަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޑިސެމްބަރު، 2019، ގައި ވިދާޅުވެފައިވެ އެވެ. އޭނަ ވިދާޅުވީ އޭގެ ތެރެއިން މިހާރު ސީރިޔާގައި ތިބީ 59 މީހުންނެވެ. އަދި އޭގެ ތެރެއިން 91 ޕަސެންޓު މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހަމީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox