ސާބާ މުބާރާތަށް ޓީމުގެ ތައްޔާރީތަކާ މެދު ކޯޗު ސުޕުން ހިތްހަމަޖެހިފައި

Aug 17, 2022, 3:51 AM
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ކޯޗު ސުުޕުން: އަންނަ މަހު އޮތް ސާބާ މުބާާރާތުގައި ރަނގަޅު ނަތީޖާ އަކަށް ސުޕުން އުންމީދުކުރޭ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ކޯޗު ސުުޕުން: އަންނަ މަހު އޮތް ސާބާ މުބާާރާތުގައި ރަނގަޅު ނަތީޖާ އަކަށް ސުޕުން އުންމީދުކުރޭ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އަންނަ މަހު ރާއްޖޭގައި އޮންނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު އިންޑިއާ އަށް ކުރި ދަތުރުން ޓީމަށް ހިތްހަމަޖެހޭ ވަރުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު، ސްރީ ލަންކާގެ ސުޕުން ވިމާލް ބުނެފި އެވެ.

ސެޕްޓެމްބަރު މަހުގެ 24-30 އަށް މާލޭގައި އޮންނަ ސާބާ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ވަނީ މިދިޔަ މަހުގެ 17 އިން 31 އަށް އިންޑިއާގެ ބެންގަލޫރުގައި ތަމްރީން ހަދައިފަ އެވެ. މި ތަމްރީން ދަތުރުގައި 18 އަހަރުން ދަށުގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ވެސް ބައިވެރިވި އެވެ.

ޖޫނިއާ ޓީމު ތައްޔާރުވަމުން ދަނީ އަންނަ މަހުގެ 5-11 އަށް އިންޑިއާގައި އޮންނަ 18 އަހަރުން ދަށުގެ އޭޝިއާ ކަޕަށެވެ.

Advertisement

ގައުމީ ޓީމުން އިންޑިއާ އަށް ކުރި ތަމްރީންތަކުގައި ވަނީ އިންޑިއާގެ ޓެމިލްނާޑޫ ސީނިއާ ޓީމާއި، ޔުނިވާސިޓީގެ ދެ ޓީމަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފަ އެވެ. މި މެޗުތަކުގެ ތެރެއިން ޓެމިލްނާޑޫ ޓީމް އަތުން ގައުމީ ޓީމުން ކުރި ހޯދި އެވެ.

ތަމްރީން ދަތުރާއި ގުޅޭ ގޮތުން "އަދަދު"އާ ވާހަކަ ދައްކަމުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމްގެ ކޯޗު ސުޕުން ބުނީ އިންޑިއާ ދަތުރުގެ ސަބަބުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. ޖުމްލަކޮށް ބަލާއިރު ހުރިހާ ކުޅުންތެރިން ވެސް މިހާރު ތިބީ ވަރަށް ފިޓުކޮށް ކަމަށް ސުޕުން ވަނީ ބުނެފަ އެވެ.

"އެންމެ ބޮޑަށް ބެލީ އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބުނަ ނުދީ ރަނގަޅު ތަމްރީންތަކެއް ގެންދިޔުން. އަނެއްކޮޅުން، ކުޅުނު މެޗުތަކުގައިވެސް ހުރިހާ ކުދިން ވެސް ވަރަށް ރަނގަޅަށް ކުޅުނު. ޓީމް އޮތީ ވަރަށް ފިޓުކޮށް. ހުނަރާއި ތަޖުރިބާ އަށް ބަލާއިރު މިހާރު މިއޮތީ ވަރަށް ވަރުގަދަ ޓީމެއް. މިއީ ބުނެވިދާނެ މިހާތަނަށް ސަރަހައްދީ މުބާރާތަށް ނުކުންނަ އެންމެ ވަރުގަދަ އަންހެން ޓީމޭ ވެސް" 2019 ގެ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ބާސްކެޓްބޯޅަ ޓީމަށް ރިހި މެޑަލް ހޯދައިދިން ސުޕުން ބުންޏެވެ.

އިންޑިއާގެ ދަތުރުގައި ޖޫނިއާ ޓީމުން ހޯދި ކުރިއެރުން ވެސް ސުޕުން ފާހަގަކުރި އެވެ.

ސުޕުން ބުނީ ރާއްޖޭގެ ޒުވާން ޓީމުގައި ހުނަރަށް ބަލާއިރު ވަރަށް ތަފާތު މޮޅު ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ. އެ ކުދިންނަށް ތަމްރީން ދަތުރުގެ ސަބަބުން ބައިނަލްއަގްވާމީ މުބާރާތަކަށް ނުކުންނަން އިތުބާރު ލިބިފައިވާކަން ސުޕުންގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

އިންޑިއާގެ ތަމްރީންތަކަށް ފަހު ގައުމީ ޓީމު މާލެ އައީ މި މަހުގެ އެއް ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން މާލޭގައި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ފަހު ގައުމީ ޓީމް ވަނީ ރޭ ތައިލެންޑަށް ތަމްރީން ކޭމްޕަކަށް ފުރައިފަ އެވެ. މި ތަމްރީން ކޭމްޕުގައި ގައުމީ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅޭނެ އެވެ.

ސުޕުން ބުނީ ސާބާ މުބާރާތުގެ ކުރިން މިހާރު ޓީމަށް ބޭނުންވަނީ އެކި އެކި ގޭމް ޕްލޭތަކަށް ތައްޔާރު ކުރުން ކަމަށެވެ.އަދި ތައިލެންޑް ދަތުރުގައި ލިބޭ މެޗުތަކުގައި ބޮޑަށް ފޯކަސް ކުރާނީ ވެސް އެކަމަށް ކަމަށް ސުޕުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބާސްކެޓްބޯޅަ ޑިވެލޮޕްމަންޓުގައި ވެސް މަސައްކަތް ކުރަމުން އަންނަ ސުޕުން ބުނީ މި ވަގުތު ޓީމުގައި ތިބި ބައެއް ކުޅުންތެރިން މިހާރު ތިބި ފޯމަށް ބަލާއިރު މޮޅު ކުޅުމެއް ސާބާ މުބާރާތުގައި ޓީމުން ދައްކާނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ރާއްޖޭގެ ބާސްކެޓްބޯޅައިގައި 20 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާހުރި ސުޕުން ވަނީ ސާބާ މުބާރާތަށް ގައުމީ ޓީމް ތައްޔާރުވުމުގައި ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އާއި ޔޫތު މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށްފަ އެވެ.

އެެ ގޮތުން އެމްބީއޭގެ ރައީސް އަހުމަދު އާދަމް (އެޑަމް) އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޓީމަށް ބޭނުންވާ ކަންކަން ގާތުން ބައްލަވައި އެ ކަންކަން ހަމަޖައްސައި ދެއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާކަން ފާހަގަކުރި އެވެ.

ގައުމީ ސީނިއާ އަންހެން ބާސްކެޓްބޯޅަ ޓީމުން ތައިލެންޑުގައި ކުރާ ތަމްރީންތައް ނިންމާލުމަށް ފަހު މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox