އެމްޕީއެލް ފްލެޓުތައް މި އަހަރު ނިމޭނެ، އަންނަ އަހަރު ދިރިއުޅެވޭނެ

އެމްޕީއެލްއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ތިން ޓަވަރު: މި ޓަވަރުތަކުގައި 534 އެޕާޓްމަންޓު ހުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޕީއެލްއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ތިން ޓަވަރު: މި ޓަވަރުތަކުގައި 534 އެޕާޓްމަންޓު ހުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓަވަރުތަކުގެ މަސައްކަތް ނިމި، މީހުންނަށް ދިރިއުޅެން ފެށޭނީ އަންނަ އަހަރު ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ހިޔާ މަޝްރޫއުގެ ތެރެއިން ސަރުކާރު ކުންފުނިތަކާ ހަވާލުކުރި ބައިގެ ދަށުން އެމްޕީއެލްއިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ތިން ޓަވަރު އިމާރާތްކޮށްފަ އެވެ. މި ޓަވަރުތަކުގައި އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމަންޓާއި 2+1 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމަނައިގެން 534 އެޕާޓްމަންޓު ހުރެ އެވެ.

މި ހުރިހާ އެޕާޓްމަންޓެއް ވިއްކާލަނީ އެމްޕީއެލްގެ މުވައްޒަފުންނަށެވެ.

ފްލެޓު ކެޓަގަރީތަކާއި އަގުތައް

  • ސްޓޫޑިއޯ ޓައިޕް އޭ - 454 އަކަފޫޓު، 800،000ރ.
  • ސްޓޫޑިއޯ ޓައިޕް ބީ - 471 އަކަފޫޓު، 828،132ރ.
  • 2+1 ޓައިޕް އޭ - 670 އަކަފޫޓު، 1،500،000ރ.
  • 2+1 ޓައިޕް ބީ - 686 އަކަފޫޓު، 1،535،821ރ.

އެމްޕީއެލްއިން އިތުރަށް ބުނި ގޮތުގައި މި ފްލެޓުތަކަށް ތިން ގޮތަކަށް ފައިސާ ދެއްކޭނެ އެވެ. އެއީ ބޭންކު ލޯނު މެދުވެރުކޮށް އެންޑް ޔޫޒާ ފައިނޭންސިން ނޫނީ އެއްކޮށް ފައިސާ ދައްކައިގެން ނޫނީ އެމްޕީއެލްގެ ލީސް-ޓު-އޯން މޮޑެލްގެ ދަށުން ޑައުންޕޭމަންޓް ދައްކާފަ ބާކީ އިންސްޓޯލްމަންޓުން ދައްކާ ގޮތަށެވެ.

އެގޮތުން, އެއް ކޮޓަރި ސްޓޫޑިއޫ އެޕާޓްމަންޓަކަށް 150،000ރ. އަދި 2+1 އެޕާޓްމަންޓަކަށް 300،000ރ. ދައްކަން ޖެހެ އެވެ. މި ފައިސާ ދައްކަން ޖެހޭނީ ނުވަ މަހަށް ބަހާލައިގެންނެވެ.

އޭރުން އެއް ކޮޓަރި އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ މަހަކު 16،666.66ރ. އެވެ. އަދި, ދެ ކޮޓަރި އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ މަހަކު 33،333ރ. އެވެ. ޑައުންޕޭމަންޓް ދައްކާ މުއްދަތުގައި އިންސްޓޯލްމަންޓް ފައިސާ (މަހު ކުލި) ނުނަގަ އެވެ. އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ މެއިންޓެނަންސް ފީ ހިމަނައިގެން އެއް ކޮޓަރިއަށް 5،500ރ. އަދި ދެ ކޮޓަރިއަށް 10،097ރ. އެވެ.

މި އެޕާޓްމަންޓުތަކުގެ މޮކްއަޕް ފުރަތަމަ ފަހަރަށް މިއަދު ނޫސްވެރިންނަށް ދައްކާލާފައިވާއިރު، އެމްޕީއެލްއިން ބުނަނީ ކޮންޓްރެކްޓަރާ އެކީ މަޝްވަރާކުރެވި މި އަހަރުގެ ނިޔަލަށް މަސައްކަތްތައް ނިންމަން އިރުޝާދު ދީފައިވާ ކަމަށެވެ.

އެގޮތުން، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މިހާރުގެ ތާވަލާ އެއްގޮތަށް މަސައްކަތް ނިމިއްޖެ ނަމަ އަންނަ އަހަރުގެ ޖެނުއަރީގައި މި ފްލެޓުތަކުގައި ދިރިއުޅެން ފަށާނެ ކަމަށެވެ. ދާދިފަހުން އެމްޕީއެލްއިން ވަނީ ހުޅުވާލައިގެން ބޭއްވި ގުރުއަތަކަށް ފަހު ފްލެޓް ލިބޭ މުވައްޒަފުން ކަނޑައަޅާފަ އެވެ.

ޖެނުއަރީގައި އުޅެވޭނެ ކަމަށް ބުނި ނަމަވެސް، އަދިވެސް މި ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނުނިމެ އެވެ. ފްލެޓުތައް ބަލާލަން ދިޔައިރު ދޮރާއި ބެލްކަނީ ދޮރުފަދަ ބައެއް ތަންތަނާއި ބަދިގެ ސެޓް ހަރުނުކޮށް ހުރި އެޕާޓަމަންޓުތައް ވެސް ފެނުނެވެ. އެކަމަކު އިމާރާތްކުރުމުގެ ބަޔާއި ކުލަ ލުމާއި ޓައިލްސް ޖެހުމުގެ ކަންކަން ހުރީ މުޅިންހެން ނިމިފަ އެވެ.

މި ފްލެޓުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދިޔަ ސަބަބު ސާފުކޮށްދެއްވަމުން ޝާހިދު ވިދާޅުވި ގޮތުގައި މި މަޝްރޫއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް ބަލިމަޑުކަމެވެ.

މި ބަލިމަޑުކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ލޮކްޑައުން ކުރުމާ ގުޅިގެންނާއި މުވައްޒަފުން ގެނައުމާއި ބޭނުންވާ ސާމާނު ލިބުމުގައި ކޮންޓްރެކްޓަރަށް މައްސަލަތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ކުންފުނިން ކޮންޓްރެކްޓަރަށް ފައިސާ ދެއްކުން ލަސްވެގެން ދިމާވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންޓްރެކްޓަށް ވަރަށް ބޮޑު ޑިލޭއެއް އައި ކޮވިޑުގެ ލޮކްޑައުނާ ހެދި މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ" ޝާހިދު ވިދާޅުވި އެވެ.

މަސައްކަތް ނިންމަން ކޮންޓްރެކްޓަރު އެންމެ ފަހުން ދިން ތާރީހަކީ އޮކްޓޫބަރު 31 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox