ޕްލެޓްފޯމް ފަރަށް އެރިޔަސް ބްރިޖުގެ މަސައްކަތް ނުހުއްޓޭނެ

ަމާލެ-ތިލަފުށި ބްރިޖު މަސައްކަތުގެ ސާވޭއަށް ޖަހާފައިވާ ސެލްފް އެލަވޭޓިން ޕްލެޓްފޯމް އޮޔެގަނޑެއްގައި ޖެހި ވިލިމާލެ ފަރަށް އަރާފައި. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ަމާލެ-ތިލަފުށި ބްރިޖު މަސައްކަތުގެ ސާވޭއަށް ޖަހާފައިވާ ސެލްފް އެލަވޭޓިން ޕްލެޓްފޯމް އޮޔެގަނޑެއްގައި ޖެހި ވިލިމާލެ ފަރަށް އަރާފައި. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ތިލަމާލެ ބްރިޖު މަސައްކަތް ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި ނަމަވެސް، ބްރިޖުގެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މި ހާދިސާ ހިނގީ ވިލިމާލޭގެ އިރު ދެކުނު ކަންމަތީގައި ޖަހާ ބްރިޖު ތަނބުގެ މަސައްކަތް ކުރުމަށް ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި ޕްލެޓްފޯމް އެންކާ ކުރަން އުޅުމުގެ ތެރޭގައި އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

ފަރަށް އެރުމާއި ފަރަށް ލިބުނު ގެއްލުމުގެ މައްސަލަ ނުނިމި އޮތަސް، ބްރިޖުގެ މަސައްކަތަށް މަޑުޖެހުމެއް ނާންނޭނެ ކަމަށް މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

"އެ ޕްރޮސެސް ކުރިއަށް ދިޔަ ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ބްރިޖުގެ މަސައްކަތަށް ލަސްވާން ޖެހޭ ސަބަބެއް ނޫން އެއީ، ޑިސްޕިއުޓެއް އޮވެދާނެ، ތިމާވެއްޓަށް ގެއްލުމެއް ވީ ކަމަށް ވަންޏާ އެވީ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް-- ފޮޓޯ: މަޖިލިސް
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް-- ފޮޓޯ: މަޖިލިސް

އަސްލަމް ވިދާޅުވި ގޮތުގައި ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް މިހާރު އަންނަނީ އެސެސްމެންޓެއް ހަދަމުންނެވެ. އެ އެސެސްމެންޓުގެ ނަތީޖާ ލިބުމުން ފަރަށް ލިބުނު ގެއްލުމާއި ކުރާނެ ޖޫރިމަނާ އެނގޭނެ ކަމަށް ވިދާޅުވި އެވެ.

މައްސަލަ ދިމާވި ޕްލެޓްފޯމަކީ އާންމުކޮށް މިފަދަ މަސައްކަތްތަކުގައި ގެންގުޅޭ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" އެކެވެ. ހަމަ މި ސަރަހައްދުގައި މީގެ ކުރިން ވެސް މީގެ ޕްލެޓްފޯމްތައް ބަހައްޓައިގެން މަސައްކަތްކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އުރިފައިވާ ޕްލެޓްފޯމް އަދިވެސް ނުނެގެ އެވެ.

މިފަދަ މައްސަލަތައް ބަލާ ދައުލަތުގެ އިދާރާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ވަނީ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މާލެ-ތިލަފުށި ބްރިޖު މަޝްރޫއުގެ ހުލާސާ

މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏެވެ.

މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އެއާއެކު ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ މަގުފަހި ވާނެ އެވެ.

މި ރަށްތައް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.

މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް މި ރިޔާސީ ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް މުޅީން ނުނިމޭނެ އެވެ. މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވެނީ މޭ 2024 އަށެވެ.

އެކަމަކު އަންނަ އަހަރުގެ މެދުތެރޭގައި މާލެއާ ވިލިމާލެއާ ގުޅާލެވި، އޮގަސްޓު ހިސާބުގައި ދަތުކުރަން ފެށޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox